އެމާ މިހާރު ހުރީ ސިންގަލްކޮށް
އެމާ މިހާރު ހުރީ ސިންގަލްކޮށް

ހޮލީވުޑްގެ މަޝްހޫރު އެކްޓަރު އެމާ ރޮބާޓްސް މިހާރު ހުރީ ސިންގަލް ކޮށް ކަމަށް ބުނެފި އެވެ.

މިދިޔަ ތިން އަހަރު އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު އެމެރިކާގެ އެކްޓަރު ގެރެޓް ހެޑްލަންޑް އާ ދެމީހުން ވަކިވީ ދާދި ފަހުންނެވެ. މިދިޔަ މަހުގެ ފަހުކޮޅުގައި އެ ދެމީހުން ވަކިވި އިރު، އެކަން އެމާ ވަނީ ވަރަށް ފަހުން "އީ! އޮންލައިން" އަށް ކަށަވަރު ވެސް ކޮށްދީފަ އެވެ.

އެމާ އަކީ އޭނާގެ ޒާތީ ހަޔާތުގެ ކަންތައްތައް އާންމުންނަށް އެހާ ހިއްސާ ކުރަން ބޭނުންވާ ތަރިއެއް ވެސް ނޫނެވެ. އަމިއްލަ ހަޔާތުގެ ކަންތައްތައް އޭނާ އާންމުކޮށް ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށް ނޫޅެ އެވެ.

ތިން އަހަރަށް ވުރެ ގިނަ ދުވަސް ވަންދެއް އެކީގައި އުޅުމަށް ފަހު ވަކިވީ، އެމީހުން ކައިވެނި ކުރަން އުޅޭ ކަމުގެ އަޑުތަކެއް ވެސް އަރާފައި ވަނިކޮށެވެ. މި ވާހަކަތައް ފެތުރެން ފެށީ އެ ދެމީހުންނަށް ކައިވެނިން ބޭރުން ދަރިއެއް ލިބުނު ހިސާބުންނެވެ.

އެމާ އާއި ގެރެޓް އަށް ފުރަތަމަ ދަރިއެއް ލިބުނު ކަން ހާމަކޮށްފައި ވަނީ ވެސް މިދިޔަ ޑިސެމްބަރުގަ އެވެ. ދެމީހުންގެ ފުރަތަމަ ދަރިފުޅަކީ ފިރިހެން ކުއްޖެއް ކަމަށް ވެސް އެމީހުން ބުންޏެވެ.