އެފްކަން: ތަށި ހޯދި ސެނެގާލް ޓީމުގެ ކޮންމެ ކުޅުންތެެރިއަކަށް 87،000 ޑޮލަރާއި ބިމެއް
އެފްކަން: ތަށި ހޯދި ސެނެގާލް ޓީމުގެ ކޮންމެ ކުޅުންތެެރިއަކަށް 87،000 ޑޮލަރާއި ބިމެއް

ޑާކާރު (ފެބްރުއަރީ 9) - އެފްރިކަން ކަޕް ހޯދި ސެނެގާލްގެ ފުޓުބޯޅަ ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް އިނާމުގެ ގޮތުގައި 87،000 ޑޮލަރާއި ވެރިރަށުން ބިމެއް ދިނުމަށް އެ ގައުމުގެ ރައީސް މެކީ ސޯލް ނިންމަވައިފި އެވެ.

އެފްކަން: ތަށި ހޯދި ސެނެގާލް ޓީމުގެ ކޮންމެ ކުޅުންތެެރިއަކަށް 87،000 ޑޮލަރާއި ބިމެއް
އެފްކަން: ތަށި ހޯދި ސެނެގާލް ޓީމުގެ ކޮންމެ ކުޅުންތެެރިއަކަށް 87،000 ޑޮލަރާއި ބިމެއް

ސެނެގާލްގެ ރިޔާސީ ގަނޑުވަރުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ވަނީ ގައުމީ ފުޓުބޯޅަ ޓީމުގެ ކޮންމެ މެންބަރަކަށް، ހުޅަނގު އެފްރިކާގެ ގައުމުގެ އެންމެ މަތީ ޝަރަފު ކަމަށްވާ "އޯޑަ އޮފް ދަ ލަޔަން" އަރުވައިފަ އެވެ.

އެފްކަން: ތަށި ހޯދި ސެނެގާލް ޓީމުގެ ކޮންމެ ކުޅުންތެެރިއަކަށް 87،000 ޑޮލަރާއި ބިމެއް
އެފްކަން: ތަށި ހޯދި ސެނެގާލް ޓީމުގެ ކޮންމެ ކުޅުންތެެރިއަކަށް 87،000 ޑޮލަރާއި ބިމެއް

"އަޅުގަނޑުމެން އެފްރިކަން ކަޕުގެ ހުވަފެން ދުށިން. އެ ހުވަފެން ހަގީގަތަކަށް ހަދައިދިނީ ފުޓުބޯޅަ ޓީމުގެ މެންބަރުން،" ރައީސް ސޯލް ވިދާޅުވި އެވެ.

ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް ވެރިރަށުން 200 އަކަ މީޓަރު (2،100 އަކަ ފޫޓު) ގެ ބިމެއް އަދި ވެރިރަށާ ކައިރީގައިވާ ޑައިމްނިއާޑިއޯ އިން 500 އަކަ މީޓަރު (5،400 އަކަ ފޫޓު) ގެ ބިމެއް ދޭން ވެސް ވަނީ ނިންމައިފަ އެވެ.

ލިވަޕޫލްގެ ތަރި ސާޑިއޯ މާނޭގެ ސެނެގާލް އިން އެފްރިކާގެ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތުގެ ތަށި ހޯދީ ފައިނަލުގައި މުހައްމަދު ސަލާހުގެ މިސްރުގެ މައްޗަށް ޕެނަލްޓީ ޖަހައިގެން 4-2 އިން ކުރި ހޯދައިގެންނެވެ. ކެމަރޫންގައި އާދިއްތަ ދުވަހުގެ ރޭ ކުޅުނު ފައިނަލް މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތު ހަމަވިއިރު ވެސް އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހެ އެވެ. ނަތީޖާ ނެރެން ޖެހި ޕެނަލްޓީ ޝޫޓްއައުޓުގައި، މުބާރާތުގެ އެންމެ ކާމިޔާބު ޓީމު މިސްރު ބަލިކޮށް ސެނެގާލުން ފުރަތަމަ ފަހަރަށް ތަށި ހޯދި އެވެ.