އެމްޑަބްލިއުއެސްސީ: އާރުއޯ ޕްލާންޓް ފެބްރިކޭޓް ކުރުމުގައި ތަޖުރިބާކާރު ކުންފުންޏަކަށް
އެމްޑަބްލިއުއެސްސީ: އާރުއޯ ޕްލާންޓް ފެބްރިކޭޓް ކުރުމުގައި ތަޖުރިބާކާރު ކުންފުންޏަކަށް

ގިނަ ބަޔަކަށް އެނގިފައި އޮންނަ ގޮތުން ނަމަ އެމްޑަބްލިއުއެސްސީއަކީ މާލޭގަ އާއި ބައެއް އެހެން ރަށްރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކޮށް، އެ ހިދުމަތް ދޭ ކުންފުންޏެކެވެ. ނަމަވެސް 1995 ގައި އެ ކުންފުނި އުފެއްދީއްސުރެ މިހާތަނަށް ވަނީ ގިނަ ކާމިޔާބީތައް ހާސިލްކޮށް، ތަނުގެ މަސައްކަތްތައް ވެސް ފުޅާކޮށްފަ އެވެ. އެމްޑަބްލިއުއެސްސީ ހިންގުމަށް ގެނައި ބަދަލުތަކާއި ކުންފުނީގެ ކުރިމަގު ބައްޓަން ކުރުމުގައި މުވައްޒަފުން ކުރި ބުރަ މަސައްކަތުގެ ނަތީޖާއަކީ މިއަދު އެއީ އިންޖިނިއަރިންގެ ދާއިރާގައި ކުރިއަރާފައިވާ ކުންފުންޏަކަށް ވުމެވެ.

އެމްޑަބްލިއުއެސްސީ: އާރުއޯ ޕްލާންޓް ފެބްރިކޭޓް ކުރުމުގައި ތަޖުރިބާކާރު ކުންފުންޏަކަށް
އެމްޑަބްލިއުއެސްސީ: އާރުއޯ ޕްލާންޓް ފެބްރިކޭޓް ކުރުމުގައި ތަޖުރިބާކާރު ކުންފުންޏަކަށް

ދެ ދާއިރާގައި އެ ކުންފުނި ކުރިއަރާފައިވާކަން ހާމަވަނީ އާރުއޯ ޕްލާންޓުތައް އަމިއްލަ އަށް ޑިޒައިންކޮށް، ފެބްރިކޭޓް ކުރުމުގެ ގާބިލުކަން ހޯދާފައިވާތީ އެވެ. އެއީ ސޮފްޓްވެއާތައް ބޭނުންކޮށްގެން ޕްލާންޓް ޑިޒައިން ކުރުމާއި އެ ޕްލާންޓް ހެދުމާއި މުޅި ސިސްޓަމް އޮޓަމޭޓް ކުރުމެވެ. މި ޕްލާންޓްތައް މީގެ ކުރިން ރާއްޖެ އަށް ގެންނަނީ ބޭރުގެ ގައުމުތަކުން ޑިޒައިންކޮށް، ފެބްރިކޭޓް ކޮށްގެންނެވެ. އާރުއޯ ޕްލާންޓެއް ފެބްރިކޭޓް ކުރުމަކީ ޓެކްނޮލޮޖީގެ ރޮނގުންނާއި އިންޖިނިއަރިންގެ ދާއިރާ އިން ކުރިއަރާފައިވާ ކުންފުނިތަކުން ދޭ ހިދުމަތެކެވެ.

އެމްޑަބްލިއުއެސްސީ: އާރުއޯ ޕްލާންޓް ފެބްރިކޭޓް ކުރުމުގައި ތަޖުރިބާކާރު ކުންފުންޏަކަށް
އެމްޑަބްލިއުއެސްސީ: އާރުއޯ ޕްލާންޓް ފެބްރިކޭޓް ކުރުމުގައި ތަޖުރިބާކާރު ކުންފުންޏަކަށް

