ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލްގެ އިންތިހާބު އަންނަ މަހު
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލްގެ އިންތިހާބު އަންނަ މަހު

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލްގެ ތިން ވަނަ ދައުރަށް މެމްބަރުން ހޮވުމަށް ބާއްވާ އިންތިހާބު އަންނަ މަހަށް ތަވާލުކޮށް، އެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފި އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލްގެ އިންތިހާބު އަންނަ މަހު
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލްގެ އިންތިހާބު އަންނަ މަހު

އެ ކައުންސިލްގެ އާ ދައުރަކަށް މެމްބަރުން އިންތިހާބުކުރަން އިއުލާންކުރި އިރު، ޖެންޑާ މިނިސްޓްރީން މިދިޔަ ހަފުތާގައި ވަނީ ކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލަށް މެންބަރުން އިންތިހާބު ކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދެއް އެކުލަވާލައި، އެއަށް އަމަލުކުރަން ފަށައިފަ އެވެ.

ކޮންމެ ފަސް އަހަރަކުން ބާއްވަމުން އަންނަ މި އިންތިހާބު ހާއްސަ ގަވާއިދެއްގެ ދަށުން ބާއްވާ މިއީ ފުރަތަމަ ފަހަރެވެ. މި އިންތިހާބު އޮންނާނީ އަންނަ މަހު 22 ގަ އެވެ.

ރައީސް އާއި ޖެންޑާ މިނިސްޓްރީން ކަނޑައާޅާ މެމްބަރަކާ އެކު މި ކައުންސިލްގައި ޖުމްލަ ހަތް މެމްބަރުން ތިބޭނެ އެވެ. މީގެ ތެރެއިން އިންތިހާބުކޮށްގެން ހޮވަނީ ހަތަރު ދާއިރާއަކުން، ނުކުޅެދުންތެރިކަން މީހުން ތަމްސީލުކުރާނެ މެމްބަރުންނެވެ. އެއީ؛

- ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އެ މީހުން އިންތިހާބު ކުރާ މެންބަރެއް.

- ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރީންގެ ތެރެއިން ނުވަތަ ބަލަދުވެރީންގެ ތެރެއިން އެ މީހުން އިންތިހާބު ކުރާ މެންބަރެއް.

- ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ޖަމިއްޔާތަކުން ނުވަތަ އެފަދަ މީހުންނަށް ހިދުމަތް ދޭ ޖަމިއްޔާތަކުން އިންތިހާބު ކުރާ މެންބަރެއް.

- ނަފްސާނީ ބަލިތަކާ ބެހޭ ސިއްހީ ހިދުމަތްތެރީންގެ ތެރެއިން އެ މީހުން އިންތިހާބު ކުރާ މެންބަރެއް.

ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ޑޮކްޓަރުންގެ ތެރެއިން އެކަކު ވެސް މި ކައުންސިލަށް ނަގާއިރު، އެ މެމްބަރު މިހާރު ވެސް ހުރީ އައްޔަންކޮށްފަ އެވެ.

މި ފަސް ދާއިރާއިން ކުރިމަތިލާން ބޭނުންވާ ކެނޑިޑޭޓުންނަށް އެ ފުރުސަތު ހުޅުވާލައި، ޝަރުތުތައް ވެސް ވަނީ އިއުލާނުގައި ހިމަނައިފަ އެވެ. އަދި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވޯޓުގެ ކަންކަން ކުރިއަށް ގެންދިއުމަށް، ވޯޓުލާ މީހުންގެ ދަފުތަރެއް ޖެންޑާ މިނިސްޓްރީން އެކުލަވާލަން ޖެހޭނެ އެވެ.

މި ކައުންސިލްގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހު 30 ގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.

ނުކުޅެދެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރަން ޖެހޭ މި ކައުންސިލްގެ މަސައްކަތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ، ޖެންޑާ މިނިސްޓްރީއާ ގުޅިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ނުކުޅެދޭ މީހުންނަށް ހިތްވަރުދިނުމުގެ ގޮތުން ދޭ "ރިހިވެލި" އެވޯޑެވެ.