ޖަސްޓިން 1.2 މިލިއަން ޑޮލަރަށް އެންއެފްޓީއެއް ގަނެފި
ޖަސްޓިން 1.2 މިލިއަން ޑޮލަރަށް އެންއެފްޓީއެއް ގަނެފި

ދުނިޔޭގެ އެންމެ މަޝްހޫރު ޒުވާން އާޓިސްޓުންގެ ތެރޭގައި ހިމެނޭ ޖަސްޓިން ބީބާ ދާދި ފަހުން 1.2 މިލިއަން ޑޮލަރަށް އެންއެފްޓީ އެއް ގަނެފި އެވެ.

އެންއެފްޓީ ނުވަތަ ނޮން ފަންޖިބަލް ޓޮކެން އަކީ ޑިޖިޓަލް ކަލެކްޓިބަލްއެކެވެ. މިދިޔަ އަހަރު ބޮޑު މަގުބޫލު ކަމެއް ހޯދި އެންއެފްޓީ މެދުވެރިކޮށް އެކި އާޓިސްޓުން އަންނަނީ އަގުބޮޑުކޮށް އެމީހުންގެ އާޓްވޯކްތައް ވިއްކަމުންނެވެ.

ޖަސްޓިން އެންއެފްޓީއެއް ގަތީ "ބޯޑް ޔޮޓް ކްލަބް" ނަމަކަށް ކިޔާ ގްރޫޕަކުންނެވެ. އެ ގްރޫޕުގެ ކާޓޫނު "އޭޕް" އާޓްވޯކެއް ޖަސްޓިން ގަތީ ޓީޝާޓުގައި ހިމެނޭ ގޮތަށެވެ.

އޭނާ އެ އާޓްވޯކް ގަތީ ދާދި ފަހުން މަގުބޫލުވި ކްރިޕްޓޯ ކަރަންސީއެއް ކަމަށްވާ އެތީރިއަމްގެ 500 އެތީރިއަމް އަށެވެ. އެ 500 އެތީރިއަމްގެ އަގަކީ 1.2 މިލިއަން އެމެރިކާ ޑޮލަރެވެ.

ޖަސްޓިން އެ އާޓްވޯކް އެއް މިލިއަނަށް ގަތް އިރު އޭގެ އަސްލު އަގަށް ލަފާކޮށްފައި ވަނީ 208،237 އެމެރިކާ ޑޮލަރެވެ.