01 ފެބުރުއަރީ 2022 - 11:18

ނިއު ޔޯކު (ފެބްރުއަރީ 1) - ކުރީގެ މިސް އެމެރިކާ ޗެސްލީ ކްރިސްޓް އުމުރުން 30 އަހަރުގައި މަރުވެފައިވާ ކަމަށް އޭނާގެ އާއިލާ އިން ބުނެފި އެވެ.

ފުލުހުން ބުނީ ކްރިސްޓް މަރުވެފައި އޮއްވާ ފެނިފައި ވަނީ ނިއު ޔޯކް ސިޓީން، މިދިޔަ އާދިއްތަ ދުވަހު ވަރަށް ހެނދުނާ ކަމަށެވެ. ފުލުހުން ލަފާކޮށްފައި ވަނީ ކްރިސްޓް މަރުވެފައި ވަނީ އަމިއްލަ އަށް ކަމަށެވެ. ދެހާސް ނަވާރަ ވަނަ އަހަރުގެ މިސް ޔޫއެސްއޭގެ މަގާމު ހޯދާފައިވާ ކްރިސްޓަކީ ނުހައްގުން ޖަލަށްލާފައިވާ މީހުންގެ ހައްގުގައި ވަކާލާތު ކުރަމުންދިޔަ ވަކީލެއް ވެސް މެ އެވެ.
ކްރިސްޓް އަަމިއްލަ އަށް މަރުވުމުގެ ކުރިން އޭނާގެ ފަރާތުން އެއްވެސް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ނިއު ޔޯކް ޓައިމްސް އިން ވަނީ 2019 ވަނަ އަހަރުގެ ފަހުން ކްރިސްޓުގެ ފަރާތުން ހާމަކޮށްފައިވާ ބައެއް ޓެސްޓްތައް އާއްމުކޮށްފަ އެވެ. އޭގެ ތެރޭގައި އޭނާގެ ސައިކޮލޮޖިކަލް ހެލްތާއި މަސައްކަތުގެ ސްޓްރެސް ފަދަ ކަންކަމާ ގުޅިގެން އޭނާ ދައްކާފައިވާ ވާހަކަތައް ހިމެނެ އެވެ.
ޔުނިވާސިޓީ އެތުލީޓެއް ކަމަށްވާ ކްރިސްޓަކީ މަޝްހޫރު ޓީވީ ހުށަހެޅުންތެރިއެއް ވެސް މެ އެވެ. އޭނާ އަކީ ސްޓްރެސް އާއި ނަފްސާނީ މައްސަލަތަކާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްކޮށްފައިވާ މީހެކެވެ.
ކްރިސްޓުގެ މަންމަ ވަނީ މިސް ނޯތު ކެރޮލީނާގެ މަގާމު 2002 ވަނަ އަހަރު ހޯދައިފަ އެވެ. އޭގެ ފަހުން ކްރިސްޓް ވެސް ވަނީ މިސް ނޯތު ކެރޮލީނާގެ މަގާމު ހޯދައިފަ އެވެ. މިސް ޔޫއޭސްގެގެ މަގާމަށް އުމުރުން 28 އަހަރުގައި، 2019 ވަނަ އަހަރު ހޮވުމަށް ފަހު، ހަމަ އެ އަހަރުގެ މިސް ޔުނިވާސް މުބާރާތުން އޭނާ ވަނީ 10 ވަނަ ހޯދައިފަ އެވެ.