ތިން އަހަރުގެ އާދޭސް އަޑު ނޭހި، ގޮޅިތައް ބަންދުކުރުން ނޫން ގޮތެއް ނެތް!
ތިން އަހަރުގެ އާދޭސް އަޑު ނޭހި، ގޮޅިތައް ބަންދުކުރުން ނޫން ގޮތެއް ނެތް!

ހުޅުމާލޭގެ ރަށު މާރުކޭޓަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމަށް އެ މާރުކޭޓުގައި ގޮޅިތައް ހިންގާ ވިޔަފާރިވެރިން މަސައްކަތް ކުރާތާ ތިން އަހަރު ވަނީ އެވެ. އަދިވެސް އިވެނީ ހަމަ އެއް ޝަކުވާތަކެކެވެ. އެ މާރުކޭޓުގެ މައްސަލަތަކަށް ހައްލު ނުލިބުމުގެ ސަބަބުން ގިނަ އަދަދެއްގެ ގޮޅިތައް މިހާރު ވަނީ ބަންދު ވެސް ކޮށްފަ އެވެ. ދެން އޮތީ މުޅި މާރުކޭޓުގައި ތަޅު އެޅުވުމެވެ.

ތިން އަހަރުގެ އާދޭސް އަޑު ނޭހި، ގޮޅިތައް ބަންދުކުރުން ނޫން ގޮތެއް ނެތް!
ތިން އަހަރުގެ އާދޭސް އަޑު ނޭހި، ގޮޅިތައް ބަންދުކުރުން ނޫން ގޮތެއް ނެތް!

މި މާރުކޭޓޫގައި ގޮޅިތައް ހިންގާ މީހުންގެ އެންމެ ބޮޑު ޝަކުވާއަކީ ކުލި ބޮޑުވެފައި، ވިޔަފާރި ދަށްވުމެވެ. ރަށު މާރުކޭޓަކީ ހުޅުމާލޭގައި އާއްމުން ދިރިއުޅޭ ސަރަހައްދާ ދުރުގައި ހުންނަ ތަނަކަށް ވުމުން އެ ތަނަށް ދާ މީހުންގެ އަދަދު ވަރަށް މަދެވެ. މީހުން ދިއުން މަދުވާން ފެށި މައިގަނޑު ސަބަބަކީ ރަށު ތެރޭގައި ހުންނަ ފިހާރަތަކުން ހުރިހާ ސާމާނެއް ލިބެން ހުންނާތީ ކަމަށް މާރުކޭޓުގައި ގޮޅި ހިންގާ މީހުން ބުނެ އެވެ.

ތިން އަހަރުގެ އާދޭސް އަޑު ނޭހި، ގޮޅިތައް ބަންދުކުރުން ނޫން ގޮތެއް ނެތް!
ތިން އަހަރުގެ އާދޭސް އަޑު ނޭހި، ގޮޅިތައް ބަންދުކުރުން ނޫން ގޮތެއް ނެތް!

ރަށު މާރުކޭޓޫގައި ގޮޅިއެއް ހިންގާ މީހަކު "މިހާރު" އަށް ބުނީ ރަށުތެރޭގައި މާރުކޭޓުތަކާއި ފިހާރަތަކުގައި ތަރުކާރީ އާއި މޭވާގެ ބާވަތްތައް ވިއްކާތީ ވިޔަފާރި ދަށްވާ ކަމުގެ ޝަކުވާ އެތައް ފަހަރަކު އެޗްޑީސީ އަށް ހުށަހަޅާފައިވާނެ ކަމަށެވެ. އެކަމަކު، މިހާތަނަށް ދެމުން އަންނަނީ އެއް ޖަވާބެއް ކަމަށާއި އެކަން ހައްލު ކުރުމަށް އެއްވެސް ފިޔަވަޅުތަކެއް އަޅާފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

ތިން އަހަރުގެ އާދޭސް އަޑު ނޭހި، ގޮޅިތައް ބަންދުކުރުން ނޫން ގޮތެއް ނެތް!
ތިން އަހަރުގެ އާދޭސް އަޑު ނޭހި، ގޮޅިތައް ބަންދުކުރުން ނޫން ގޮތެއް ނެތް!

އެ މީހާ ބުނިގޮތުގައި ފިހާރަތަކުގެ ބޭރުގައި ބިދޭސީން ތަރުކާރީ އާއި މޭވާ ވިއްކަނީ ގަވާއިދާ ހިލާފަށެވެ. ބިދޭސީން އެ ތަންތަން ކުޑަ އަގުގައި ދިވެހިން އަތުން ކުއްޔަށް ނަގައިގެން ވިޔަފާރި ކުރަނީ ކަމަށް ވެސް އޭނާ ބުންޏެވެ.

ތިން އަހަރުގެ އާދޭސް އަޑު ނޭހި، ގޮޅިތައް ބަންދުކުރުން ނޫން ގޮތެއް ނެތް!
ތިން އަހަރުގެ އާދޭސް އަޑު ނޭހި، ގޮޅިތައް ބަންދުކުރުން ނޫން ގޮތެއް ނެތް!

