03 ފެބުރުއަރީ 2022 - 22:59

ކޮވިޑް-19 ގެ ކޭސްތައް މިއަދު މަދުވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އިއްޔެގެ ހަވީރު 6:00 އިން މިއަދުގެ ހަވީރު 6:00 އަށް 5،657 ސާމްޕަލް ޓެސްޓުކުރި ކަމަށެވެ. އޭގެ ތެރެއިން ޕޮޒިޓިވްވީ 1،834 މީހުންނެވެ.
މާލެ ސަރަހައްދުން 748 މީހުންނާއި އެކި ރަށްރަށުން 698 އަދި ރިސޯޓުތަކުން 65 މީހަކަށް ބަލި ޖެހިފައިވެ އެވެ.
އަލަށް ޕޮޒިޓިވްވި މީހުންނާއެކު ކޮވިޑްގެ އެކްޓިވް ކޭސްތައް މިހާރު އުޅެނީ 17،413 އިގަ އެވެ.
އިއްޔެ 5،900 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޓެސްޓުކުރިއިރު، 2،000 އަށްވުރެ ގިނަ މީހުންނަށް ބަލި ޖެހުނެވެ. މިދިޔަ އާދިއްތަ ދުވަހު 6،403 ސާމްޕަލް ޓެސްޓުކުރިއިރު 2،180 މީހުން ޕޮޒިޓިވްވި އެވެ.