އެމްޑަބްލިއުއެސްސީން އެންމެ ފުރަތަމަ އާރުއޯ ޕްލާންޓެއް ފެބްރިކޭޓް ކުރީ 2008 ގަ އެވެ. މިއީ ރާއްޖޭގެ ފެން ކުންފުނި، އިންޖިނިއަރިން ކުންފުންޏަކާ ދިމާލަށް މިސްރާބު ޖެހުމުގެ ފުރަތަމަ ފިޔަވަޅެވެ. އެމްޑަބްލިއުއެސްސީން މި ދާއިރާ ކުރިއަރުވަން ކުރި މަސައްކަތުގެ ނަތީޖާއަކީ މުޅި ޑިޒައިން އަދި ފެބްރިކޭޝަން ޕްރޮސެސްގައި މިއަދު ހަރަކާތްތެރިވާ މުވައްޒަފުންނަކީ ވެސް 100 ޕަސެންޓު ދިވެހިންނަށް ވުމެވެ. އާ އާރުއޯ ޕްލާންޓް ޑިޒައިންކޮށް، ފެބްރިކޭޓް ކުރުމުގެ އިތުރުން އެމްޑަބްލިއުއެސްސީން އާރުއޯ ޕްލާންޓް އަޕްގްރޭޑް ކުރުމުގެ ހިދުމަތް ވެސް ފޯރުކޮށްދެ އެވެ. އެ ކުންފުނިން ވަނީ މިހާތަނަށް 58 އަށް ވުރެ ގިނަ އާރުއޯ ޕްލާންޓް ޑިޒައިންކޮށް، ފެބްރިކޭޓް ކޮށްފަ އެވެ.

އެއްފަހަރާ ދެ އާރުއޯ ޕްލާންޓް ފެބްރިކޭޓް ކުރުމުގެ ގާބިލުކަން އެމްޑަބްލިއުއެސްސީގައި މިހާރު އެބަހުއްޓެވެ. މި ކެޕޭސިޓީ އިތުރު ކުރުމަށް ކެނޑިނޭޅި އަންނަނީ މަސައްކަތް ކުރަމުންނެވެ. އިންޖިނިއަރިންގެ ދާއިރާ އިން ކުރިއަށް ދާން ބޭނުންވާ ދިވެހިންނަށް ތަމްރީނާއި ބޭނުންވާ ތައުލީމު އެ ކުންފުނިން އަންނަނީ ފޯރުކޮށްދެމުންނެވެ. އަދި އިތުރު ތައުލީމާއި ތަމްރީން ބޭނުންވާ މުވައްޒަފުންނަށް ބޭރު ގައުމުތަކުން ވެސް އެ ފުރުސަތު ފަހި ކޮށްދެ އެވެ.

އަމިއްލަ އަށް އާރުއޯ ޕްލާންޓެއް ފެބްރިކޭޓް ކުރުމަކީ އެމްޑަބްލިއުއެސްސީ އަށް ލިބޭ ކުރިއެރުމެއްގެ އިތުރުން ދިވެހި އަމިއްލަ ކުންފުނިތަކަށާއި ރިސޯޓު ތަރައްގީ ކުރާ ކުންފުނިތަކަށް ވެސް ލިބޭ ވަރަށް ބޮޑު ފައިދާ އެކެވެ. އާރުއޯ ޕްލާންޓުގެ މަސައްކަތް އެ ކުންފުންޏާ ހަވާލު ކުރުމުން އެންމެ ފުރަތަމަ އެ ރަށެއް ސާވޭ ކުރުމަށް ފަހު، ކެޕޭސިޓީ އަށް ބަލައި، ޑިޒައިނެއް ކަސްޓަމައިޒް ކޮށްދޭނެ އެވެ. އެ އަށް ފަހު، ޕްލާންޓް އެސެމްބަލްކޮށް އެ ރަށެއްގައި އެ ޕްލާންޓް ބަހައްޓައިދޭނެ އެވެ.

