މާޒިޔާ އަށް ސާބިއާގެ ކޯޗެއް ހަމަޖައްސައިފި
މާޒިޔާ އަށް ސާބިއާގެ ކޯޗެއް ހަމަޖައްސައިފި

މާޒިޔާގެ ކޯޗަކަށް، ސާބިއާގެ މިއޯޑްރާގް ޖެސިޗް ހަމަޖައްސައިފި އެވެ.

މާޒިޔާ އަށް ސާބިއާގެ ކޯޗެއް ހަމަޖައްސައިފި
މާޒިޔާ އަށް ސާބިއާގެ ކޯޗެއް ހަމަޖައްސައިފި

އޭނާ އަށް އެހީވުމަށް ސާބިއާގެ ގޮރާން ގުއިޒްޖަން ވެސް ވަނީ ފިޓްނަސް ކޯޗުގެ ގޮތުގައި މާޒިޔާގެ ޓީމަށް ހަމަޖައްސައިފަ އެވެ.

ޖެސިޗް ވަނީ އޭޝިއާ އާއި ޔޫރަޕް އަދި އެފްރިކާގެ ކްލަބްތަކަށް ކޯޗްކޮށްދިނުމުގައި ގާތްގަނޑަކަށް 25 އަހަރު ހޭދަކޮށްފަ އެވެ. މެދުއިރުމަތީގައި ގިނަ ދުވަސްތަކެއް ވަންދެން އޭނާ މަސައްކަތްކުރި އެވެ. ކޯޗެއްގެ ގޮތުގައި ޖެސިޗް އެންމެ ފުރަތަމަ މަސައްކަތް ފެށީ 1997 ގައި ސާބިއާގެ ރެޑްނިކް ނީސްގަ އެވެ. ކުރީގެ ޔޫގޮސްލޭވިއާގެ 21 އަހަރުން ދަށުގެ ގައުމީ ޓީމަށް އޭނާ ވަނީ ކުޅެފަ އެވެ.

މާޒިޔާގެ ކޯޗުގެ މަގާމު ހުސްވީ، މިދިޔަ މަހު ބޭއްވި ޕްރެޒިޑެންޓްސް ކަޕްގެ ނާކާމިޔާބަށް ފަހު އޭރު އެ ޓީމުގެ ކޯޗަކަށް ހުރި މުހައްމަދު ޝިޔާޒު (މޯހަން) މަގާމުން ވަކި ކުރުމުންނެވެ.

ޖެސިޗް އަކީ މަޒިޔާ އަށް އިރުޝާދު ދޭ ބިދޭސީ ތިން ވަނަ ކޯޗެވެ. އަދި މާޒިޔާ އަށް ކޯޗުކޮށްދޭ ސާބިއާގެ ދެވަނަ ކޯޗެވެ. މިދިޔަ ސީޒަންގެ ވަކި ހިސާބަކުން ފެށިގެން، އޭއެފްސީ ކަޕް ގުރޫޕް ސްޓޭޖް ނިމެންދެން މާޒިޔާ އަށް އިރުޝާދު ދީފައި ވަނީ، ސާބިއާގެ ރިސްޓޯ ވިޑަކޮވިޗެވެ. އޭގެ ކުރިން މާޒިޔާ އަށް ކޯޗުކޮށްދިން ބިދޭސީ ކޯޗަކީ މެސެޑޯނިއާގެ މަރްޔާން ސެކުލޮސްކީ އެވެ.

ރިސްޓޯގެ ކޯޗުކަމުގެ ދަށުން މާޒިޔާގެ ގޭމް ސްޓައިލަށް ބޮޑު ބަދަލެއް ގެނެ އެވެ. ސްޕެއިންގެ ރެއާލް ބެޓިސް އަށް ކުޅެ އެ ކްލަބުގެ ޔޫތު ޓީމުގެ ކޯޗްކަން ކުރި ރިސްޓޯ މާޒިޔާގެ ގޭމް ބިނާ ކުރީ ގިނަ ޕާސްތަކެއް ޖަހައިގެން ކުޅޭ ޓީމެއްގެ ގޮތުގަ އެވެ. ރާއްޖޭގެ ލީގުގައި ރަނގަޅު ނަތީޖާތަކެއް ނެރުނެވެ. ނަމަވެސް މެޗެއް ނުކުޅެ ގިނަ ދުވަސްތަކަކަށް ފަހު ކުޅުނު އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖުގައި އެއްވެސް މެޗަކުން މޮޅެއް ނުވެ އެވެ.