އަނުޝްކާގެ ދަރިފުޅުގެ ފޮޓޯއެއް ލީކުވުމުން "ވައްތަރު ކިޔަނީ"
އަނުޝްކާގެ ދަރިފުޅުގެ ފޮޓޯއެއް ލީކުވުމުން "ވައްތަރު ކިޔަނީ"

މިދިޔަ އަހަރުގެ ޖެނުއަރީ މަހު އަނުޝްކާ ޝަރްމާ އާއި ވިރާޓް ކޯލީ އަށް ލިބުުނު ދަރިފުޅުގެ ފޮޓޯއެއް އާންމުކުރަން އެ ދެމަފިރިން ބޭނުމެއް ނުވެ އެވެ. ޕަޕަރާޒީންގެ ކިބައިން ވެސް އާދޭހާ އެކު އެދުނީ އެމީހުންގެ ފޮޓޯ ނެގިޔަސް، ކުއްޖާގެ ފޮޓޯ ނުނެގުމަށެވެ. އެކަމަށް އާދޭސްކޮށް، ކުއްޖާ ވިހެއުމަށް ފަހު މީޑިއާތަކަށް ނޯޓެއް ވެސް ފޮނުވި އެވެ.

އަނުޝްކާގެ ދަރިފުޅުގެ ފޮޓޯއެއް ލީކުވުމުން "ވައްތަރު ކިޔަނީ"
އަނުޝްކާގެ ދަރިފުޅުގެ ފޮޓޯއެއް ލީކުވުމުން "ވައްތަރު ކިޔަނީ"

ދެމަފިރިންގެ ނިންމުމަށް އިހުތިރާމުގެ ގޮތުން، އިންޑިއާގެ މީޑިއާތަކުން ވެސް އޭރު ފޮޓޯ އާންމެއް ނުކުރެ އެވެ. ޕަޕަރާޒީންނަށް ކުއްޖާ ފެނުމުން ކިޔުންތެރިންނަށް ސިފަކޮށްދިނީ އެއީ ވިރާޓާއި އަނުޝްކާއާ ވެސް ވައްތަރު ގޮތެއް ހުންނަ ކުއްޖެއްގެ ގޮތުގަ އެވެ. އެމީހުންގެ އަތަށް ފޮޓޯ ލިބުމުން ވެސް އާންމުކުރަން ބޭނުން ނުވީ އެވެ.

އެކަމަކު ދެމަފިރިންގެ ދަރިފުޅު ވަމިކާ، ފޮރުވައިގެން ގެންގުޅެނިކޮށް އަހަރެއްހާ ދުވަސް ފަހުން، ކުއްޖާގެ މޫނު އެންމެނަށް މި ފެނުނީ ވިރާޓް ކޯލީ ކުޅުނު ކްރިކެޓް މެޗެއް ބަލަން ދަރިފުޅު ގޮވައިގެން ގޮސް ހުއްޓާ ކެމެރާ އަނުޝްކާގެ ދެމައިންނަށް އަމާޒުކުރުމުންނެވެ.

ކުއްޖާގެ ފޮޓޯތައް މިހާރު ސޯޝަލް މީޑިއާގައި ވައިރަލްވެފައިވާ އިރު ބައެއް ސަޕޯޓަރުން ވަނީ އެކަމުގެ ނުރުހުން ފާޅުކޮށްފަ އެވެ. އެވަރަށް ވިރާޓާއި އަނުޝްކާ އާދޭސް ކުރުމުން ވެސް ކުއްޖާގެ މޫނު ފެންނަ ގޮތަށް ފޮޓޯތައް ނަގައި އާންމުކުރާތީ ސަޕޯޓަރުން ހިތްހަމަނުުޖެހުނީ އެވެ. އެކަމަކު އަނެއް ބަޔަކު އުފަލުން ފޮޅުނީ ކުއްޖާގެ މޫނު ބަލާލަން ފެނުމުންނެވެ.

ގިނަ ބަޔަކު ބުނަނީ ވަމިކާ ވައްތަރީ ވިރާޓާ ކަމަށެވެ. އަދި ވިރާޓްގެ ކުޑައިރުގެ ފޮޓޯތަކެއް އާންމުކޮށް ވައްތަރު ކަމަށް ދަނީ ބުނަމުންނެވެ.

ފޮޓޯ އާންމުވިކަން އެނގުމާ އެކު އަނުޝްކާ ވަނީ އިންސްޓަގްރާމް ސްޓޯރީގައި ކަން ހިނގާދިޔަ ގޮތް ކިޔައިދީފަ އެވެ. އޭނާ ބުނީ ކެމެރާ އެ ދެމައިންނަށް އަމާޒުކޮށްފައި ހުރިކަން އޭރު ނޭނގޭ ކަމަށާއި ކުއްޖާގެ ފޮޓޯ އާންމުނުކުރަން ގެންގުޅުނު ވިސްނުން ވެސް ބަދަލުނުވާ ކަމަށެވެ. އެހެންވެ، ކުއްޖާގެ ފޮޓޯ ނުނެގުމަށާއި ފޮޓޯ ނުޖެހުމަށް އެދޭ ކަމަށް އޭނާ ބުންޏެވެ.

އަނުޝްކާ އާއި ވިރާޓް ކައިވެނިކުރީ 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. ކައިވެންޏަށް ހަތަރު އަހަރު ފަހުން ދަރިއަކު ލިބުނީ މިދިޔަ އަހަރުގެ ޖުނުއަރީގަ އެވެ.