ރެލީގައި ބައިވެރިނުވެ ގިނަ ޔޮޓްތައް ފުރައިފި، ރިފަންޑެއް ވެސް ނުލިބޭ
ރެލީގައި ބައިވެރިނުވެ ގިނަ ޔޮޓްތައް ފުރައިފި، ރިފަންޑެއް ވެސް ނުލިބޭ

އެމްއައިޓީޑީސީން މިހާރު ކުރިއަށް ގެންދާ "ސަވާދީއްތަ ދަތުރު" ޔޮޓް ރެލީގައި ބައިވެރިވާ ކަމަށް ބުނާ އަށް ޔޮޓެއް މިއަދު ރާއްޖޭން ފުރައިފި އެވެ.

ރެލީގައި ބައިވެރިނުވެ ގިނަ ޔޮޓްތައް ފުރައިފި، ރިފަންޑެއް ވެސް ނުލިބޭ
ރެލީގައި ބައިވެރިނުވެ ގިނަ ޔޮޓްތައް ފުރައިފި، ރިފަންޑެއް ވެސް ނުލިބޭ

ޔޮޓް ރެލީގެ މައުލޫމާތު އެނގޭ މީހަކު "މިހާރު" އަށް ކިޔައިދިން ގޮތުގައި ރެލީގައި މިވަގުތު ބައިވެރިވަނީ ހަތް ޔޮޓެވެ. މި ޔޮޓްތައް ވެސް ރެލީ ފުރިހަމަކުރާނެ ކަމެއް ޔަގީނެއް ނޫނެވެ.

ރެލީގައި ބައިވެރިނުވެ ގިނަ ޔޮޓްތައް ފުރައިފި، ރިފަންޑެއް ވެސް ނުލިބޭ
ރެލީގައި ބައިވެރިނުވެ ގިނަ ޔޮޓްތައް ފުރައިފި، ރިފަންޑެއް ވެސް ނުލިބޭ

"މި ހަފުތާގައި އެކަނި ވެސް އުލިގަމަށް 17 ޔޮޓް އައި. އަށް ޔޮޓު މިއަދު އުލިގަމު ބަނދަރުން އެ ފުރީ. މި ވަގުތު ހަތަރު ޔޮޓު އެބަ އޮތް އުލިގަމުގައި. ރެލީއާ އެކު ދާނީ ހަތް ޔޮޓް،" އޭނާ ކިޔައިދިނެވެ.

ރެލީގައި ބައިވެރިނުވެ ގިނަ ޔޮޓްތައް ފުރައިފި، ރިފަންޑެއް ވެސް ނުލިބޭ
ރެލީގައި ބައިވެރިނުވެ ގިނަ ޔޮޓްތައް ފުރައިފި، ރިފަންޑެއް ވެސް ނުލިބޭ

އެމްއައިޓީޑީސީން ކުރިން ބުނެފައި ވަނީ މި ރެލީގައި 12 ޔޮޓެއް ބައިވެރިވި ކަމަށެވެ. ރެލީގެ ބައިވެރިން ހއ. ގެ ބައެއް ފަޅުރަށްތަކުގެ އިތުރުން އިހަވަންދު އާއި ބާރަށަށް ޒިޔާރަތް ކޮށްފައިވެ އެވެ.

ރެލީގައި ބައިވެރިނުވެ ގިނަ ޔޮޓްތައް ފުރައިފި، ރިފަންޑެއް ވެސް ނުލިބޭ
ރެލީގައި ބައިވެރިނުވެ ގިނަ ޔޮޓްތައް ފުރައިފި، ރިފަންޑެއް ވެސް ނުލިބޭ

އިހަވަންދޫން ވާހަކަ ދެއްކި މީހަކު ބުނީ ޓޫރިސްޓުން އެ ރަށަށް ދިޔައީ އެމްޓީސީސީ ފެރީގައި ކަމަށެވެ. އަދި ބާރަށު ކައުންސިލުން ބުނީ ހަތެއް ނޫނީ އަށް ޔޮޓް އައި ކަމަށް ބުންޏަސް އެ ޔޮޓްތައް ފެންނަ ހިސާބަށް ނާންނަ ކަމަށް ބުންޏެވެ.

ރެލީގައި ބައިވެރިނުވެ ގިނަ ޔޮޓްތައް ފުރައިފި، ރިފަންޑެއް ވެސް ނުލިބޭ
ރެލީގައި ބައިވެރިނުވެ ގިނަ ޔޮޓްތައް ފުރައިފި، ރިފަންޑެއް ވެސް ނުލިބޭ

"ޔޮޓްތަކެއް ނުފެނޭ. އެކަމަކު ހަތެއް ނޫނީ އަށް ވަރަކަށް ޔޮޓް އައި ކަމަށް މައުލޫމާތު ލިބެނީ،" ބާރަށު ކައުންސިލުން ބުންޏެވެ.

