ސިނަމާލެ ބްރިޖު ކައިރީގައި ކޮވިޑަށް ޓެސްޓްކުރާ މަރުކަޒެއް ހުޅުވައިފި
ސިނަމާލެ ބްރިޖު ކައިރީގައި ކޮވިޑަށް ޓެސްޓްކުރާ މަރުކަޒެއް ހުޅުވައިފި

ސިނަމާލެ ބްރިޖު ކައިރިން ދަރުބާރުގެއާ އިންވެގެން ހަދާފައިވާ ޕާކިން ޒޯނުގައި ކޮވިޑް-19 އަށް ޓެސްޓުކުރާ މަރުކަޒެއް މިއަދު ހުޅުވައިފި އެވެ.

ސިނަމާލެ ބްރިޖު ކައިރީގައި ކޮވިޑަށް ޓެސްޓްކުރާ މަރުކަޒެއް ހުޅުވައިފި
ސިނަމާލެ ބްރިޖު ކައިރީގައި ކޮވިޑަށް ޓެސްޓްކުރާ މަރުކަޒެއް ހުޅުވައިފި

މި ސާމްޕަލް ކަލެކްޝަން ސެންޓަރު ހެދީ މާލެ އިން ބްރިޖަށް އަރަން ދާއިރު، ކުރިން އޮންނަ ޕާކިން ޒޯނުގައި ހުރި ކާރުތައް އެތަނުން ނެގުމަށް ފަހު އެވެ.

އެޗްޕީއޭ އިން ބުނީ މިއަދުގެ ހެނދުނު ނުވައެއް ޖެހިއިރުން ފެށިގެން އެ މަރުކަޒުން ކޮވިޑަށް ޓެސްޓް ކޮށްދޭއިރު، ހޮނިހިރުން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ވެސް މެންދުރު 12 އަށް އަދި މެންދުރުފަހު 3 އިން ހަވީރު 6 އާ ހަމައަށް ހިދުމަތް ދޭނެ ކަމަށެވެ. އަދި ހުކުރު ދުވަސްތަކުގައި މި މަރުކަޒު ހުޅުވާފައި ހުންނާނީ މެންދުރުފަހު 3 އިން ހަވީރު 6 އަށް އެކަންޏެވެ. އެހެން ދުވަސްތަކުގައި އެ ތަނުން ހިދުމަތް ފަށާނީ ހެނދުނު 9 ޖަހާއިރު އެވެ.

ބްރިޖު ކައިރީގެ މަރުކަޒުގެ އިތުރުން މާލެ އިން ކޮވިޑްގެ ސާމްޕަލް ނަގަނީ ސޯޝަލް ސެންޓަރާއި ހެންވޭރު ދަނޑުންނެވެ. އަދި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އެޗް8 ޓަވަރާއި ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ރުއްގަނޑު އެކެއްގެ ކައިރީގައި ވެސް ސާމްޕަލް ކަލެކްޝަން ސެންޓަރެއް ގާއިމު ކޮށްފައިވެ އެވެ.

- ހެންވޭރު ދަނޑު - މެންދުރުފަހު 3:30 އިން ހަވީރު 6:30 އަށް

- ސޯޝަލް ސެންޓަރު - ހެނދުނު 9 އިން މެންދުރު 12 އަށް އަދި މެންދުރުފަހު 3 އިން ހަވީރު 6 އަށް (ހުކުރު ދުވަހު ހަމައެކަނި މެންދުރުފަހު 3 އިން ހަވީރު 6 އަށް)

- ހުޅުމާލޭ ފޭސް ދޭއް (އެޗް8 ޓަވަރު ކައިރި) - މެންދުރުފަހު 3:30 އިން އިރުއޮއްސި 6:30 އަށް

- ހުޅުމާލޭގެ ފޭސް އެކެއްގެ ރުއުްގަނޑު އެކެއް- ހެނދުނު 9:30 އިން މެންދުރު 12:30 އަށް، މެންދުރުފަހު 3:30 އިން އިރުއޮއްސި 6:30 އަށް (ހުކުރު ދުވަހު މެންދުރުފަހު 3:45 އިން އިރުއޮއްސި 6:45 އަށް)

- ވިލިމާލޭ ފްލޫ ކްލިނިކް - ކޮންމެ ދުވަހެއްގެ ހަވީރު 4 އިން އިރުއޮއްސި 6:30 އަށް

- ސެނަހިޔާ ފްލޫ ކްލިނިކް - ހެނދުނު 10 އިން ރޭގަނޑު 10 އަށް (ހުކުރު ދުވަހު ހަވީރު 4 އިން ރޭގަނޑު 10 އަށް)

- ވިލިމާލޭ ފްލޫ ކްލިނިކް - ހެނދުނު 9:30 އިން މެންދުރު 1 އަށް

- ހުޅުމާލޭ ހޮސްޕިޓަލް - ހެނދުނު 8 އިން ރޭގަނޑު 9 އަށް

ކޮވިޑް ޖެހިފައިވޭތޯ ބެލުމަށް ހަދާ، އެންމެ އަވަހަށް ނަތީޖާ ލިބޭ ރެޕިޑް އެންޓިޖެން ޓެސްޓް ވެސް އެޗްޕީއޭގެ ކޮވިޑަށް ޓެސްޓުކުރާ ސެންޓަރުތަކުގައި މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ވަނީ ހަދައިދޭން ފަށައިފަ އެވެ. އެކަމަކު އެ ޓެސްޓް ހަދާނީ ބަލީގެ އަލާމާތް ހުންނަ މީހުންގެ އެކަންޏެވެ.

މި ބައްޔަށް ޓެސްޓުކުރާ ސެންޓަރުތައް އިތުރުކުރަމުން އަންނަނީ، ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު މި ދުވަސްވަރު ވަރަށް ބޮޑަށް އިތުރުވެ، އެ ތަންތަނަށް ބާރުބޮޑުވަމުން ދާތީ އެވެ. މިދިޔަ އަންގާރަ ދުވަހުގެ ހަވީރު 6 އިން އިއްޔެގެ ހަވީރު 6 ޖެހުމާ ހަމައަށް ވެސް 2،609 މީހަކު ކޮވިޑަށް ޕޮޒިޓިވްވި އެވެ.