ޔޫތު ޗެމްޕިއަންޝިޕް: ގްރީން ސްޓްރީޓްސް ބަލިކޮށް ދަ ގްރާންޑޭ އިން ފުރަތަމަ މޮޅު ހޯދައިފި
ޔޫތު ޗެމްޕިއަންޝިޕް: ގްރީން ސްޓްރީޓްސް ބަލިކޮށް ދަ ގްރާންޑޭ އިން ފުރަތަމަ މޮޅު ހޯދައިފި

ނަވާރަ އަހަރުން ދަށުގެ އުމުރުފުރާއަށް ހާއްސަކޮށް މި އަހަރު ކުރިޔަށް ގެންދާ އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕް މުބާރާތުގައި މިއަދު ހަވީރު ކްލަބް ގްރީން ސްޓްރީޓްސް ބަލިކޮށް ދަ ގްރާންޑޭ ސްޕޯޓްސް ކުލަބުން ފުރަތަމަ މޮޅު ހޯދައިފި އެވެ.

ޔޫތު ޗެމްޕިއަންޝިޕް: ގްރީން ސްޓްރީޓްސް ބަލިކޮށް ދަ ގްރާންޑޭ އިން ފުރަތަމަ މޮޅު ހޯދައިފި
ޔޫތު ޗެމްޕިއަންޝިޕް: ގްރީން ސްޓްރީޓްސް ބަލިކޮށް ދަ ގްރާންޑޭ އިން ފުރަތަމަ މޮޅު ހޯދައިފި

އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި މުބާރާތުގައި ވާދަކުރަން ފެށި ގްރާންޑޭ ވަނީ އެ އަހަރުގެ 21 އަހަރުން ދަށުގެ މުބާރާތުގެ ސެމީ ފައިނަލުގައި ވާދަކޮށްފަ އެވެ. އެފަހަރު ސެމީ ފައިނަލުގައި ބަލިވީ ޗެމްޕިއަން އީގަލްސް އަތުންނެވެ. މިއަހަރުގެ ފުރަތަމަ މެޗުގައި ބޮޑު ތަފާތަކުން އީގަލްސް އަތުން ބަލިވި ނަމަވެސް މިއަދު ކުޅުނު އެ ޓީމުގެ ދެވަނަ މެޗުގައި ގްރީން ސްޓްރީޓްސް ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

ގްރާންޑޭ އިން ދެ ލަނޑު ވެސް ޖަހައިފައި ވަނީ ފުރަތަމަ ހާފުގަ އެވެ. މެޗުގެ 37 ވަނަ މިނިޓުގައި ފުރަތަމަ ލަނޑު ޖަހައިދިނީ ޝިމާން އަބްދުލް ޝަކޫރެވެ. ގްރާންޑޭގެ ހާފުގެ ތެރެއިން އެޓީމުގެ އިބްރާހިމް ނަޒީހު ބޯޅަ ހޯދައިގެން ކުރިޔަށް އަރައި ގްރީންގެ ދެ ކުޅުންތެރިން ކައިރިން ނައްޓާފައި ޝިމާން އަށް ދިނުމުން އޭނާ ވަނީ އެއްފަހަރުން ގޯލުގެތެރެއަށް ފޮނުވާލައިފަ އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ނަޒާހް އަބްދުއް ރަހީމްގެ އެހީތެރިކަމާ އެކު ގޯލު ޖެހީ މުހައްމަދު ރިމްހާން ގާސިމެވެ.

ގްރާންޑޭއިން ލީޑު ނެގުމުގެ ކުރިން އެޓީމަށް ވަނީ ޕެނަލްޓީއެއް ވެސް ލިބިފަ އެވެ. ނަމަވެސް ކެޕްޓަން މުހައްމަދު ލަޔާން އަހުމަދު ފޮނުވާލި ބޯޅަ ދިޔައީ ތިރިތިރިން ގޯލް ދަނޑި ކައިރިން ބޭރަށެވެ. ޕެނަލްޓީ ނާކާމިޔާބު ވިޔަސް ލަޔާން މި މެޗުގައި ދެއްކި މޮޅު ކުޅުމާ އެކު އޭނާ ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ.

މެޗުގެ 69 ވަނަ މިނިޓުގައި ގްރީން ސްޓްރީޓްސްގެ ހަމައެކަނި ލަނޑު ޖަހައިދިނީ މުހައްމަދު އައިހަމް އެވެ.

މި ދެޓީމު ހިމެނޭ ގުރޫޕް އޭގެ އެއްވަނައިގައި އޮތީ ކުޅުނު ދެ މެޗު ވެސް ކާމިޔާބުކުރި ކްލަބް އީގަލްސް އެވެ. މުބާރާތުގައި މިރޭ ކުޅޭ މެޗުގައި އީގަލްސް ވާދަކުރާނީ އެއް މެޗު ކާމިޔާބުކޮށްގެން ދެވަނައިގައި އޮތް މާޒިޔާ ސްޕޯޓްސްއާ އެވެ.

ގްރާންޑޭ އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ވެސް އެއް މެޗުން މޮޅުވެފައިވާއިރު ގްރީން ވަނީ ކުޅުނު ދެ މެޗުން ވެސް ބަލިވެފަ އެވެ. ފުރަތަމަ މެޗުން ގްރީން ބަލިވީ މާޒިޔާ އަތުންނެވެ.