ރާއްޖޭގެ ޓެކް ދާއިރާގައި މަޝްހޫރު ޑާޑި ކުއްލި ގޮތަކަށް ނިޔާވެއްޖެ
ރާއްޖޭގެ ޓެކް ދާއިރާގައި މަޝްހޫރު ޑާޑި ކުއްލި ގޮތަކަށް ނިޔާވެއްޖެ

ރާއްޖޭގައި ޓެކްނޮލޮޖީގެ ދާއިރާގައި މަޝްހޫރު އަހުމަދު ރިޔާޒީ މުހައްމަދު (ޑާޑި) ކުއްލި ގޮތަކަށް މިއަދު މެލޭޝިއާގައި ނިޔާވެއްޖެ އެވެ.

ރާއްޖޭގެ ޓެކް ދާއިރާގައި މަޝްހޫރު ޑާޑި ކުއްލި ގޮތަކަށް ނިޔާވެއްޖެ
ރާއްޖޭގެ ޓެކް ދާއިރާގައި މަޝްހޫރު ޑާޑި ކުއްލި ގޮތަކަށް ނިޔާވެއްޖެ

އެނގިފައިވާ ގޮތުގައި، އުމުރުން 38 އަހަރު ޑާޑި ނިޔާވީ ކަސްރަތަށް ނުކުމެ އުޅެނިކޮށެވެ.

ރާއްޖޭގެ ޓެކް ދާއިރާގައި މަޝްހޫރު ޑާޑި ކުއްލި ގޮތަކަށް ނިޔާވެއްޖެ
ރާއްޖޭގެ ޓެކް ދާއިރާގައި މަޝްހޫރު ޑާޑި ކުއްލި ގޮތަކަށް ނިޔާވެއްޖެ

މެލޭޝިއާގައި ދިރިއުޅޭ ޑާޑި ނިޔާވިއިރު، އޭނާ ކޮވިޑް ވެކްސިންގެ ބޫސްޓަ ޑޯޒް ޖެހީ ވެސް މިއަދެވެ.

އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއެމްޑީއޭގެ މިހާރުގެ ސީއީއޯ މުހައްމަދު ހުސައިން މަނިކު (އެސްޓީއޯ މަނިކު) ދޮށީ ދަރިފުޅު ޑާޑި ނިޔާވިއިރު، އެއީ ވެބްސައިޓްތަކާއި އެޕްލިކޭޝަންތަކަށް ބޭނުންވާ އެނިމޭޝަނެއް ތައްޔާރުކުރުމަށް ދިވެހި ވެބް ޑިވެލޮޕަރުންތަކެއް ގުޅިގެން އުފެއްދި، މިހާރު ދުނިޔޭގެ މަޝްހޫރުކަން ވަރަށް ބޮޑަށް ލިބިފައިވާ "ލޮޓީފައިލްސް" ގެ ޕްރޮޑަކްޓް އެންމެ އިސް އެއް ފަރާތެވެ.

ރާއްޖޭގެ ސްޓާޓް-އަޕްތަކަށް އެހީވުމަށް އުފައްދާފައިވާ ކޮންސަލްޓެންސީ ފާމެއް ކަމަށްވާ ސްޕާކް ހަބްގެ ކޯ-ފައުންޑަރަކީ ވެސް ޑާޑި އެވެ.

ރާއްޖޭގައި ބޭނުންކުރި އެންމެ ފުރަތަމަ އާޓިފިޝަލް އިންޓެލިޖެންސް ކަސްޓަމާ އެޖެންޓް، އެލައިޑުގެ "އޭޖެންޓް 1600" ތައާރަފުކުރީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރަކަށް ޑާޑި ހުރި އިރެވެ.

ޑާޑިގެ ހުރިހާ ރައްޓެހިން ވެސް އެންމެ ބޮޑަށް ފާހަގަކުރާ އެއް ކަމަކީ އޭނާގެ ހިތްހެޔޮކަމާއި ކުރާ މަސައްކަތަކަށް ދޭ ޝައުގުވެރިކަމުގެ ބޮޑުކަމެވެ. ޑާޑި ނިޔާވުމާ ގުޅިގެން ތައުޒިޔާ ކިޔާ އެންމެން ވެސް ދައްކާ އެއް ވާހަކައަކީ އެއީ އެވެ.