ވައިކަރަދޫ ފަޅު ތެރޭގައި ގިނަ އަދަދެއްގެ މަސްތައް މަރުވަނީ
ވައިކަރަދޫ ފަޅު ތެރޭގައި ގިނަ އަދަދެއްގެ މަސްތައް މަރުވަނީ

ހދ. ވައިކަރަދޫ ފަޅު ތެރޭގައި ގިނަ އަދަދެއްގެ މަސްތައް މިރޭ މަރުވެއްޖެ އެވެ.

ވައިކަރަދޫ ފަޅު ތެރޭގައި ގިނަ އަދަދެއްގެ މަސްތައް މަރުވަނީ
ވައިކަރަދޫ ފަޅު ތެރޭގައި ގިނަ އަދަދެއްގެ މަސްތައް މަރުވަނީ

އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ މަސްތައް މަރުވާން ފެށީ މިރޭ އިރާކޮޅުން ފެށިގެން ކަމަށެވެ. އޭގެ ތެރޭގައި ގިނައީ މުށި މަސް ކަމަށް ވެސް އޭނާ ބުންޏެވެ.

ވައިކަރަދޫ ފަޅު ތެރޭގައި ގިނަ އަދަދެއްގެ މަސްތައް މަރުވަނީ
ވައިކަރަދޫ ފަޅު ތެރޭގައި ގިނަ އަދަދެއްގެ މަސްތައް މަރުވަނީ

"ކީއްވެގެން ކަމެއް ނޭނގެ. ވަރަށް ގިނަ އަދަދެއްގެ މަސް ފަޅުތެރޭގައި މަރުވެފައި އެބަހުރި. މުށި މަހާއި އިއްސާއި ކަކުންޏާއި ބޯވަ ވެސް އެބަހުރި،" ވައިކަރަދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ފަޅު ތެރޭގައި ހުރި މަސްތައް ރަށުގެ ރައްޔިތުން އަންނަނީ ނަގަމުންނެވެ. މުޅި ރަށުގައި މަސް ތިޔާގިވެފައިވާ ކަމަށް ވެސް "މިހާރު"އާ ވާހަކަ ދެއްކި މީހުން ބުންޏެވެ.

"ގޭގޭގެ ފްރިޖްތައް ވެސް ފުލްވެއްޖެ. އަހަރެން އެކަނި ވެސް ގާތްގަނޑަކަށް 900 މުށި މަސް ނެގިން،" އޭނާ ބުންޏެވެ.

ވައިކަރަދޫ ފަޅުތެރޭގައި މަސް މަރުވާ މައްސަލަ މިހާރު ވަނީ މެރިން ރިސާޗް ސެންޓަރުގެ ސަމާލުކަމަށް ވެސް ގެނެސްފަ އެވެ.

ވައިކަރަދޫގެ ބައެއް މީހުން ލަފާކުރާ ގޮތުގައި މަސްތައް މަރުވަނީ ފަޅުތެރޭގެ ފިނިހޫނު މިނަށް ދިމާވެފައިވާ މައްސަލައެއްގެ ސަބަބުންނެވެ.