ކުރީގެ މަޝްހޫރު ވިޔަފާރިވެރިޔާ ގުއްދޫސް އަވަހަރާވެއްޖެ
ކުރީގެ މަޝްހޫރު ވިޔަފާރިވެރިޔާ ގުއްދޫސް އަވަހަރާވެއްޖެ

އާލާސްކަންފުޅާ ގިނަ ދުވަސްތަކެއް ވަންދެން އޮންނެވުމަށް ފަހު، ކުރީގެ މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުލްގުއްދޫސް އިބްރާހީމް މިއަދު އަވަހާރަވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި އުމުރުން 82 އަހަރުގައި ގުއްދޫސް އަވަހާރަވީ ފުއްޕާމޭގެ ކެންސަރަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މެންދުރުފަހުގެ ވަގުތެއްގަ އެވެ. މީގެ މަސް ދުވަސް ކުރިން ބެންކޮކުގައި ވެސް އެ ބައްޔަށް އޭނާ ފަރުވާ ހޯއްދެވި އެވެ.

ގުއްދޫސްއަކީ ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ގެ ބައްޕަ އެވެ. އަދި ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާގެ ދޮން ބައްޕަ އެވެ.

ގުއްދޫސްގެ މައްޗަށް ކުރާ ކަށު ނަމާދު އޮންނާނީ މިރޭ 10:30 ގައި އިސްލާމީ މަރުކަޒުގަ އެވެ.

ރާއްޖޭގެ ޝިޕިން ވިޔަފާރީގައި ވެސް ފާހަގަކޮށްލެވުނު ގުއްދޫސް އަކީ އޭނާ ނިސްބަތްވާ ގަލޮޅު އަވަށަށް ވެސް ގިނަ ހިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ. ހާއްސަކޮށް ގަލޮޅުގައި އުފެއްދި މަޝްހޫރު ފުޓުބޯޅަ ކްލަބް ވިކްޓަރީ އަށް ހަރަދު ކުރައްވައި އެ ކްލަބްގެ ކުރިއެރުމެއް ގިނަ މަސައްކަތްތަކެއް އޭނާ ކުރެއްވި އެވެ.