ރައްޓެހިން ޓެގް ކޮށްގެން އެއާޕޮޑަކާއި އުރީދޫގެ ކަލަންޑަރެއް ހޯދުމުގެ ފުރުސަތު
ރައްޓެހިން ޓެގް ކޮށްގެން އެއާޕޮޑަކާއި އުރީދޫގެ ކަލަންޑަރެއް ހޯދުމުގެ ފުރުސަތު

ރައްޓެހިން ޓެގް ކޮށްގެން، ތާޑް ޖެނެރޭޝަންގެ އެއާޕޮޑަކާއި އުރީދޫގެ މި އަހަރުގެ ކަލަންޑަރު ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މިރޭ 11:59 އާ ހަމައަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަން އޮންނާނީ އުރީދޫގެ މޫލީ އިންސްޓަގްރާމް ޕޭޖާއި ފޭސްބުކް ޕޭޖުގަ އެވެ.

މި ޕްރޮމޯޝަނުގައި ބައިވެރިވާން ބޭނުންވާ މީހުން ޖެހޭނީ މޫލީގެ ޕޭޖުތަކުގައިވާ ޕޯސްޓަށާއި ޕޭޖަށް ލައިކް ކުރުމަށް ފަހު، ކޮމެންޓުގައި ތިން ރައްޓެހިން ޓެގް ކުރާށެވެ. އަދި އެ މީހެއްގެ ޕޯސްޓް ސްޓޯރީ އަށް ވެސް ލާން ޖެހެ އެވެ.

ތާޑް ޖެނެރޭޝަން އެއާޕޮޑްސް އަކީ އެޕަލް ކުންފުނިން މިދިޔަ އަހަރު ނެރުނު އެންމެ ފަހުގެ އެއާޕޮޑެވެ. މި އެއާޕޮޑް އުރީދޫގެ މޫލީ ޕްލެޓްފޯމުން ގަންނަން ލިބެން ހުންނާނެ އެވެ.

އުރީދޫގެ މި އަހަރުގެ ކަލަންޑަރަކީ ރާއްޖޭގެ ރީތި ދިރުންތައް ދައްކުވައިދޭ އީޖާދީ، އޮގްމެންޓެޑް ރިއަލިޓީ ހިދުމަތް މެދުވެރިކޮށް ރާއްޖޭގެ ރީތި ދިރުންތައް ދިރުވައި އާލާކޮށްލެވޭ ގޮތައް ތައްޔާރު ކޮށްފައިވާ ކަލަންޑަރެކެވެ. މި ކަލަންޑަރުގައި ކޮންމެ މަހެއްގައި ކުރު ތައާރަފަކާއެކު، ރާއްޖޭގައި އާއްމުކޮށް ފެންނަ ތަފާތު ދިރުންތަކެއް ދައްކުވައިދެ އެވެ. ކަލަންޑަރުގެ ކޮންމެ މަހަކަށް ހާއްސަ ކޮށްފައިވާ ދިރުންތައް ތައްޔާރު ކޮށްލެވޭ އޮރިގާމީ ކަރުދާހެއް ވެސް ވަނީ ހިމަނައިފަ އެވެ.