22 ޖެނުއަރީ 2022 - 22:52

ކޮވިޑު-19 އަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 2،300 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އިއްޔެ ހަވީރު 6:00 ން މިއަދު ހަވީރު 6:00 އަށް 7،574 ސާމްޕަލް ޓެސްޓުކުރި ކަމަށެވެ. އޭގެ ތެރެއިން މާލެ ސަރަހައްދުން 1،325 މީހުންނާއި ރަށްރަށުން 681 އަދި އެކި ރިސޯޓުތަކުން 54 މީހުން ޕޮޒިޓިވްވެފައިވެ އެވެ.
އެއާއެކު އެކްޓިވް ކޭސްތައް 13،000 އިން މައްޗަށް އަރާފައިވެ އެވެ.
މާލެ ސަރަހައްދުން 3،635 ސާމްޕަލް ޓެސްޓުކުރި އެވެ. ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް ހުރީ ވެސް 36 ޕަސެންޓުގަ އެވެ.
ކޭސްތައް އިތުރުވަމުން ދިޔަ ކަމުގައި ވިޔަސް ހޮސްޕިޓަލައިޒޭޝަނަށް ބަދަލެއް ނާދެ އެވެ. ހޮސްޕިޓަލްގައި އެޑްމިޓުކޮށްގެން މި ވަގުތު ފަރުވާދެމުން އަންނަނީ 48 މީހުންނެވެ.