ރެލީގައި ބައިވެރިނުވެ ގިނަ ޔޮޓްތައް ފުރައިފި، ރިފަންޑެއް ވެސް ނުލިބޭ
ރެލީގައި ބައިވެރިނުވެ ގިނަ ޔޮޓްތައް ފުރައިފި، ރިފަންޑެއް ވެސް ނުލިބޭ

އެމްއައިޓީޑީސީން ވެސް ބުނީ 12 ޔޮޓް ރެލީގައި ރަޖިސްޓްރީވި ކަމަށާއި އެކަމަކު މިހާރު ބައިވެރިވަނީ ހަތް ޔޮޓް ކަމަށެވެ. ނަމަވެސް ކުރިން ބުނީ ހުރިހާ ޔޮޓެއް ވެސް ބައިވެރިވާ ކަމަށެވެ. ރިފަންޑާ ބެހޭ ގޮތުން ސުވާލުކުރުމުން އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ ރިފަންޑުކުރެވޭނެ ކަމަށް އެއްވެސް ބަޔަކު ކައިރީ ބުނެފައި ނުވާނެ ކަމަށެވެ.

އިހަވަންދޫ އިން "މިހާރު" އާ ވާހަކަ ދެއްކި މީހަކު ބުނީ އިއްޔެ އެ ރަށަށް ރެލީގެ ބައިވެރިން ދިޔައީ އެމްޓީސީސީ ފެރީގައި 12 ވަރަކަށް ޓޫރިސްޓުން ކަމަށެވެ. ރަށުގެ ގިނަ މީހުން ތިބީ ހަރަކާތް ކުރިއަށް ދިޔަ ގޮތާ މެދު ހިތްހަމަ ނުޖެހިފައި ކަމަށް އޭނާ ބުންޏެވެ.

"ދުއިސައްތައަށް ވުރެ ގިނަ މީހުން އަންނާނެއޭ ބުނެގެން ރަށުން ވަރަށް ބޮޑަށް ތައްޔާރުވި. ޓޫރިސްޓުންނަށް ވިއްކާނެ އެއްޗެހި ހަދައި އެއް ދުވަހު މަޑުކުރާނެ ކަމަށް ބުނެގެން އެކަމަށް ވެސް ތައްޔާރުވި. އެކަމަކު 12 ވަރަކަށް މީހުން އައީ. އައިސް ތިންވަރަކަށް ގަޑިއިރު ތިބެފައި ދިޔައީ. އެހެންވެ ރަށުގެ ރައްޔިތުން ތިބީ އެކަމާ ވަރަށް ހިތްހަމަ ނުޖެހިފައި،" އިހަވަންދޫން ރެލީއަށް މަރުހަބާ ކިޔުމުގެ ކަންކަމުގައި އުޅުނު މީހަކު، ނަން ހާމަ ނުކުރަން އެދި ބުންޏެވެ.

އާންމުކޮށް އަހަރުގެ މި ދުވަސްވަރު ކޮންމެ އަހަރަކު ވެސް ގިނަ އަދަދެއްގެ ޔޮޓް އަންނަ އުލިގަމު ބަނދަރުގައި ތިބި ޔޮޓްތަކަކީ ރެލީއަށް އައި ޔޮޓްތައް ކަމަށް ބުންޏަސް މައުލޫމާތު އެނގޭ މީހަކު ބުނީ ރާއްޖެ އަށް ޔޮޓްތައް އައިއިރު ވެސް ރެލީގައި ބައިވެރިވާނެ ކަމުގެ ޔަގީންކަން އެންމެން ނުދޭ ކަމަށެވެ. އަދި ރެލީގައި ބައިވެރިވާން އެއްބަސްވި ކޮންމެ ޔޮޓަކުން 1،000 ޑޮލަރު (15،420ރ.) ނަގާފައި ވިޔަސް ފަހުން ރެލީގައި ބައިވެރި ނުވާން ނިންމުމުން އެ ފައިސާ އަނބުރާ ނުދޭ ކަމަށްވެ އެވެ.

"ޔޮޓުތައް މި ކޮޅަށް އައީ ބައިވެރިވާނެ ކަމުގެ ޔަގީންކަން ދީގެނެއް ނޫން. އެއީ އާންމުކޮށް ޔޮޓް މޫސުމާ ދިމާކޮށް އައި އެއްޗެހި. އެކަމަކު އައިސް ދެން ބައިވެރިވާން ބުނީމާ ބައެއް ޔޮޓްތަކުން 1،000 ޑޮލަރުގެ ފީއެއް އެމްޓީޑީސީން ނެގި. ފަހުން ބައިވެރި ވާން ބޭނުން ނުވާ ކަމަށް ބުނީމާ ވެސް ރީފަންޑު ނުލިބި، އެކަމާ ހިތްހަމަނުޖެހި ތިބެ ރާއްޖޭން ފުރައިގެން އެ ދިޔައީ ވެސް،" އޭނާ ބުންޏެވެ.

ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަ ކުރަން ބާއްވާ "ސަވާދީއްތަ ދަތުރު" ރާއްޖޭގެ ފަސް އަތޮޅެއްގެ 14 ރަށަކަށް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.