ލޯ ކައިރި ކަޅުވާ ނަމަ ކުރެވިދާނެ ކަންކަން
ލޯ ކައިރި ކަޅުވާ ނަމަ ކުރެވިދާނެ ކަންކަން

މޫނުުމަތި ރީތިކޮށް، ސާފުކޮށް ބެހެއްޓުމަށް ކޮންމެ މީހަކު ވެސް ފާޑުފާޑުގެ ބްރޭންޑްތަަކުގެ ކްރީމާއި ބިއުޓީ ޕްރޮޑަކްސްޓްތައް ބޭނުންކުރެ އެވެ. އާންމު ދިރިއުޅުމުގައި އުޅެން ޖެހިފައިވާ ބިޒީ ޝެޑިއުލްގައި ގިނަ ފަހަރަށް މީހާގެ ހަށިގަނޑަށް ދޭންވާ ވަރަށް ސަމާލުކަން ނުދެވެ އެވެ.

މިއީ ލޯ ކައިރި ކަޅުވާ މައްސަލަ އަށް ހައްލު ހޯދަންކުރެވިދާނެ ބައެއް ކަންކަމެވެ.

ރަނގަޅަށް ނިދި ނުލިބޭ ނަމަ ލޯސް ފުސްވެ، ލޯކައިރި ކަޅުވެ އެވެ. ރޭގަނޑު، އެންމެ މަދުވެގެން ހަތް ގަޑިއިރު ނިދުމަކީ ވަރަށް މުހިއްމު ކަމެކެވެ.

ޑައިޓު ކުރާއިރު ވިޓަމިން ބީ6 އަދި ބީ12 އަދި ކެލްޝިއަމް އާއި ފޮލިކް އެސިޑްގެ ބާވަތްތައް އޭގައި ހިމެނުމަކީ ވަރަށް މުހިއްމު ކަމެކެވެ. މިސާލަކަށް ބީފް ލިވާ، ކަނޑުމަސް، ސަލްމޮން، މިލްކް ނުވަތަ ބިސް ރަނގަޅު ވާނެ އެވެ.

މަސައްކަތުގައި ކިތަންމެ ބުރަކޮށް އުޅުނަސް އަބަދުވެސް ފެން ބޯން ހަނދާނުގައި ބަހައްޓަންވާނެ އެވެ. ގިނައިން ފެންބޯ ނަމަ ލޯކައިރި ކަޅުވުން ދުރުކޮށްދޭނެ އެވެ.

ބްލެކް/ގްރީން ސައިފަތް ޕެކެޓެއް ނުވަތަ ފިނި އެއްޗަކުން މޫނު މަސާޖުކުރުމުން ލޭ ދައުރުވުމަށް އެހީތެރިވެދެ އެވެ. މިހެން މަސާޖު ކުރުމުގައި ހަމައެކަނި ލޯ ވަށައިގެން މަސާޖުކުރާ ނަމަ އިތުރަށް ވާނީ ގޯހެވެ.

ގެއިން ބޭރަށް ނުކުންނަ އިރު މޫނުގައި ސަންސްކްރީން ލޯޝަން އުނގުޅުމަށް އާދަ ކުރާށެވެ. ބޮޑަށް ރަނގަޅީ ހެނދުނު 10 އާއި ހަވީރު 4 އާ ދެމެދު ބޭރަށް ނުކުންނަ އިރު ކޮންމެ ދެ ގަޑިން ދެ ގަޑިން މޫގައި ލޯޝަން އުނގުޅުމެވެ.

ލޯ ވަށައިގެން މޮއިސްޗާ ކުރުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭނެ ކަމެކެވެ. ލޯމަތީގައި ކިއުކަންބާ ފޮއްޗެއް ބާއްވައިލައިގެން ދުވާލަކު 15 މިނެޓު އޮވެލުމުން ވެސް ލޯކައިރި ކަޅުވުމާއި ލޯ ފުފިފައި ހުރުމަށް ހައްލެއް ލިބޭނެ އެވެ. - ހިންދުސްތާން ޓައިމްސް -