"އެ ހުންނަނީ ފިހާރައިގެ ބޭރު ޕޭވްމަންޓުގައި ރެކުތައް ބަހައްޓާފައި، މި ތަނުން ލިބެން ހުންނަ ހުރިހާ އެއްޗެއް ވިއްކަން. ގެއާ ކައިރީ ފިހާރަތަކުން އެ ލިބެންޏާ ކީއްކުރަން މީހުން މިހާ ދުރަށް އަންނާނީ. ބިދޭސީން މި ކަންކަމުގައި ކުރީގައި އުޅެނީ. ގަވާއިދާ ހިލާފަށް އެ ތަންތަން ހިންގާއިރު އެއްވެސް ބަޔަކު އަޅާ ނުލާ،" އޭނާ ބުންޏެވެ.

"އަޅުގަނޑުމެން މި ވާހަކަ ދައްކާތާ މިތަނަށް ވީހާ ދުވަސް މި ވަނީ. އެންމެން ވެސް ބުނަނީ ބަލާނަމޭ. އެ ދުވަހެއް ނާދޭ. މި ތަނުގެ ގިނަ ތަންތަން މިހިރީ މިހާރު ވެސް ވިޔަފާރި ނުވެގެން ބަންދު ކޮށްފައި. އަޅުގަނޑުގެ ދަރިފުުޅު ވެސް މިހާރު ބުނެފި ކީއްކުރަންހޭ ގެއްލުމުގައި ތިކަން ކުރަނީ. އެކަމަކު އާމްދަނީއެއް ހޯދަން މިކަން ވެސް ކުރަން އެބަޖެހޭ."

މުޅި މާރުކޭޓުގައި 62 ގޮޅި ހުންނައިރު މިވަގުތު ހުޅުވާފައި ހުރީ ވިއްސަށް ވުރެ މަދު ގޮޅި އެކެވެ. ގިނަަ ގޮޅިތައް ބަންދު ކުރީ ބަނގުރޫޓުވެ، ކުލި ނުދެއްކިގެން ކަމަށް އެ ތަނުގައި ވިޔަފާރި ކުރާ މީހުން ބުނާއިރު ބައެއް ގޮޅިތައް އަދި ކުއްޔަށް ނުދެ އެވެ.

ރަށު މާރުކޭޓުގައި ގޮޅިތައް ހިންގާ އެންމެން ވެސް ގަބޫލުކުރާ ގޮތުގައި ބިދޭސީން ރަށުތެރޭގައި ތަންތަން ހުޅުވައިގެން ވިޔަފާރި ކުރަނީ ބަދަލު ހިފުމުގެ ބޭނުމުގަ އެވެ. އެއީ މާރުކޭޓު ހުޅުވައިގެން އެ ތަނުގައި ބިދޭސީން މަސައްކަތް ކުރަން ފެށުމުން އެކަމާ ދެކޮޅު ހަދައި އެ މީހުން ބޭރު ކުރުމުން ކަމަށް ގޮޅިތަކުގެ ވެރިން ބުނެ އެވެ.

"މިހާރު"އާ ވާހަކަ ދެއްކި މީހަކު ބުނީ މުޅި މާލޭގައި ތަރުކާރީ އާއި މޭވާ ކޮންޓްރޯލް ކުރަނީ ބިދޭސީން ކަމަށެވެ. އެ މީހުންގެ ރައްޓެހިން މެދުވެރިކޮށް ރަށްތަކުން އެ ތަކެތި ގެނެސް މާރުކޭޓޫގެ ގޮޅިތަކަށް އަގުބޮޑުކޮށް ވިއްކާ ކަމަށާއި އޭގެ ސަބަބުން ގޮޅިތަކުގައި ވިއްކާ ތަކެތީގެ އަގު ބިދޭސީން ހިންގާ ތަންތަނުގެ އަގަށްވުރެ ބޮޑު ކުރަން މަޖުބޫރުވާ ކަމަށް އޭނާ ބުންޏެވެ.

"އެ މީހުން [ބިދޭސީން] މި ހަދާ ގޮތަކީ މި މާރުކޭޓުގެ މީހެއް ކަން އެނގިއްޖެއްޔާ އަގުު ބޮޑުކޮށް ވިއްކާނީ. އެ މީހުން އަތުން އެއްޗެހި ގަންނަ މި ޖެހެނީ. އެ މީހުންގެ ބޮޑު ނެޓްވޯކެއް އޮވޭ. އެ މީހުންގެ ކަންކަން ބޮއްސުންލާން ފެށުމުން، އަޅުގަނޑުމެން އެންމެން ބޭރުކޮށްލީމަ އޭގެ ބަދަލު މިހާރު އެ ހިފަނީ،" މާރުކޭޓުގައި ގޮޅިއެއް ހިންގާ މީހަކު ބުންޏެވެ.

