އޮންދިގޯ ކަލިނަރީ ސްޓޫޑިއޯ ލޯންޗުކޮށް، ބްރޭންޑް އެމްބެސެޑަރަކަށް ރިޝްމީ
އޮންދިގޯ ކަލިނަރީ ސްޓޫޑިއޯ ލޯންޗުކޮށް، ބްރޭންޑް އެމްބެސެޑަރަކަށް ރިޝްމީ

ކައްކަން ބޭނުންވާ ގިނަ ސާމާނު ރާއްޖެ އަށް އެތެރެކުރާ އޮންދިގޯ އިން ކަލިނަރީ ސްޓޫޑިއޯއެއް ހުޅުވައި، އެ ކުންފުނީގެ ބްރޭންޑް އެމްބެސެޑަރަކަށް މަޝްހޫރު ފިލްމީތަރި އާއިޝަތު ރިޝްމީ މިއަދު ހަމަޖައްސައިފި އެވެ.

އޮންދިގޯ ކަލިނަރީ ސްޓޫޑިއޯ ލޯންޗުކޮށް، ބްރޭންޑް އެމްބެސެޑަރަކަށް ރިޝްމީ
އޮންދިގޯ ކަލިނަރީ ސްޓޫޑިއޯ ލޯންޗުކޮށް، ބްރޭންޑް އެމްބެސެޑަރަކަށް ރިޝްމީ

އެ ސްޓޫޑިއޯގައި ބޭއްވި ރަސްމިއްޔާތެއްގައި ރިޝްމީއާ ބްރޭންޑް އެމްބެސަޑަރުކަން ހަވާލުކޮށްދެއްވީ އެ ކުންފުނީގެ އެގްޒެކެޓިވް ޑިރެކްޓަރު ރިޝްމާ ރަޝީދެވެ. މި ރަސްމިއްޔާތުގައި އޮންދިގޯގެ ޗެއާމަން މުހައްމަދު ޖުނައިދާއި އެ ކުންފުނީގެ އިސްބޭފުޅުން ވެސް ބައިވެރިވެވަޑައިގަތެވެ.

އޮންދިގޯ ކަލިނަރީ ސްޓޫޑިއޯ ލޯންޗުކޮށް، ބްރޭންޑް އެމްބެސެޑަރަކަށް ރިޝްމީ
އޮންދިގޯ ކަލިނަރީ ސްޓޫޑިއޯ ލޯންޗުކޮށް، ބްރޭންޑް އެމްބެސެޑަރަކަށް ރިޝްމީ

މި ކަލިނަރީ ސްޓޫޑިއޯގައި ވީޑިއޯ ޝޫޓްކުރުމުގެ ފުރުސަތު އޮތް އިރު، އޮންދިގޯ އިން ވިއްކާ ތަކެތި ވެސް ކައްކަން ބޭނުން ކުރެވޭނެ އެވެ.

މިހާތަނަށް އޮންދިގޯއިން ވަނީ ކަލިނަރީ ދާއިރާގެ އަށް ބްރޭންޑެއްގެ 100 އަށް ވުރެ ގިނަ ޕްރޮޑަކްޓް ރާއްޖެ އަށް ތައާރަފު ކޮށްފަ އެވެ.

އެ ކުންފުނީގެ ޗެއާމަން ޖުނައިދު ވިދާޅުވީ، އޮންދިގޯ އިން ތައާރަފުކޮށްފައިވާ ޕްރޮޑަކްޓްތަކުގެ ބޭނުން ހިފައިގެން ކައްކާނެ ގޮތް ސްޓޫޑިއޯ މެދުވެރިކޮށް ދަސްކޮށްދޭނެ ކަމަށެވެ. އަދި ކަލިނަރީ ދާއިރާ އިން ދިވެހިންނަށް ކުރިމަގުގައި ގިނަ ފުރުސަތުތައް ފަހިކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކުރިއަށް އޮތްތާނގައި އަޅުގަނޑުމެންގެ ވިސްނުމުގައި އެބަހުރި ކެއްކުމުގެ ބައި ދަސްކޮށްދިނުން ވެސް. ކުޑަކުދިންނަށް ވެސް ކޭކެއް އަޅައިލަން މިތަނަށް އައިސް އެކަން ކުރެވޭނެ،" ޖުނައިދު ވިދާޅުވި އެވެ.

އޮންދިގޯގެ ބްރޭންޑް އެމްބެސެޑަރު ރިޝްމީ ބުނީ، މިފަދަ ސްޓޫޑިއޯއެއް ހުޅުވުމަކީ ޕްރޮފެޝަނަލް ޝެފުންނާއި ކެއްކުމަށް ޝައުގުވެރިވާ މީހުންނަށް ހުޅުވޭ ވަރަށް ބޮޑު ފުރުސަތެއް ކަމަށެވެ. މި ސްޓޫޑިއޯގައި ތައްޔާރުކުރާ ތަކެތި އޮންދިގޯގެ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކާއި އޭނާގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ވެސް އިޝްތިހާރުވާނެ ކަމަށާއި އެއީ ވެސް ކައްކާ މީހުންނަށް ލިބޭ ވަރަށް ބޮޑު ފައިދާއެއް ކަމަށް ރިޝްމީ ބުންޏެވެ.

"އޮންދިގޯގެ ވިސްނުން ހުރީ ކަލިނަރީ ދާއިރާ ކުރިއެރުވުމަށް އޮންދިގޯގެ ޕްރޮޑަކްޓްތަކާއި އެހެން ޕްރޮޑަކްޓްތައް ވެސް ބޭނުން ކޮށްގެން ލޯކަލް އަދި ޕްރޮފެޝަނަލް ޝެފުންނަށް މި ސްޓޫޑިއޯގެ ސަބަބުން ވަރަށް ގިނަ ފުރުސަތުތައް ލިބިގެންދާނެ،" ރިޝްމީ ބުންޏެވެ.

އޮންދިގޯ ކަލިނަރީ ސްޓޫޑިއޯގައި ޕްރޮފެޝަނަލް ޝެފެއް ވެސް ހަރަކާތްތެރިވާނެ އެވެ.