07 ފެބުރުއަރީ 2022 - 21:31

ގއ. އަތޮޅުގައި އޮންނަ ރެފްލްޒް މޯލްޑިވްސް މެރަދޫ ރިޒޯޓް ކައިރީގައި އޮތް ލޯންޗެއްގައި މިރޭ އަލިފާން ރޯވެ، ބޭނުންނުކުރެވޭ ވަރަށް އަނދައިފި އެވެ.

އެމްއެންޑީއެފުން ބުނީ ރޯވި އަލިފާން 9:30 ހާއިރު ނިއްވާލާފައިވާ ކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވި ކަމުގެ ރިޕޯޓެއް ލިބިފައި ނެތް ކަމަށާއި އެކަމަކު ލޯންޗް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ އަލިފާން ނިއްވަން ދިޔައީ ގދ. ތިނަދޫގައި ހުންނަ އެމްއެންޑީއެފް ފަޔަ ސްޓޭޝަނުން ކަމަށެވެ. ތިނަދޫ އަކީ ރޯވި ލޯންޗް އޮތް ހިސާބާ އެންމެ ކައިރީ އޮންނަ މީހުން އުޅޭ ރަށެވެ.
ރޯވީ ރެފްލްޒް މޯލްޑިވްސްގެ ލޯންޗެއްގައި ކަމަށް އެނގިފައިވެ އެވެ.