ރަހަ ބަދަލުނުވި ދިއްގަރު ރިހާކުރު: ސިއްރެއް އެބައޮތް!
ރަހަ ބަދަލުނުވި ދިއްގަރު ރިހާކުރު: ސިއްރެއް އެބައޮތް!

މި ރަށުގެ ރިހާކުރު މުޅި ރާއްޖެ އަށް މަޝްހޫރުވާން ފެށި ހިސާބެއް ސީދާ ބުނަން ނޭނގުނަސް ފެންނަން އޮތް ކަމަކީ އަދި ބަދަލެއް ނައިސް އެގޮތުގައި ހުރީ ރިހާކުރުގެ މީރު ރަހަ އެވެ. ރިހާކުރުއައިލެންޑުގެ ގޮތުގައި މުޅި ރާއްޖެ އަށް މ. ދިއްގަރު މަޝްހޫރުވެގެން ދިޔައީ ވެސް މި ރަށުގެ ރިހާކުރު ހަމަ ތަފާތުވީމަ އެވެ.

ރަހަ ބަދަލުނުވި ދިއްގަރު ރިހާކުރު: ސިއްރެއް އެބައޮތް!
ރަހަ ބަދަލުނުވި ދިއްގަރު ރިހާކުރު: ސިއްރެއް އެބައޮތް!

އުމުރުގެ ބޮޑު ބައި ރިހާކުރު ކެއްކުމުގައި އުޅުނު އައިޝަތު ހުސެއިން ބުނާގޮތުން ދިއްގަރުގެ ރިހާކުރު، އެހެން ރަށްރަށުގައި ހަދާ ރިހާކުރާ ތަފާތު ވަނީ ފަރުވާތެރިކަމާ އެކު އެކަން ކުރާތީ އެވެ. އެ ރިހާކުރު އެހެން ރަށްރަށުގެ ރިހާކުރާ ތަފާތުވާ ސިއްރުތަކެއް އެބައްޓެވެ.

ރަހަ ބަދަލުނުވި ދިއްގަރު ރިހާކުރު: ސިއްރެއް އެބައޮތް!
ރަހަ ބަދަލުނުވި ދިއްގަރު ރިހާކުރު: ސިއްރެއް އެބައޮތް!

އަވަސް އަރުވާލައިގެން ރިހާކުރު ހެދުމުގެ ބަދަލުގައި، މި ރަށުގައި ރިހާކުރު ކައްކަނީ ވަރަށް މަޑުގިނީގައި، އެކަމަށް ހާއްސަކޮށްފައިވާ ބަދިގޭގަ އެވެ.

ރަހަ ބަދަލުނުވި ދިއްގަރު ރިހާކުރު: ސިއްރެއް އެބައޮތް!
ރަހަ ބަދަލުނުވި ދިއްގަރު ރިހާކުރު: ސިއްރެއް އެބައޮތް!

"ދިއްގަރު ރިހާކުރު ތަފާތުވަނީ އެހެންވީމަ. ރިހާކުރު އުދައިފައި އެތަނަށް ގޮސްފައި މި ތަނަށް ގޮސްފައި އުޅުނީމަ ކަމަކު ނުދާނެ. އަހަރެމެން ހަމަ ރަނގަޅަށް ތަތްވާނެ ދެން އެ އަރާ ފިއްލިޔެ ތިޔޮ ނަގާފައި ދެން އަހަރެމެން ދުރަށް ދާނީ ވެެސް،" އައިޝަތު، 85، ބުންޏެވެ.

އޭނާ ބުނީ ރިހާކުރު ތަތް ނުވަނީސް މަސް ހިފައިގެން އަނެއްކާ ދޯނިތައް ރަށަށް ލަފާ ކަމަށެވެ. އެ ހިސާބުން، މެންދުރު ނަމާދަށް ފަހު އަންހެނުން ވަންނަނީ ބަދިގެއަށް ކަމަށާއި އެހާ ފަރުވާތެރިކަމާ އެކު އެކަން ކުރި ކަމަށް އޭނާ ބުންޏެވެ.

