ކުރިއެރުމާއި އަމާން އައްސޭރި އޮތީ އެމްޑީޕީއާ އެކު: ނަޝީދު
ކުރިއެރުމާއި އަމާން އައްސޭރި އޮތީ އެމްޑީޕީއާ އެކު: ނަޝީދު

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ދައްކައިދޭން ޖެހިފައި އޮތީ ތަރައްގީ އާއި ކުރިއެރުން އޮތީ އެމްޑީޕީގެ ފިކުރުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ކުރިއެރުމާއި އަމާން އައްސޭރި އޮތީ އެމްޑީޕީއާ އެކު: ނަޝީދު
ކުރިއެރުމާއި އަމާން އައްސޭރި އޮތީ އެމްޑީޕީއާ އެކު: ނަޝީދު

އަންނަ ހޮނިހިރުދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ އިންތިހާބުގައި އެމްޑީޕީއަށް ތާއީދު ހޯދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިހުގައި ކޮމަންޑުއަށް ވަޑައިގެން ނަޝީދު ވިދާޅުވީ އިންތިހާބުގައި ނިންމަން ޖެހިފައި އޮތީ މުހިއްމު ނިންމުމެއް ކަމަށެވެ. އެ އިންތިހާބުގެ ނިންމުން ބިނާވާނީ އަމާން އައްސޭރިއަކާއި ހަރާބުގެ މަގަކާ ދެމެދަށް ކަމަށް ވިދާޅުވި އެވެ.

ކުރިއެރުމާއި އަމާން އައްސޭރި އޮތީ އެމްޑީޕީއާ އެކު: ނަޝީދު
ކުރިއެރުމާއި އަމާން އައްސޭރި އޮތީ އެމްޑީޕީއާ އެކު: ނަޝީދު

އެމަނިކުފާނު ވިދާޅުވި ގޮތުގައި އެމްޑީޕީން ވަކާލާތުކުރާ ކަންކަމާ އެކީގައި ތިބެއްޖެ ނަމަ ދާއިރާއަށް އޮތީ ކުރިއެރުމެވެ.

"[އިންތިހާބުގައި] ނިންމަންވީ ސަލާމަތުގެ އައްސޭރިއަށްތޯ ނުވަތަ ރައީސް ޔާމީންގެ ގަޓުހުރި ހުދުމުހުތާރުވެރިކަމުގެ ތެރެއަށްތޯ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ޑިމޮކްރަސީއެއްގެ ބޭނުމަކީ ގިނައިން އިންތިހާބުތައް ބާއްވަން ޖެހި ރައްޔިތުންގެ ގާތަށް އަންނަން ޖެހުން ކަމަށެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ 30 އަހަރުގެ ވެރިކަމުގައި ރައްޔިތުންނަށް ފެނުނީ ކޮންމެ ފަސް އަހަރަކުން އެއްފަހަރު ރަށްތަކަށް ވަޑައިގެން ކަޑަ ޖައްސަވާ މަންޒަރު ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ ކަޑަތައް ބައެއް ފަހަރަށް ބޮޑެތި ނިކަ ގަހަށްވެ މުޅި ގޮނޑުދޮށް ހަލާކުވެފައި އެބަހުއްޓެވެ. މި ސަރުކާރު ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ މައުމޫނަށް ނަޝީދުގެ ފާޑުވިދާޅުވުން މިއަދު އަމާޒުވި އިރު ކޯލިޝަންގެ އެހެން ހުރިހާ ލީޑަރުން ކެމްޕޭންގައި އެމްޑީޕީއާ އެކު ނުކުތަސް އެމްއާރުއެމުން ތިބީ ހިމެނޭނުންނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަސް އަހަރުގެ ވެރިކަމުގައި މި ދާއިރާއަށް ވަޑައިނުގަންނަވާ ކަމަށާއި އެމަނިކުފާނުގެ ވިސްނުންފުޅު ގެންގުޅުއްވަނީ ހުރިހާ ރައްޔިތުން މާލެއަށް ޖަމާކުރެއްވުމަށް ކަމަށް ވިދާޅުވި އެވެ.

"ކޮމަންޑޫ ތަރައްގީކުރުމުގެ ފިކުރެއް ވިސްނުމެއް އެ ބޭފުޅުންގެ ނުހުންނާނެ. އެ ބޭފުޅުންގެ ވިސްނުމަކީ ޖަޒީރާ ދިވެހިރާއްޖެ އުވާލުން،" ނަޝީދު ވިދާޅުވި އެވެ.