25 ޖެނުއަރީ 2022 - 13:31

ރާއްޖޭގެ ރަށްތަކުގައި ކޮށްފައިވާ ތަޖުރިބާތައް ފެންނަ ފޮޓޯއެއް ހިއްސާކޮށްގެން ބ. މާޅޮހުގެ ދަތުރެއް ހޯދުމުގެ ފުރުސަތު އުރީދޫން ހުޅުވާލައިފި އެވެ.
އެ ކުންފުނިން މި ފުރުސަތު ހުޅުވާލީ އޯކާ މީޑިއާ ގްރޫޕާ އެކު ކުރިއަށްގެންދާ "ވިޒިޓް މޯލްޑިވްސް ނައު" ކެމްޕޭނުގެ ދަށުންނެވެ. މިއީ ރާއްޖޭގެ ރީތިކަން ޕްރޮމޯޓް ކުރުމަށް މިދިޔަ އަހަރު ފެށި ކެމްޕޭނެކެވެ.
އުރީދޫން ބުނީ ތަޖުރިބާތަކުގެ ފޮޓޯތައް ހިއްސާ ކުރާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ މީހަކަށް މާޅޮހުގެ ތުނޑިވިލެޖުގައި ދެ ރޭގެ ދެ މީހެއްގެ ދަތުރެއް ލިބޭނެ އެވެ. މި ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާ ކުރާއިރު ހެޝްޓެގް ގެތޮތުގައި ވިޒިޓް މޯލްޑިވްސް ނައު ބެނުން ކުރަން ޖެހޭނެ އެވެ.
މި ފުރުސަތުގެ ދަށުން ފޮޓޯތައް ހުށަހެޅޭނީ އަންނަ މަހުގެ 14ގެ ނިޔަލަށެވެ.