"އެހެންވީމަ ދިއްގަރު ރިހާކުރު ރީތިކޮށް ވެސް ހުންނަނީ،" އޭނާ ބުންޏެވެ.

"ހާދަ މަހެއް ކައްކާލަމޭ. ތަތް ނުވަނީސް އެ ލަފަނީ އޮޑިފަހަރު."

ދިއްގަރުގައި މީގެ ކުރިން ކެއްކި ރިހާކުރާއި މިހާރު އެ ރަށުގައި ކައްކާ ރިހާކުރު ތަފާތު ކަމަށް ބައެއް މީހުން ބުންޏަސް އެކަން އައިޝަތު ގަބޫލެއް ނުކުރެ އެވެ. އޭނާ ބުނާ ގޮތުން ދިއްގަރު ރިހާކުރުގެ ކުލައަށް އަދި ރަހައަކަށް އެއްވެސް ބަދަލެއް ނާދެ އެވެ.

"އެ ކުދިން ހުރީ އަހަރެމެން ކައިރިން ދަސްކޮށްފައި. އެހެންވީމަ ދާނީ އެހެންނެއްނު. މި ރިހާކުރު މަޝްހޫރު ވެގެން ދިޔައީ ކިހާ ވަރަކަށް. ދިއްގަރު ރިހާކުރޭ ބުނެފިއްޔާ ކޮންމެ މީހަކު ވެސް ބާޒާރުމަތީ އުޅެފައި އެ ރިހާކުރު ގަންނާނެ،" އޭނާ ބުންޏެވެ.

މީގެ ކުރިން ދިއްގަރުގެ ހުރިހާ ގެއެއްގައި ރިހާކުރު ކެއްކި ނަމަވެސް މިހާރު އެކަން ވަނީ ވަރަށް ބޮޑަށް ބަދަލުވެފަ އެވެ.

ދިއްގަރުގައި މިހާރު ރިހާކުރު ކައްކަނީ އެންމެ ދެ ގެއެއްގަ އެވެ. އެ ތަނުން އެއް ގެއަކީ ބީޗް ވިލާ އެވެ.

އެ ގޭގައި ރިހާކުރު ކައްކަމުން އަންނަ އާރިފާ ހުސެއިން، 66، ބުނީ ކުރިއަށް ވުރެ މިހާރު އެކަން ކުރަނީ މާ ފުރިހަމަކޮށް ކަމަށެވެ. ވަޅު ފެނަށް ލޮނު އަޅައިގެން މީގެ ކުރިން ރިހާކުރު ކެއްކި ނަމަވެސް މިހާރު ރިހާކުރު ހަދަނީ ވާރޭ ފެނުގައި، ލޮނު ނުލާ ކަމަށް އޭނާ ބުންޏެވެ.

"ހުރިހާ ގެއެއްގައި [ހަދާ ރިހާކުރުގައި] އެއް ރަހައެއް ދޭނީ،" ރިހާކުރު ކައްކަން ހުރެ ދިން އިންޓަވިއުގައި އާރިފާ ބުުންޏެވެ.

އޭނާ ބުނިގޮތުގައި ރިހާކުރު ތައްޔާރުކުރަން އުނދުން ދޮށުގައި 11 ވަރަކަށް ގަޑިއިރު ތިބެން ޖެހޭ ކަމަށެވެ. އެކަމަކު، ކިތައްމެ ގިނަ ވަގުތެއް ހޭދަވި ނަމަވެސް މުޅި ރާއްޖެ އަށް މަޝްހޫރުވި ކޮލިޓީގައި ރިހާކުރު ގެނެސްދިނުން ފަރުވާ ކުޑަނުކުރާނެ ކަމުގެ ޔަގީންކަން އޭނާ ދެ އެވެ.