ފަހު ވަގުތު ރެއާލް ސަލާމަތް ކޮށްދިނީ މިލިޓާއޯ
ފަހު ވަގުތު ރެއާލް ސަލާމަތް ކޮށްދިނީ މިލިޓާއޯ

މެޑްރިޑް (ޖެނުއަރީ 23) - ސްޕެނިޝް ލަ ލީގާގެ އެއްވަނައިގައި އޮތް ރެއާލް މެޑްރިޑުން މިރޭ އަމިއްލަ ދަނޑުގައި އެލްޗޭއާ ވާދަކޮށް މެޗުން ބަލިވާން ދަނިކޮށް ފަހު ވަގުތު ޑިފެންޑަރު އެޑާ މިލިޓާއޯ ޖެހި ލަނޑުން އެ ޓީމު ބަލި ނުވެ ސަލާމަތް ވެއްޖެ އެވެ.

ފަހު ވަގުތު ރެއާލް ސަލާމަތް ކޮށްދިނީ މިލިޓާއޯ
ފަހު ވަގުތު ރެއާލް ސަލާމަތް ކޮށްދިނީ މިލިޓާއޯ

އެލްޗޭއާ ވާދަކޮށް ރެއާލް މެޑްރިޑް އެއްވަރުވީ 2-2 އިންނެވެ. ރެއާލް އިން ރަނގަޅަށް ފެށި މި މެޗުގެ ކުރީކޮޅު ކަރީމް ބެންޒެމާ އާއި ވިނީޝަސް ޖޫނިއާ އަދި ކަސެމީރޯ ވަނީ އެލްޗޭގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ. ނަމަވެސް އެލްޗޭގެ ކީޕަރު ވަނީ ރެއާލްގެ ހަމަލާތައް ހުޝިޔާރު ކަމާ އެކު ދިފާއު ކޮށްފަ އެވެ.

ފަހު ވަގުތު ރެއާލް ސަލާމަތް ކޮށްދިނީ މިލިޓާއޯ
ފަހު ވަގުތު ރެއާލް ސަލާމަތް ކޮށްދިނީ މިލިޓާއޯ

ވިނީޝަސް އަށް ފައުލް ކޮށްގެން މެޗުގެ 33 ވަނަ މިނިޓުގައި ރެއާލް އަށް ލިބުނު ޕެނަލްޓީ ބެންޒެމާ ފޮނުވާލުމުން ޖެހުނީ ގޯލުގެ ހުރަސް ދަނޑީގަ އެވެ. ރެއާލް އަށް ލިބުނު ފުރުސަތުގެ ބޭނުން ނުހިފުމުން އެލްޗޭއިން ވަނީ ފުރަތަމަ ހާފު ނިމެން ތިން މިނިޓަށްވެފައި ވަނިކޮށް ލަނޑުޖަހައި ލީޑު ނަގައިފަ އެވެ. މި ލަނޑު ކާމިޔާބު ކޮށްދިނީ ލޫކަސް ބޮޔޭ އެވެ.

ފަހު ވަގުތު ރެއާލް ސަލާމަތް ކޮށްދިނީ މިލިޓާއޯ
ފަހު ވަގުތު ރެއާލް ސަލާމަތް ކޮށްދިނީ މިލިޓާއޯ

ފުރަތަމަ ހާފު ނިމެން ސިކުންތު ކޮޅަކަށް ވެފައި ވަނިކޮށް ރެއާލްގެ ޓޯނީ ކްރޫސް ވަނީ ނަތީޖާ ހަމަހަމަ ކުރަން ނުރައްކާތެރި ހަމަލާއެއް ފޮނުވާލައިފަ އެވެ. ފްރީ ކިކަކުން އޭނާ ފޮނުވާލި ބޯޅަ ހުރަސްދަނޑި ކައިރިން ގޯލަށް އޮއްސެން ދަނިކޮށް ކީޕަރު ވަނީ ކޯނަރަކަށް ބޭރު ކޮށްލައިފަ އެވެ.

