08 ފެބުރުއަރީ 2022 - 10:52

ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގައި ސަރުކާރުގެ ފަރާތުން މަޖިލީހަށް 36 ބިލެއް ފޮނުވަން ނިންމައިފި އެވެ.
އެޓާނީ ޖެނަރަލް އޮފީހުން ބުނީ މަޖިލީހަށް ފޮނުވަން ގަސްދުކުރާ ބިލުތަކުގެ ލިސްޓެއް މިހާރު މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ގޭންގު ކުށްތައް މަނާކުރުމާ ބެހޭ ބިލަކާއި މަނީ ލޯންޑަރިން ގާނޫނަށް އިސްލާހެއް ގެނައުމުގެ ބިލަކާއި އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދޭ ބިލެއް ހިމެނެ އެވެ.
މިހާރު މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލައި، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން އޮތޯރިޓީ އުފެއްދުމުގެ ބިލާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނަށް ވެސް އިސްލާހެއް ހުށަހަޅަން ވަނީ ނިންމައިފަ އެވެ.
- ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބިލު
- މޯލްޑިވްސް ހެލްތު ސާވިސްގެ ބިލު
- އާއިލާއާ ބެހޭ ބިލު
- ކުންފުނީގެ ބިލު
- މަސައްކަތު މާހައުލުގައި ސަލާމަތާއި ރައްކާތެރިކަމުގެ ބިލު
- އިންޑަސްޓްރިއަލް ރިލޭޝަންސްގެ ބިލު
- ކުނި ނައްތާލުމާއި މެނޭޖު ކުރުމުގެ ބިލު
- ގަލާއި ވެލި އަކިރި ނެގުމާ ބެހޭ ބިލު
- މަދަނީ ވައިގެ ދަތުރުފަތުރާ ބެހޭ ބިލު
- ކެމިކަލް ހަތިޔާރު މަނާކުރުމުގެ ބިލު
މަޖިލީހުގެ ފުރަތަމަ ދައުރު ފަށައިގެން ކުރިޔަށް ދާއިރު މިހާތަނަށް މަސައްކަތް ފަށާފައި ވަނީ ފަނޑިޔާރުންގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުގެ މަސައްކަތެވެ.