މާރުކޭޓުގައި ވިޔަފާރި ހިންގާ ގިނަ މީހުން މިހާރު ވެސް ވިޔަފާރި ކުރަނީ ގެއްލުމުގަ އެވެ. އެހެންވެ، ދެން އޮތް ހަމައެކަނި ހައްލަކީ ގޮޅިތައް ބަންދުކުރުން ކަމަށް އެ މީހުން ގަބޫލު ކުރެ އެވެ.

ގޮޅިތައް ހިންގާ މީހުން ބުނާ ގޮތުގައި، ސަރުކާރުން ވެސް، އަދި އެޗްޑީސީން ވެސް އެ މީހުންގެ އާދޭސް އަޑެއް ނޭހި އެވެ. ބޮޑު ކުލި ދައްކާއިރު، ވިޔަފާރި ކުރެވޭނެ ފަސޭހަ އިންތިޒާމުތައް ހަމަޖައްސަން ޖެހޭ ކަމަށާއި އެކަން ކުރުމުގައި އެޗްޑީސީން ނުކުޅެދިއްޖެ ކަމަށް އެތަނުގެ ގޮޅިތަކުގެ ވެރިން ބުނެ އެވެ.

"ތިން އަހަރު މި ވަނީ މިކަންކަން ހައްލުކޮށްދޭން އަޅުގަނޑުމެން ކިޔާތާ. އެޗްޑީސީން ބުނިއްޔާ ބުނިގޮތަކަށް ހަދައިގެން އަޅުގަނޑުމެން މި ތިބެނީ. އަޅުގަނޑުމެންނަށް ނޯވޭ މިތާ ތަރުކާރީ، މޭވާ، މަސް ނޫން އެއްޗެއް ވިއްކޭކަށް" އެކަކު ބުންޏެވެ.

"ގިނައިން މި ޖެހެނީ ހަލާކުވެގެން އުކާލަން. ފައިދާއެއް ވަނީއެއް ނޫން. ދެންވީ އެންމެން މި ތަންތަން ބަންދު ކޮށްލާފައި ދާން،"

ރަށު މާރުކޭޓުގެ ގިނަ ގޮޅިތައް ބަނގުރޫތުވެ ބަންދުކުރަން ޖެހިފައިވާއިރު ގޮޅިތައް އަލުން ނަގަން ޝައުގުވެރިވާ މީހުންގެ އަދަދު ވެސް މަދެވެ. ގިނަ މީހުން މިހާރު ޝައުގުވެރިވަނީ އެ ތަނުގައި ކޮފީ ޖަގަހަތަކާއި އަންނައުނު އަދި ތައްޔާރީ ކާނާ ލިބޭ ތަންތަން ހުޅުވާށެވެ. މިހާރު ވެސް ބައެއް ގޮޅިތައް ހާއްސަ ކޮށްފައި ވަނީ ކޮފީ ޖަގަހަތަކަށެވެ. ހަގީގީ މާރުކޭޓެއްގެ ބޭނުމެއް މިހާރު ވެސް ނުހިފޭތީ އެ މީހުންނަށް އެ ނޫން ގޮތެއް ނެތީ އެވެ.

"މިތަނަށް މި އަންނަނީ މިތިބަ ބޯޓުތަކުން އަންނަ މީހުން. އެ މީހުން ބޭނުންވާނީ މިހެން ތިބޭއިރު ކާލާނެ އެއްޗިއްސާއި ކޮފީ އާއި ބޯޓަށް ބޭނުންވާ ސާމާނު. އެ އެއްޗެހި އަޅުގަނޑުމެން ވިއްކުން މަނާ. މީހުން ނުވެގެން އެންމެ ފަހުން ކެފޭއެއް ގޮތަށް ތި އިނީ އެއްތަނަށް ހުއްދަ ދީފައި،" ހުޅުމާލޭގެ ރަށު މާރުކޭޓަށް މިއަދު ދިޔަ "މިހާރު" ގެ ނޫސްވެރިންނާ ވާހަކަ ދައްކަމުން އެހެން މީހަކު ބުންޏެވެ.

"ހެދުން ވިއްކާ ތަނެއް ވެސް މިހާރު ހުޅުވައިފި. ތަރުކާރީ އާއި މޭވާ ވިއްކަން ދެން މި ތަނަށް މީހުން ނާންނާނެ."

އެ މާރުކޭޓުގައި މިހާރު ގޮޅިތައް ހިންގާ މީހުން އެދެނީ އެތަން ރަށުތެރޭގެ ތަނަކަށް ބަދަލުކޮށްދިނުމަށެވެ. އަދި އެކަން ކޮށްދިނުމަށް އެޗްޑީސީގައި މިހާރު އެދިފައިވާ ކަމަށް ވެސް ގޮޅިތައް ހިންގާ މީހުން ބުނެ އެވެ. އެކަމަކު، އެ މީހުންގެ އަބަދުގެ ޝަކުވާއަކީ އަމަލީ ގޮތުން އެއްވެސް ކަމެއް ނުފެންނާތީ އެވެ.