ބަލިވުމުން ބަދަލުގައި ސްކޫލަށް ފޮނުވަނީ ރޮބޮޓެއް
ބަލިވުމުން ބަދަލުގައި ސްކޫލަށް ފޮނުވަނީ ރޮބޮޓެއް

އުމުރުން އެންމެ ހަތް އަހަރު ޖޯޝުއާ މަޓިނޭންޖެލީ ސްކޫލަށް ދެވޭ ވަރަށް ވުރެ މާ ބައްޔެވެ. ނަމަވެސް، ޖަރުމަނުގެ މި ކުއްޖާ ރޮބޮޓެއްގެ އެހީގައި އޭނާ ޓީޗަރުންނާއި އަދި ކުލާސް ކުދިންނާ ވެސް މުއާމަލާތް ކުރެ އެވެ. ކުލާސްރޫމްގައި ޖޯޝުއާގެ މޭޒުގައި ބައިންދާފައި އިންނަ މި ރޮބޮޓް އޭނާ ވާހަކަދައްކަން ބޭނުންވީމަ ސިގުނަލެއް ފޮނުވާލަ އެވެ. ހަމަ ކްލާސްރޫމުގެ ތެރޭގައި އިނދެވޭ ކަހަލަ އެވެ.

ބަލިވުމުން ބަދަލުގައި ސްކޫލަށް ފޮނުވަނީ ރޮބޮޓެއް
ބަލިވުމުން ބަދަލުގައި ސްކޫލަށް ފޮނުވަނީ ރޮބޮޓެއް

"ކިޔަވައިދޭ ގަޑިތަކުގައި އެހެން ކުދިން އޭނާއާ ވާހަކަދައްކާ ހީސަމާސާކޮށް ވެސް ހަދާނެ،" ޖަރުމަނުގެ ވެރިރަށް ބާލިންގައި ހިންގާ އެ ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވި އެވެ.

ބަލިވުމުން ބަދަލުގައި ސްކޫލަށް ފޮނުވަނީ ރޮބޮޓެއް
ބަލިވުމުން ބަދަލުގައި ސްކޫލަށް ފޮނުވަނީ ރޮބޮޓެއް

ޖޯޝުއާ އަށް ސްކޫލަށް ނުދެވެނީ އޭނާގެ ފުއްޕާމޭގައި ހުންނަ ނުރައްކާތެރި ބައްޔެއްގެ ސަބަބުން ނޭވާލުމަށް ކަރަށް ހޮޅިއެއް ގުޅާފައި ވާތީ އެވެ.

އޭނާގެ ބަދަލުގައި ސްކޫލަށް ފޮނުވާ މި ރޮބޮޓަކީ ބާލިންގައި ޖޯޝުއާ ދިރިއުޅޭ އަވަށް ކަމަށްވާ މަޒާން ހެލަސްޑޯފްގެ ލޯކަލް ކައުންސިލުން ހިންގާ ޕްރޮޖެކްޓެއްގެ ދަށުން އޭނާ އަށް ލިބުނު އެއްޗެކެވެ. ހަމަ އޭނާގެ ގޮތަށް ސްކޫލަށް ނުދެވޭ އެހެން ބައެއް ކުދިންނަށް ވެސް މި ކަހަލަ ރޮބޮޓެއް ދީފައިވެ އެވެ.

"އަހަރެމެން ވާނީ ބާލިންގައި ސްކޫލުތަކަށް މިގޮތަށް ބޭނުންކުރަން ހަތަރު ރޮބޮޓް ގެނެސްފައި. މިކަން ފެށީ ކޮވިޑް-19ގެ ސަބަބުން ވިޔަސް، ކުރިއަށް އޮތް ތަނުގައި މި ބަލިމަޑުކަން ނިމުމުން ވެސް މި ބޭނުންކުރެވޭނެ،" ކައުންސިލް މެމްބަރަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެކި ސަބަބުތަކާ ހެދި ސްކޫލްތަކަށް ނުދެވޭ ބައިވަރު ކުދިން ތިބޭ ކަމަށާއި މި ރޮބޮޓަކީ އެ ކުދިންނަށް ލިބޭނެ ބޮޑު އުފަލަކަށް ވާނެ އެވެ. އަދި ގައުމީ ފެންވަރުގައި މި ޕްރޮޖެކްޓާ ގުޅޭ ގޮތުން މަޝްވަރާތައްކޮށް، ވީހާ ވެސް ގިނަ ކުދިންނަށް މި ކަހަލަ ރޮބޮޓްތައް ލިބޭނެ ގޮތް ހަދައިދިނުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.