ނިކް އާއި ޕްރިޔަންކާ އަށް ކުއްޖަކު ލިބިއްޖެ
ނިކް އާއި ޕްރިޔަންކާ އަށް ކުއްޖަކު ލިބިއްޖެ

އެމެރިކާގެ ލަވަކިޔުންތެރިޔާ ނިކް ޖޯނަސް އާއި ބޮލީވުޑްގެ އެކްޓްރެސް ޕްރިޔަންކާ ޗޯޕްރާ އަށް ސަރޮގޭޓް ކޮށްގެން ކުއްޖަކު ލިބިއްޖެ އެވެ.

އެ ދެތަރިންނަށް އަންހެން ކުއްޖަކު ލިބުނީ މި މަހު 15 ގަ އެވެ. އެކަމަކު ސޯޝަލް މީޑިއާ މެދުވެރިކޮށް، މި އުފާވެރި ހަބަރު ހިއްސާކުރީ ރޭގަ އެވެ.

"ސަރޮގޭޓް ކޮށްގެން ކުއްޖަކު ލިބުމުން އަހަރެމެން މި ތިބީ ވަރަށް އުފާވެފައި. އާއިލާ އަށް ލިބުނު މި އުފާވެރި ވަގުތުގައި އަހަރެމެން ވަރަށް އިހުތިރާމާ އެކު އެންމެންގެ ކިބައިން ވެސް އެދެން މި ވަގުތަށް އަހަރެމެންނަށް ޕްރައިވެސީ ދިނުމަށް،" އިންސްޓަގްރާމްގައި ޖެހި ޕޯސްޓެއްގައި ޕްރިޔަންކާ ބުންޏެވެ.

އެއްވެސް އިތުރު ތަފުސީލެއް އޭނާ ހަމާއެއް ނުކުރެ އެވެ.

ނިކް، 29 އާއި ޕްރިޔަންކާ، 39، ކައިވެނިކުރީ ޑިސެމްބަރު، 1، 2018 ގަ އެވެ. އެ ކައިވެންޏަށް ތިން އަހަރަށް ވުރެ ގިނަ ދުވަސްވީ އިރު، ގިނަ ބަޔަކު ވަނީ ތަކުރާރުކޮށް، އެމީހުން ކުއްޖެއް ހޯދަނީ ކޮންއިރަކުތޯ ސުވާލުކޮށްފަ އެވެ.

އޭގެ ޖަވާބުގައި ނިކް އާއި ޕްރިޔަންކާ އަބަދު ވެސް ބުނެފައި ވަނީ ކުދިން ހޯދަން އެ ދެމީހުން ވެސް ވަރަށް ބޭނުންވާ ކަމަށާއި ވަގުތު ޖެހުމުން އެކަން ކުރާނެ ކަމަށެވެ.