ގިނަ ޔޮޓްތައް "ސަވާދީއްތަ ދަތުރު" ގައި ބައިވެރިނުވެ އެނބުރި ދަނީ

ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަ ކުރަން އެމްއައިޓީޑީސީން އިއްޔެ ފެށި ޔޮޓް ރެލީ، "ސަވާދީއްތަ ދަތުރު" ގައި ބައިވެރި ނުވެ، ގިނަ ޔޮޓްތައް އަނބުރާ ދާން ނިންމައިފި އެވެ.

ގިނަ ޔޮޓްތައް "ސަވާދީއްތަ ދަތުރު" ގައި ބައިވެރިނުވެ އެނބުރި ދަނީ
ގިނަ ޔޮޓްތައް "ސަވާދީއްތަ ދަތުރު" ގައި ބައިވެރިނުވެ އެނބުރި ދަނީ

ޔޮޓް ރެލީއާ ބެހޭ މައުލޫމާތު އެނގޭ، ހއ. އުލިގަމުގެ މީހަކު "މިހާރު" އަށް މިރޭ ބުނީ ރާއްޖެ އަށް ޔޮޓްތައް އައިއިރު ވެސް ރެލީގައި ބައިވެރިވާނެ ކަމުގެ ޔަގީންކަން ނުދޭ ކަމަށެވެ. އަދި މިހާރު ވެސް އުލިގަމު ބަނދަރުގައި އަށަކަށް ވުރެ ގިނަ ޔޮޓް، ދަތުރުގައި ބައިވެރިނުވެ އެބައޮތް ކަމަށް އޭނާ ބުންޏެވެ.

ގިނަ ޔޮޓްތައް "ސަވާދީއްތަ ދަތުރު" ގައި ބައިވެރިނުވެ އެނބުރި ދަނީ
ގިނަ ޔޮޓްތައް "ސަވާދީއްތަ ދަތުރު" ގައި ބައިވެރިނުވެ އެނބުރި ދަނީ

އޭނާ ބުނިގޮތުގައި ގިނަ ޔޮޓްތައް މި ހަފުތާގައި އެނބުރި ދާން ވަނީ ތާވަލުކޮށްފަ އެވެ. ރަށްތަކުގައި ކޮވިޑް-19 ފެތުރުމަކީ ވެސް ބައެއް ޔޮޓްތަކުން ރެލީގައި ބައިވެރި ނުވި ސަބަބެއް ކަމަށް އޭނާ ބުންޏެވެ.

ގިނަ ޔޮޓްތައް "ސަވާދީއްތަ ދަތުރު" ގައި ބައިވެރިނުވެ އެނބުރި ދަނީ
ގިނަ ޔޮޓްތައް "ސަވާދީއްތަ ދަތުރު" ގައި ބައިވެރިނުވެ އެނބުރި ދަނީ

"މި ކޮޅަށް އައިއިރު ވެސް އެއްވެސް ޔޮޓަކުން ރެލީގައި ބައިވެރިވާން ޔަގީން ކަމެއް ނުދޭ. މި ކޮޅަށް އައިސް ގޮތެއް ނިންމާނީއޭ ބުނީ. އެކަމަކު ގިނަ ޔޮޓްތަކުން އައިސް ނިންމީ ބައިވެރި ނުވާން،" ނަން ހާމަނުކުރުމަށް އެދި އެ މީހާ ބުންޏެވެ.

ގިނަ ޔޮޓްތައް "ސަވާދީއްތަ ދަތުރު" ގައި ބައިވެރިނުވެ އެނބުރި ދަނީ
ގިނަ ޔޮޓްތައް "ސަވާދީއްތަ ދަތުރު" ގައި ބައިވެރިނުވެ އެނބުރި ދަނީ

"މި ކޮޅުގައި ކޮވިޑް ފެތުރޭތީ ވެސް ބައެއް ޔޮޓްތަކުން ބޭނުމެއް ނުވޭ ބައިވެރިވާން. ދަތުރުގައި ގިނައިން އޮތީ މީހުން ދިރިއުޅޭ ރަށްތަކަށް ދާން ވީމާ އެ މީހުން ރިސްކް ނަގަން ބޭނުން ނުވަނީ."

ގިނަ ޔޮޓްތައް "ސަވާދީއްތަ ދަތުރު" ގައި ބައިވެރިނުވެ އެނބުރި ދަނީ
ގިނަ ޔޮޓްތައް "ސަވާދީއްތަ ދަތުރު" ގައި ބައިވެރިނުވެ އެނބުރި ދަނީ

އެމްއައިޓީޑީސީން ބުނީ، ޔޮޓް ރެލީ އިއްޔެ ފެށީ 12 ޔޮޓާއެކުގަ އެވެ. ނަމަވެސް މި ރެލީގައި ބައިވެރިވަނީ އެންމެ އަށް ޔޮޓްކަމަށް އުލިގަމުން މައުލޫމާތު ދިން މީހާ ބުންޏެވެ.

ގިނަ ޔޮޓްތައް "ސަވާދީއްތަ ދަތުރު" ގައި ބައިވެރިނުވެ އެނބުރި ދަނީ
ގިނަ ޔޮޓްތައް "ސަވާދީއްތަ ދަތުރު" ގައި ބައިވެރިނުވެ އެނބުރި ދަނީ

ހޯރަފުށީގައި އިއްޔެ ރެލީ ފަށަން ބޭއްވި ރަސްމިއްޔާތުގައި ވެސް އެއްވެސް ޔޮޓަކުން ބައިވެރި ނުވާ ކަމަށް އެނގިފައިވެ އެވެ. ހޯރަފުއްޓަކީ ޔޮޓްތައް ދާ ރަށަކަށް ނުވާތީ، ބަނދަރު ކުރެވޭނެ އިންތިޒާމެއް ނެތުމުން ގިނަ ޔޮޓްތަކުން ނުދިޔައީ ކަމަށް އުލިގަމުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ގިނަ ޔޮޓްތައް "ސަވާދީއްތަ ދަތުރު" ގައި ބައިވެރިނުވެ އެނބުރި ދަނީ
ގިނަ ޔޮޓްތައް "ސަވާދީއްތަ ދަތުރު" ގައި ބައިވެރިނުވެ އެނބުރި ދަނީ

"ބަނދަރުކުރާނެ ޖާގަ ނުލިބޭތީ އިއްޔެގެ ރަސްމިއްޔާތަށް ވެސް ޔޮޓްތައް ނުދޭ. ދެ ޔޮޓް ގޮސްފައި ވެސް އެނބުރި އައީ،" އޭނާ ބުންޏެވެ.

މިކަމާ ގުޅޭގޮތުން އެމްއައިޓީޑީސީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ 12 ޔޮޓް ވެސް ރެލީގައި ބައިވެރިވާ ކަމަށެވެ. އަދި ޔޮޓްތަކުން ރާއްޖެ އައީ ވެސް ރެލީގައި ބައިވެރިވާން ކަމަށް އޭނާ ވިދާޅުވި އެވެ.

"ހުރިހާ ޔޮޓަކުން ވެސް ބައިވެރިވޭ. މިއަދު ވެސް އަޅުގަނޑުމެންނާއެކު ދަތުރު ކުރި،" އޮފިޝަލް ވިދާޅުވި އެވެ.

ތިން ހަފުތާގެ ނިޔަލަށް ބާއްވާ "ސަވާދީއްތަ ދަތުރު" ރާއްޖޭގެ ފަސް އަތޮޅެއްގެ 14 ރަށަކަށް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.