ހައި ކޯޓުގެ ތާރީހުގައި އެންމެ ގިނަ މައްސަލަ ނިންމީ މިދިޔަ އަހަރު
ހައި ކޯޓުގެ ތާރީހުގައި އެންމެ ގިނަ މައްސަލަ ނިންމީ މިދިޔަ އަހަރު

ހައި ކޯޓުގެ ތާރީހުގައި އެންމެ ގިނަ މައްސަލަ ނިންމާފައިވަނީ މިދިޔަ އަހަރު ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެ ކޯޓުން ރޭ އާއްމުކުރި މިދިޔަ އަހަރުގެ ތަފާސްހިސާބުގައިވާ ގޮތުން، މިދިޔަ އަހަރު އެ ކޯޓަށް 835 މައްސަލަ ހުށަހެޅި އެވެ. އޭގެ ތެރެއިން ރަޖިސްޓްރީކުރީ 625 މައްސަލަ އެވެ.

އޭގެ ކުރީ އަހަރުތަކުގެ މައްސަލަތަކާއެކު މިދިޔަ އަހަރު 672 މައްސަލަ ނިންމި އެވެ. އެހެންވެ، މިދިޔަ އަހަރުގެ މައްސަލަތަކުގެ ތެރެއިން ބާކީ ހުރީ 329 މައްސަލަ އެވެ.

ހައި ކޯޓުން 2020 ވަނަ އަހަރު 443 މައްސަލަ 2019 ވަނަ އަހަރު 478 މައްސަލަ އަދި 2018 ވަނަ އަހަރު 311 މައްސަލަ ނިންމި އެވެ.

މިދިޔަ މަހު އެންމެ ގިނަ މައްސަލަ ނިންމީ މާޗު މަހުގެ ތެރޭގަ އެވެ. އެ މަހު 100 މައްސަލަ، ޖޫން މަހު 82 އަދި ނޮވެމްބަރު މަހުގެ ތެރޭގައި 78 މައްސަލަ ނިންމި އެވެ.

ހައި ކޯޓުގެ ޕެންޑިންގައި 679 މައްސަލަ އޮތްއިރު ފަސް އަހަރުވެފައިވާ ދެ މައްސަލައެއް އެބައޮތެވެ. ދެހާސް އަށާރަ ވަނަ އަހަރު ހުށަހެޅި 21 މައްސަލަ، 2019 ވަނަ އަހަރު ހުށަހެޅި 186 މައްސަލަ، 2020 ގެ 141 މައްސަލަ އަދި މިދިޔަ އަހަރުގެ 329 މައްސަލައެއް ކޯޓުގައި އެބައޮތެވެ.

މިދިޔަ އަހަރު ނިންމި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ މަދަނީ މައްސަލަތަކެވެ. މަދަނީ 242 މައްސަލައެއް ރަޖިސްޓްރީކޮށް 325 މައްސަލައެއް ނިންމި އެވެ. ޖިނާއީ ކަންކަމާ ގުޅޭ 192 މައްސަލައެއް ރަޖިސްޓްރީކޮށް އެފަދަ 214 މައްސަލައެއް ނިންމާފައިވެ އެވެ.

މޮނިކޮން އަމުރާ ގުޅޭ ހަ މައްސަލައެއް ވެސް ހައި ކޯޓުން މިިދިޔަ އަހަރު ނިންމާފައިވެ އެވެ.