މިނިމަމް ވޭޖާ އެކު ފެނަކައިގެ 80 ޕަސެންޓް މުވައްޒަފުންގެ މުސާރަ ބޮޑުވެއްޖެ
މިނިމަމް ވޭޖާ އެކު ފެނަކައިގެ 80 ޕަސެންޓް މުވައްޒަފުންގެ މުސާރަ ބޮޑުވެއްޖެ

މިނިމަމް ވޭޖް ކަނޑައެޅުމުން ފެނަކައިގެ މުވައްޒަފުންގެ މުސާރަ އަށް 10 މިލިއަން ރުފިޔާ އިތުރުވެ، ކުންފުނީގެ 80 ޕަސެންޓް މުވައްޒަފުންގެ މުސާރަ ބޮޑުވެފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނީ މިނިމަމް ވޭޖުގެ ހެޔޮ ބަދަލު އެ ކުންފުނީގެ 3،340 މުވައްޒަފުންގެ މުސާރަ އަށް އައިސްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 495 މަސައްކަތު މީހުންނާއި 1،952 ޓެކްނިކަލް އަދި އޮފިސަރުންނާއި ސުޕަވައިޒާ ލެވެލްގެ 700 މުވައްޒަފުންނެވެ.

އެ ކުންފުނިން ބުނީ މިނިމަމް ވޭޖަށް އަމަލު ކުރުމަށްޓަކައި މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް އެއްކޮށް ބަދަލު ގެނައި ކަމަށެވެ.

މިނިމަމް ވޭޖު ކަނޑައެޅުމުގެ ކުރިން އެ ކުންފުނީގެ ބައެއް މުވައްޒަފުންނަށް 5،590ރ. ލިބުނު އިރު މިނިމަމް ވޭޖާ އެކު ބައެއް މުވައްޒަފުންގެ މުސާރަ 9،222ރ. އަށް ބޮޑުވި އެވެ. އެއީ ގާތްގަނޑަކަށް 3،000ރ. ގެ އިތުރުވުމެކެވެ.

ޖެނުއަރީ މަހުން ފެށިގެން މިނިމަމް ވޭޖަށް އަމަލުކުރަން ފެށި އިރު އެންމެ ބޮޑެތި ކުންފުނިތަކުން މިނިމަމް ވޭޖުގެ ގޮތުގައި 8،000ރ. މުވައްޒަފުންނަށް ދޭން ޖެހެ އެވެ. އަދި މެދުފަންތީގެ މުވައްޒަފުންނާއި ސިވިލް ސާވިސް މުވައްޒަފުންނަށް މިނިމަމް ވޭޖުގެ ގޮތުގައި 7،000ރ. ވަނީ ކަނޑައަޅާފަ އެވެ. އަދި ކުދި ވިޔަފާރިތަކުން މިނިމަމް ވޭޖުގެ ގޮތުގައި 4،500ރ. މުވައްޒަފުންނަށް ދޭން ޖެހޭނެ އެވެ. ފެނަކަ ހިމެނެނީ އެންމެ ބޮޑެތި ކުންފުނިތަކުގެ ތެރޭގަ އެވެ.

ފެނަކަ ކޯޕަރޭޝަންގައި ޖުމްލަ 4،000 މުވައްޒަފުން މަސައްކަތް ކުރެ އެވެ. އެ ކުންފުނިން 150 ރަށެއްގެ އިންޖީނުގެ އަންނަނީ ހިންގަމުންނެވެ.