06 ފެބުރުއަރީ 2022 - 06:04

ބޮލީވުޑްގެ ތަރި އަޖޭ ދޭވްގަން އަކީ ވެސް ފިލްމަކަށް ފަހު ފިލްމަކުން ފެނިފެނި ހުންނަ ތަރިއެކެވެ. ބޮޑެތި ބްރޭކްތައް ނެގުމުގެ ބަދަލުގައި އަބަދު ވެސް މަސައްކަތުގައި އަވަދިނެތި އޭނާ އުޅޭއިރު، ކުރިއަށް އޮތް ތިން މަހަކީ އަޖޭގެ ސަޕޯޓަރުންނަށް އުފާވެރި ތިން މަހެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި، މި މަހާއި މާޗު އަދި އޭޕްރީލްގައި ވެސް އަޖޭގެ ފިލްމެއް އެބަ އޮތެވެ.
އެންމެ ފުރަތަމަ ރިލީޒްކުރުމަށް އޮތީ "ގަންގުބާއީ ކަތިއަވާޑިއާ" އެވެ. އެ ފިލްމު ސިނަމާގައި އަޅުވާނީ މި މަހުގެ 25 ގަ އެވެ. މި ފިލްމުގައި އަޖޭ ފެންނަނީ ވަރަށް ކުޑަ ވަގުތުކޮޅަކަށެވެ. އެންމެ ފަހުން އަޖޭ ފެނުނީ ސޫރިޔަވަންޝީންނެވެ.
މާޗު މަހުގެ 25 ގައި ވެސް އަޖޭގެ ފިލްމެއް އެބަ އޮތެވެ. އެއީ "އާރުއާރުއާރު" އެވެ. އެސްއެސް ރާޖަމޯލީ ޑައިރެކްޓްކޮށް ނެރޭ މި ފިލްމުގައި އަޖޭ މުހިއްމު ރޯލަކުން ފެންނާނެ ކަމަށް ޑައިރެކްޓް ބުނެ އެވެ. އަދި ފާހަގަކޮށްލެވޭ އަނެއް ކަމަކީ މި ފިލްމާއި "ގަންގޫބާއީ"ގައި ވެސް އޭނާއާ އެކު އާލިއާ ބަޓް ފެންނާނެ ކަމެވެ.
އޭޕްރީލްގައި ނެރުމަށް ހަމަޖެހިފައި އޮތީ އަޖޭގެ "ރަންވޭ 34" އެވެ. މި ފިލްމު ހާއްސަވާ ގިނަ ސަބަބުތަކެއް އެބަ ހުއްޓެވެ. އެއީ އަޖޭ ޑައިރެކްޓްކޮށް ނެރޭ ފުރަތަމަ ފިލްމެވެ. އަދި މި ފިލްމުގައި އޭނާ ފެންނާނީ އަމީތާބު ބައްޗަންއާ އެކު ކަމަށ ވުމަކީ ވެސް ހާއްސަވާ ސަބަބެކެވެ.