އުރްފީ، ފިރިހެނަކާ އެކު ރޯން އިންދާ ފެނިއްޖެ
އުރްފީ، ފިރިހެނަކާ އެކު ރޯން އިންދާ ފެނިއްޖެ

އިންޑިއާގެ ޓީވީ އެކްޓްރެސް، އުރްފީ ޖާވިދަށް މި ފަހުން މަގުބޫލުކަން ބޮޑުވީ ކަލާސް ޓީވީން ދައްކާ މަޝްހޫރު ޝޯ، "ބިގްބޮސް" ގެ އޯޓީޓީންނެވެ. އޭގެ ފަހުން އޭނާ އުޅޭ ނޫޅޭ ގޮތަށް ޕަޕަރާޒީން ފާރަލުން އިތުރުވި އިރު މިފަހުން އާންމުވި ވީޑިއޯއަކަށް ވެސް މިވަނީ ސަމާލުކަން ލިބިފަ އެވެ.

ސެލެބްރިޓީންގެ ފޮޓޯ ނަގާ މީހެއް ކަމަށްވާ ވައިރަލް ބަޔާނީ މިދިޔަ ހޮނިހިރު ދުވަހު އާންމުކުރި ވީޑިއޯއެއްގައި ފެންނަނީ ކެފޭއެއް ތެރޭގައި ފިރިހެނަކާ އެކު އިން އުރްފީ ރޯ މަންޒަރެވެ. އޭނާ ރޮމުންދިޔައީ ފޯނުން އެ ފިރިހެން މީހާ އަށް އެއްޗެހިތަކެއް ދައްކަމުންނެވެ. އެ ފިރިހެން މީހާ މޫނުގައި އަތް އަޅައިގެން އިން އިރު އުރްފީ ދިޔައީ ގިސްލަގިސްލާފައި ރޮމުންނެވެ.

އޭނާ ރުއީ ކީއްވެ ކަމެއް ނޭނގެ އެވެ. އަދި އެ ފިރިހެން މީހާ އަކީ އޭނާގެ ލޯބިވެރިޔާތޯ ވެސް ގިނަ ބަޔަކު ސުވާލު އުފެއްދި އެވެ. އެ ވީޑިއޯ އަށް ބަލާއިރު ހީވަނީ ދެމީހުންގެ މެދުގައި މައްސަލައެއް ޖެހިގެން އުޅޭހެންނެވެ.

އެކަމަކު ވީޑިއޯ އަށް ކޮމެންޓްކުރި މީހުން ބުނެފައި ވަނީ އުރްފީއަކީ "ޑްރާމާ ކުއީން" އެއް ކަމަށެވެ. އޭނާ އުޅެނީ މީހުންގެ ސަމާލުކަން ހޯދަން ކަމަށް ބުނެ އެތައް ބަޔަކު ފާޑުކިޔެވެ.

އުރްފީ އުޅޭގޮތުން އޭނާ އަށް އެތައް ބަޔަކު ފާޑުކިޔަސް، އޭނާ އެކަމަށް މާބޮޑު ސަމާލުކަމެއް ނުދެ އެވެ.

ސްޓާ ޕްލަސް އިން ދެއްކި މަޝްހޫރު ޑްރާމާ "މޭރީ ދުރްގާ" ގައި އާތީގެ ރޯލުން ވެސް ފެނުނު އުރްފީ އަށް މިފަހުން ސަމާލުކަން ލިބެނީ އޭނާ ހެދުން އަޅާ ގޮތުންނެވެ.