ޕްލާންޓް ފެބްރިކޭޓްކޮށް ނިންމައިލާއިރު، އިލެކްޓްރޯ މެކޭނިކަލްގެ ހުރިހާ މަސައްކަތެއް ހުންނަނީ ބޭރުން ގެނެސް ބަހައްޓާ ޕްލާންތަކާއި އެއްފެންވަރަކަށް ފުރިހަމަކޮށް ނިންމައިފަ އެވެ. މިގޮތަށް ބަހައްޓައިދޭ ޕްލާންޓުތަކަށް އާފްޓަ ސޭލް ސާވިސް ވެސް އެ ކުންފުނީގެ ފަރާތުން ފޯރުކޮށްދިނުމަކީ އެ ޕްލާންޓުގެ ކަންކަން ބަލަހައްޓާ ފަރާތްތަކަށް ލިބޭނެ ވަރަށް ބޮޑު ލުޔެކެވެ. އެއީ އެމްޑަބްލިއުއެސްސީގެ އަމިއްލަ ޕްލާންޓުތަކަކަށް ވާތީ، ސްޕެއާ ޕާޓުތައް ވެސް އެ ކުންފުނިން ލިބެން ހުންނާނެ އެވެ.

އަމިއްލަ އަށް އާރުއޯ ޕްލާންޓެއް ފެބްރިކޭޓު ކުރާއިރު، ގިނަ ބަޔަކު ސުވާލު އުފައްދާނީ އެ ޕްލާންޓުގެ ފެންވަރާ މެދުގަ އެވެ. ނަމަވެސް މި މަސައްކަތުގައި 13 އަހަރުގެ ތަޖުރިބާ ލިބިފައިވާ އެމްޑަބްލިއުއެސްސީން އެންމެ ބޮޑު ޔަގީން ކަމެއް ދެނީ ފެންވަރަށެވެ. އެ ކުންފުނިން އާރުއޯ ޕްލާންޓް ފެބްރިކޭޓް ކުރާއިރު ބޭނުން ކުރާނީ ދުނިޔޭގެ ނަން މަޝްހޫރު ކޮލިޓީ އާލާތްތަކެވެ. މިއީ ދިވެހިންގެ އިތުރުން އިންޖިނިއަރިންގެ ދާއިރާގައި މަސައްކަތް ކުރާ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ބްރޭންޑްތަކެވެ. މީގެ ތެރޭގައި ޒައިލެމް، ޑަންފޯސް، ގްރައުންޑްފޯސް އަދި ސައިމެންސް ފަދަ ބްރޭންޑްތައް ހިމެނެ އެވެ.

ކޮލިޓީގެ އިތުރުން ރާއްޖޭގައި އާރުއޯ ޕްލާންޓެއް ފެބްރިކޭޓް ކުރާ ނަމަ ދާ ހަރަދު ވެސް ކުޑަވާނެ އެވެ. މިއާއެކު ކަސްޓަމަރުންނަށް އެ ޕްލާންޓު ލިބޭ އަގު ވެސް ހެޔޮވާނެ އެވެ.

އެމްޑަބްލިއުއެސްސީން 20 ޓަނުން ފެށިގެން 500 ޓަނާ ހަމައަށް އާރުއޯ ޕްލާންޓް ފެބްރިކޭޓް ކުރެވޭއިރު، އެ ކުންފުނިން ވަނީ މި ހިދުމަތް ރާއްޖޭގެ ރިސޯޓުތަކަށް ވެސް ހުޅުވާލައިފަ އެވެ. ހެޔޮ އަގެއްގައި ފެންވަރު ރަނގަޅު އާރުއޯ ޕްލާންޓެއް ބޭނުންވާ ނަމަ މިހާރު އޮތް އެންމެ ރަނގަޅު ޗޮއިސްއަކީ އެމްޑަބްލިއުއެސްސީކަން ޔަގީނެވެ.

އެ ކުންފުނި މެދުވެރިކޮށް އާރުއޯ ޕްލާންޓް ފެބްރިކޭޓް ކުރުވަން ބޭނުންވާ ފަރާތްތަކަށް އެމްޑަބްލިއުއެސްސީގެ ޝޯރޫމުގެ ހޮޓްލައިން 7960022 އަށް ގުޅައިގެން ނުވަތަ[email protected]އަށް އީމެއިލް ކޮށްގެން ވެސް ހިދުމަތަށް އެދެވޭނެ އެވެ.

އެޑިޓަރުގެ ނޯޓް: މިއީ ޕްރޮމޯޝަނަލް އާޓިކަލެކެވެ.