18 ޑިސެމްބަރ 2016 - 11:07
މި އަހަރު ނިމުމަކަށް އަންނައިރު އެކި ޒާތުގެ ހެދުމާއި އެކްސެސަރީޒްގެ ޓްރެންޑްތައް ފެނިފައިވެ އެވެ. އަދި ހާއްސަކޮށް، އަންހެނުންގެ ފެޝަނަކީ ވަރަށް އަވަހަށް ބަދަލުވާ ވައްތަރެކެވެ.
މިހާރު ސްޓައިލްގެ މި އެޕިސޯޑުގައި، މި އަހަރު މަގުބޫލުވި ޓްރެންޑުތަކުގެ ތެރެއިން އާއްމުންނަށް ކަމުދިޔައީ ކޮން ޓްރެންޑްތަކެއްތޯ ދެ ޖިންސުގެ ޒުވާނުން ގާތު އަހާލީމެވެ.
ޗޯކާޒް އަކީ 90ގެ އަހަރުތަކުގައި ފުރަތަމަ މަގުބޫލުވި ޓްރެންޑެކެވެ. ކަރުގައި ބާރުކޮށް އަޅުވައިފައިވާ މި ފަށަކީ ގިނަ އަންހެން ކުދިންނަށް ކަމުދިޔަ ފަށުގެ ސްޓައިލެކެވެ. ބުރުގާގެ ސްޓައިލްތަކުގެ ތެރެއިން ވަރަށް ގޮތް ބޮޑު ވައްޓަފާޅިއަށް އޮޅާފައި ހުންނަ ބުރުގާގެ އިތުރުން ވަރަށް ސާދާ އާދައިގެ ގޮތަކަށް ހުންނަ ބުރުގާ ވެސް ފާހަގަވެ އެވެ. މީގެ ތެރެއިން ސާދާ ސްޓައިލުގެ ބުރުގާ ފަހަކަށް އައިސް އަންހެންކުދިން ގިނައިން އަޅާކަން ފާހަގަވެ އެވެ. އުސް ކައްޓެއް ލައިފައިވާ ބޫޓަކީ އަބަދުވެސް ގިނަ އަންހެންކުދިންނަށް ކަމުދާ ބޫޓުގެ ސްޓައިލެކެވެ. ނަމަވެސް މި އަހަރު ޕެރިސް އަދި މިލާންގެ ފެޝަން ޝޯތަކުގައި ގިނައިން ފެނިފައިވަނީ ތިރި ފްލެޓް ބޫޓުގެ ސްޓައިލްތަކެވެ. ވީމާ މީގެ ތެރެއިން ގިނަ ބަޔަކަށް ކަމުދިޔައީ ކޮން ސްޓައިލްތަކެއް ބާވެ އެވެ؟