ދެވަނަ ހާފު ފެށިގެން އެޑެން ހަޒާޑް އޭރިއާ ތެރެއިން ޑިފެންޑަރެއް ކައިރިން ނައްޓަން އުޅުމުގެ ތެރޭގައި ވެއްޓުމުން ރެފްރީ ޕެނަލްޓީ ސްޕޮޓަށް އިޝާރާތް ކުރި ނަމަވެސް ވީއޭއާރު ބެލުމަށް ފަހު އެ ނިންމުން އަނބުރާ ގެންދިޔަ އެވެ. އޭގެ ފަހުން ބެންޒެމާގެ ފަޔަށް އަނިޔާ ވެގެން އޭނާގެ ބަދަލުގައި ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ވަނީ ލޫކާ ޖޮވިޗް ކުޅެން އަރުވައިފަ އެވެ.

އެލްޗޭ އިން ދެވަނަ ލަނޑު ޖެހީ މެޗުގެ 76 ވަނަ މިނިޓުގަ އެވެ. ފުރަތަމަ ލަނޑު ޖަހައިދިން ބޮޔޭ ރެއާލްގެ ޑިފެންޑަރުން ކައިރިން ނައްޓާފައި މުޅިން ހުސްކޮށް ހުރި ޕެރޭ މިލާ އަށް ޖައްސާލުމުން އޭނާ ވަނީ ފަސޭހަ ކަމާ އެކު ގޯލަށް ފޮނުވާލައިފަ އެވެ.

އޭގެ ދެ މިނިޓު ފަހުން ލޫކާ މޮޑްރިޗް ނަގައިދިން ކޯނަރަކުން ކަސެމީރޯ ބޮލުން ފޮނުވާލި ހަމަލާއެއް ގޯލުގެ ހުރަސް ދަނޑިއާ އަމާޒުވި އިރު، 81 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން މޮޑްރިޗް ވަނީ ރެއާލް އަށް ފުރަތަމަ ގޯލު ޖަހައިދީފަ އެވެ. މި ޕެނަލްޓީއަކީ މޮޑްރިޗް ނަގައިދިން ކޯނަރެއް އެލްޗޭގެ ދެވަނަ ލަނޑު ޖަހައިދިން މިލާ އަތުގައި ޖެހުނު ކަމަށް ބަލައި، ވީއޭއާރުގެ އެހީގައި އެޓީމަށް ދިން ޕެނަލްޓީއެކެވެ.

ރެއާލް އަށް މިލިޓާއޯ އެއްވަރު ކޮށްދިނީ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތިންވަނަ މިނިޓުގައި ވިނީޝަސް ޖޫނިއާ ނަގައިދިން ހުރަހެއް ބޮލުން ޖަހައި ގޯލުތެރަށް ފޮނުވާލައިގެންނެވެ.

ރެއާލުން ވަނީ މިދިޔަ ހަފްތާގައި ކޮޕަ ޑެލް ރޭ މުބާރާތުގައި އެލްޗޭއާ ވާދަކޮށް 2-1 އިން މޮޅުވެފަ އެވެ. އެ މެޗުގެ ފުރިހަމަ ވަގުތުގައި ލަނޑެއް ނުޖެހުނުއިރު އެލްޗޭއިން އިތުރު ވަގުތުގެ ފުރަތަމަ ހާފު ނިންމާލީ ލީޑުގައި އޮވެގެންނެވެ. ރެއާލްގެ ދެ ލަނޑު ވެސް ޖެހީ އިތުރު ވަގުތުގެ ފަހު ހާފުގަ އެވެ.

އެތުލެޓިކޯ މެޑްރިޑް އަމިއްލަ ދަނޑުގައި ރޭ ވަނީ ފަހަތުން އަރައި 3-2 އިން ވެލެންސިއާ ބަލިކޮށްފަ އެވެ. ފުރަތަމަ ހާފުގައި ވެލެންސިއާ އިން ދެ ލަނޑު ޖަހާފައި ވަނިކޮށް ދެވަނަ ހާފުގައި އެތުލެޓިކޯ އިން ވަނީ ތިން ލަނޑު ޖަހައިފަ އެވެ.