މިއަހަރުގެ މިސް ޔޫއެސްއޭ އަކީ ސިފައިންގެ އޮފިސަރެއް
މިއަހަރުގެ މިސް ޔޫއެސްއޭ އަކީ ސިފައިންގެ އޮފިސަރެއް

ޑިސްޓްރިކްޓް އޮފް ކޮލަމްބިއާ ތަމްސީލްކޮށްދިން ޑިޝައުނާ ބާބާ އެމެރިކާގެ ރީތީގެ ރާނީކަން ހޯދައިފި އެވެ.

މިއަހަރުގެ މިސް ޔޫއެސްއޭ އަކީ ސިފައިންގެ އޮފިސަރެއް
މިއަހަރުގެ މިސް ޔޫއެސްއޭ އަކީ ސިފައިންގެ އޮފިސަރެއް

މިދިއަ އާދިއްތަ ދުވަހު ލާސް ވޭގަސް ނެވާޑާގައި ބޭއްވި 65 ވަނަ މިސް ޔޫއެސްއޭ ޕޭޖަންޓުގެ އެނައުންސަރުން ބުނިގޮތުގައި ޑިޝައުނާ އަކީ "މިއަހަރު އެންމެ ރަނގަޅު އަހްލާގެއް ގެންގުޅު ކޮންޓެސްޓަންޓް" އެވެ.

އުމުރުން 26 އަހަރުގެ ޑިޝައުނާ ބާބާ އަކީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ކޮމާސްގެ އައިޓީ އެނަލިސްޓެކެވެ. އަދި 988 ވަނަ "ކުއާޓާ މާސްޓާ ޑިޓޭޗްމަންޓް ޔުނިޓް"ގެ ކޮމާންޑާރެކެވެ.

ބާބާގެ އާއިލާގެ މެންބަރުންގެ ތެރޭގައި ވެސް ސިފައިންގެ އޮފިސަރުން ގިނަ އެވެ.

"ޕޭޖަންޓްތަކުގައި ބައިވެރިވާ އަންހެންކުދިންނަކީ އެކި ކަންތައްތައް ކުރާ ބައެއް. އަދި ސިފައިންނަކީ ވެސް ހަމައެކަނި އެންމެ ކަމެއް ކުރާ ބައަކަށް ވާކަށް ނުޖެހޭ. ސިފައިންނަކީ ވެސް އަންހެންވަންތަ ރީތީގެ މުބާރާތްތަކުގައި ބައިވެރިވެވޭނެ ބައެއް،" އުމުރުން 17 އަހަރުގައި ސިފައިންގެއަށް ވަން ޑިޝައުނާ ބުނެފައިވެ އެވެ.

މިސް ހަވާއީ، ޗެލްސީ ހާޑިން އަދި މިސް ޖޯޖިއާ އިމާނީ ޑޭވިސް ބަލިކޮށް މިސް ޔޫއެސްއޭގެ ތާޖު ކާމިޔާބުކުރި ޑިޝައުނާ މި އަހަރުގެ މިސް ޔުނިވާސް ޕޭޖަންޓުގައި އެމެރިކާ ތަމްސީލްކުރާނެ އެވެ.