31 ބައިވެރިންނާއެކު ކައިޓް ބޯޑިންގެ ފައިނަލް ފަށައިފި
31 ބައިވެރިންނާއެކު ކައިޓް ބޯޑިންގެ ފައިނަލް ފަށައިފި

ރާއްޖޭގައި ބާއްވާ ކައިޓް ބޯޑިންގެ އެންމެ ބޮޑު މުބާރާތުގެ ފައިނަލް ރޭސް ކ. މާފުށީގައި މިއަދު ފަށައިފި އެވެ.

31 ބައިވެރިންނާއެކު ކައިޓް ބޯޑިންގެ ފައިނަލް ފަށައިފި
31 ބައިވެރިންނާއެކު ކައިޓް ބޯޑިންގެ ފައިނަލް ފަށައިފި

މިއަދުގެ ހަވީރާ ހަމައަށް ކުރިއަށް ގެންދާ މި ރޭހުގައި ރައްޖޭގެ އެކި ރަށްރަށުން 31 ބައިވެރިން ބައިވެރިވެ އެވެ. މީގެ ތެރޭގައި އުމުރުން 12 އަހަރު ކުއްޖަކާއި އަންހެން ސާފަރަކު ވެސް ބައިވެރިވެ އެވެ.

ހަ ހީޓަކަށް ބަހާލައިގެން "ރާޅުގުޑި" އިން އިންތިޒާމުކުރި މި މުބާރާތް މިދިޔަ ހޮނިހިރު ދުވަހު ފަށާފައިވާއިރު، ފައިނަލް ރޭސް މިއަދު ބާއްވަން ނިންމީ މޫސުމަށް ބެލުމަށްފަހު އެވެ. އިއްޔެގެ ނިޔަލަށް ކުރިއަށް ގެންދިޔައީ ތަމްރީނުތަކެވެ. މާދަމާ އާއި އަންނަ ބުރާސްފަތި ދުވަހު ވެސް އެ ތަމްރީނުތައް އޮންނާނެ އެވެ.

ރާޅުގުޑީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވިގޮތުގައި މިއީ މިހާތަނަށް ރާއްޖޭގައި ބޭއްވި ހުރިހާ ސާފިން މުބާރާތްތަކާ ތަފާތު މުބާރާތެކެވެ. މޫދުގައި ބޮއި އަޅައިގެން ވަކި ގަވާއިދެއްގެ ދަށުން މުބާރާތް ބާއްވާއިރު، ވަނަތަކަށް ހުށަހަޅާފައިވާ އިނާމުތައް ވެސް ބޮޑުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މުބާރާތުން އެއްވަނަ އަށް ހޮވޭ މީހަކަށް 15،000ރ. ދެވަނަ އަށް 10،000ރ. އަދި ތިންވަނަ އަށް 5،000ރ. ވަނީ ހުށަޅައިފަ އެވެ. އަދި ކައިޓްގެ ބްރޭންޑްތަކާއި ބައިވެރިންގެ ރަށްރަށަށް ބަލައި ބަހާފައިވާ ޓީމުތަކުގެ ތެރެއިން އެންމެ މޮޅު ޓީމެއް ވެސް ހޮވާނެ އެވެ.