20 ޖެނުއަރީ 2022 - 16:49

"ގޯލްޑަން ފުޓްސަލް ޗެލެންޖު 2022" ގެ ޕާޓްނަރަކަށް އެމްއައި ކޮލެޖު ހަމަޖައްސައިފި އެވެ.
މި މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މަހު އެވެ. މަހަކަށް ކުރިއަށްދާ މި މުބާރާތުގައި ރާއްޖޭގެ 91 ރަށަކަކުން ޓީމުތައް ބައިވެރިވާނެ އެވެ. މުބާރާތުގައި 177 މެޗު ކުޅުމަށް ވަނީ ތާވަލްކޮށްފަ އެވެ. މުބާރާތުގެ ބައިވެރިންނާއި އޮފިޝަލުންނަށް ކޮންމެ ހަފްތާ އަކު އެމްއައި ކޮލެޖުން ސްކޯލާޝިޕްގެ ފުރުސަތު ދޭނެ އެވެ.
އެމްއައި ކޮލެޖުގެ މާޗް މަހުގެ އިންޓޭކަށް މިހާރު މި ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ. އެ ކޮލެޖުން ސެޓްފިކެޓް، ޑިޕްލޮމާ، ގްރެޖުއޭޓް، އަދި ޕޯސްޓް ގްރެޖުއޭޓާއި މާސްޓާސް ލެވެލްގެ ކޯސްތައް ވެސް އަންނަނީ ހިންގަމުނެނެވެ. މީގެ ތެރޭގައި ބިޒްނަސް، އައިޓީ، ހިއުމަން ރިސޯސަސް މެނޭޖްމެންޓް، ޓީޗިން، ފައިނޭންސް، ގްރެފިކްސް ޑިޒައިން ދައިރާއިން ހިންގާ ކޯސްތައް ވެސް ހިމެނެ އެވެ.
ރާއްޖޭގެ 16 އަތޮޅެއްގައި އެމްއައި ކޮލެޖުގެ ބްރާންޗަތައް ހިންގަ އެވެ. މީގެ އިތުރުން އެ ކޮލެޖުން އޮންލައިން މޯޑުގައި ވެސް ކޯސްތަކުގައި ކިޔެވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
އެމްއައި ކޮލެޖުން މާޗު މަހުގެ އިންޓޭކަށް ހާއްސަކޮށް ޑިސްކައުންޓްތަކެއް ވެސް ވަނީ ތައާރަފްކޮށްފަ އެވެ. އެގޮތުން މާޗު މަހުގެ ކޯސްތަކަށް އަންނަ މަހުގެ ނިޔަލަށް ކުރިމަތިލާ ކުދިންނަށް އެ ކޮލެޖުގެ ޓިއުޝަން ފީތަކުން 25 ޕަސެންޓްގެ ޑިސްކައުޓެއް ލިބޭނެ އެވެ. މީގެ އިތުރުން އެކޮލެޖުން ދޭ 100 ޕަސެންޓް އަދި 50 ޕސެންޓް ސްކޯލާޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ. ސްކޯލާޝިޕްތަކަށް ކުދިން ހޮވާނީ ވަކި ކްރައިޓީރިއާއަކަށް ފިޓުވާ ނަމަ އެވެ.