24 ޖެނުއަރީ 2022 - 12:15

ވޭލް ޝާކް ނުވަތަ ފެހުރިހި ކާ އެއްޗެއް ދިމާކޮށްގެން އުރީދޫގެ މިއަހަރުގެ ކަލަންޑަރު ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މި ފުރުސަތު އުރީދޫން ހުޅުވާލީ ޓްވިޓާ އާއި ފޭސްބުކްގަ އެވެ. އެ ކުންފުނިން ކުރި ޓްވީޓުގައި ވަނީ ތިން އިހްތިޔާރެއް ދިނުމަށް ފަހު ރަނގަޅު ޖަވާބު ހިޔާރުކޮށް އެ ޓްވީޓަށް ރިޕްލައި ކުރުމަށް އެދިފަ އެވެ.
ރަނގަޅު ޖަވާބު ފޮނުވާއިރު #OMMageyRaajje2022 ބޭނުން ކުރަން ޖެހޭނެ އެވެ. ޖަވާބު ދިމާކޮށް ޓްވީޓްކުރާ މީހުންގެ ތެރެއިން އެކަކަށް އުރީދޫގެ ކަލަންޑަރު ލިބޭނެ އެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ 11:59 އާ ހަމައަށެވެ.
އުރީދޫގެ މިއަހަރުގެ ކަލަންޑަރަކީ އޮގްމެންޓެޑް ރިއަލިޓީ ބޭނުންކޮށްގެން ކަނޑުގެ ދިރުންތައް ފެންނަ ގޮތަށް ހަދާފައިވާ ކަލަންޑަރެކެވެ. މި ކަލަންޑަރުގައި ކޮންމެ މަހެއްގައި ކުރު ތައާރަފަކާ އެކު، ރާއްޖޭގައި އާއްމުކޮށް ފެންނަ ތަފާތު ދިރުންތަކެއް ދައްކުވައިދެ އެވެ.
މީގެ އިތުރުން ކަލަންޑަރުގައި ކޮންމެ މަހަކަށް ހާއްސަކޮށްފައިވާ ދިރުންތައް ތައްޔާރު ކޮށްލެވޭ އޮރިގާމީ ކަރުދާހެއް ވެސް ވަނީ ހިމަނައިފަ އެވެ.