23 ޖެނުއަރީ 2022 - 17:45

ހުޅުމާލެ ހުޅަނގު ފަރާތު ފަޅުތެރެ އަށް މީހަކު ސައިކަލެއް ހޫރާލި މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއަކުން ފެންނަ ގޮތުގައި ފިރިހެނަކު އެ ސައިކަލު ދުއްވާފައި ގޮސް، އޭގެން ފައިބާ ހުޅުމާލެ ފެރީ ޓާމިނަލް ކައިރީ ފަޅުތެރެ އަށް ސައިކަލު ހޫރުވާލަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ މެރިން ޕޮލިސް އާއި އެޗްޑީސީ ގުޅިގެން މިހާރު އެ ސައިކަލު ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާ އަދި މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
މި މައްސަލަ ބަލާ ވާހަކަ ފުލުހުން ބުނިއިރު، މި ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވުން ގިނަ ބަޔަކު އަންނަނީ މިކަން ތަހުގީގު ކުރަން ވެސް ގޮވާލަމުންނެވެ.