ދުވަސްވީ މީހަކު ހިރިމަރަދޫ ގޮނޑުދޮށުގައި މަރުވެފައި އޮއްވައި ފެނިއްޖެ
ދުވަސްވީ މީހަކު ހިރިމަރަދޫ ގޮނޑުދޮށުގައި މަރުވެފައި އޮއްވައި ފެނިއްޖެ

އުމުރުން ދުވަސްވީ އަންހެނަކު ހދ. ހިރިމަރަދޫ ގޮނޑުދޮށުގައި މަރުވެފައި އޮއްވައި އިއްޔެ ފެނިއްޖެ އެވެ.

ރާޅު ޖަހާ ހިސާބުގައި މަރުވެފައި އޮއްވައި މެންދުރު 1:30 ހާއިރު ފެނުނީ އުމުރުން 71 އަހަރުގެ ދިވެހި އަންހެނެކެވެ.

ފުލުހުން ބުނީ އޭނާ ހަށިގަނޑުން އެއްވެސް ޒަހަމެއް ފެންނަން ނެތް ކަމަށެވެ. ތަހުގީގު ކުރަންޖެހޭ ކަމެއް އޮތްތޯ ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ހިރިމަރަދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު އަރުޒާން "މިހާރު" އަށް ވިދާޅުވީ އެ މީހާ މަރުވެފައި އޮތީ މޫދުގައި ކަމަށާއި އެއީ އެ މީހާ އާންމުކޮށް މޫދަށް އެރި އުޅޭ ހިސާބެއް ކަމަށް ރަށުގެ ބައެއް މީހުން ބުނާ ކަމަށެވެ.

"އެއީ މި ރަށު މީހެއް. އާއިލާގެ ބައެއް މެންބަރުން ވެސް އުޅޭ ރަށުގައި. ސީދާ މަރުވީ ކިހިނެއް ކަމެއް ނޭނގޭ. މޫދުގައި މަރުވެފައި އޮއްވާ ފެނުނީ،" އޭނާ ވިދާޅުވި އެވެ.