ޖެކްލިންނާ އެކު "365 ޑޭސް" ގެ މޮރޯނީގެ އުޅޭ ލަވައެއް ނެރެނީ
ޖެކްލިންނާ އެކު "365 ޑޭސް" ގެ މޮރޯނީގެ އުޅޭ ލަވައެއް ނެރެނީ

ބޮލީވުޑްގެ އެކްޓްރެސް ޖެކްލިން ފެނާންޑޭޒްއާ އެކު، އިޓަލީގެ އެކްޓަރު އަދި ލަވަކިޔުންތެރިޔާ މިކޭލެ މޮރޯނީ ކުޅެފައިވާ ލަވައެއް އަންނަ ހަފުތާގައި ނެރުމުގެ މަސައްކަތް ފަށައިފި އެވެ.

މޮރޯނީ މަޝްހޫރުވީ ނެޓްފްލިކްސް އިން މިދިޔަ އަހަރު ގެނެސްދިން ޕޮލެންޑް ފިލްމެއް ކަމަށްވާ "365 ޑޭސް" އިންނެވެ.

މި ދެ ތަރިން އެކުގައި ފެންނަ ލަވައިގެ ޕްރޮމޯޝަން މިހާރު ފަށާފައިވާ އިރު، މި ލަވަ އަށް ކިޔަނީ "މުޑް މުޑް ކޭ" އެވެ. ދޭސީ މިއުޒިކް ފެކްޓަރީ ޕްރޮޑިއުސްކުރާ މި ލަވަ ކިޔާފައި ވަނީ އިންޑިއާގެ އެންމެ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ ނޭހާ ކައްކަރު އާއި އޭނާގެ ބޭބެ ޓޮނީ ކައްކަރެވެ.

ޖެކޮލިން ލަވައަކުން މި ފެންނަނީ މަނީ ލޯންޑަރިންގެ ބޮޑު މައްސަލައަކާ ގުޅިގެން އޭނާގެ ތަހުގީގެއް ކުރިއަށް ދަނިކޮށެވެ. އެ މައްސަލައާ ގުޅިގެން އޭނާގެ އަތުން ވަނީ ވަރަށް ގިނަ ފިލްމުތައް ވެސް ގެއްލިފަ އެވެ.

މޮރޯނީއާ އެކު ޖެކޮލިން ކުޅެފައިވާ ލަވަ ޔޫޓިއުބަށް ދޫކޮށްލަނީ މި މަހު 12 ގަ އެވެ.