ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ފުރަތަމަ ސެލޫން ހުޅުވައިފި
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ފުރަތަމަ ސެލޫން ހުޅުވައިފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ފުރަތަމަ ސެލޫން ހިޔާ ފްލެޓްތަކުގެ 15 ވަނަ ޓަވަރުގައި މިއަދު ހުޅުވި އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ފުރަތަމަ ސެލޫން ހުޅުވައިފި
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ފުރަތަމަ ސެލޫން ހުޅުވައިފި

ދެ ޖިންސުގެ މީހުންނަށް ހާއްސަކޮށްގެން ހުޅުވި "ޝިޔާ ސެލޫން" އިން ބޮލާއި ތުބުޅި ކޮށުމާއި ފޭޝަލް މަސާޖާއި ކެލާ ފޭޝަލް އާއި ފޭސް ބްލީޗިން އާއި މާމުއި މާސްކާއި ބޮލުގެ ތެޔޮ މަސާޖާއި ބޮލުގައި ކުލަ ޖެއްސުމުގެ އިތުރުން ލުނބޯ މަސާޖާއި ފޭޝަލް ކްލީން ފަދަ ހިދުމަތްތައް ލިބޭނެ އެވެ.

މީގެ 33 އަހަރު ކުރިން ފެށިގެން މާލޭގައި ހިންގަމުން އަންނަ "ޝިޔާ ސެލޫން" ގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ، އެތަނުން ހިދުމަތް ދޭއިރު، އެންމެ ބޮޑު އިސްކަމެއް ދޭނީ ސާފުތާހިރު ކަމަށް ކަމަށާއި ކަސްޓަމަރުން ހިތްހަމަޖެހޭ ފެންވަރުގެ ހިދުމަތްތައް ލިބޭނެ ކަމަށެވެ. އެގޮތުން ހުޅުމާލޭގެ ސެލޫން އިން ކަސްޓަމަރުންނަށް ފިނި ބުއިމެއް ނުވަތަ ކޮފީ ވެސް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މީހުންނަކީ ކަސްޓަމަރުން. އެ މީހުން ހިތްހަމަޖެހޭ ފެންވަރެއްގައި އިރާދަކުރެއްވިއްޔާ ހުޅުމާލޭގެ މި ސެލޫނުން ވެސް ހިދުމަތް ލިބޭނެ. ކަސްޓަމަރުންގެ ހިޔާލާއެކު ކަންކަން ރަނގަޅު ކުރަމުން ދާނީ،" އޭނާ ވިދާޅުވި އެވެ.

އިންޑިއާގެ ތަޖުރިބާކާރު މުވައްޒަފުންނާއެކު، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުޅުވި ޝިޔާ ސެލޫން ހުންނަނީ 15 ވަނަ ޓަވަރުގެ ގްރައުންޑް ފްލޯގަ އެވެ. މިހާރު ވެސް އެއީ ދާއިމީ ގިނަ ކަސްޓަމަރުން ހިދުމަތް ހޯދާ މާލޭގައި މަޝްހޫރު ސެލޫން އެކެވެ.