އުރީދޫގެ ސަބްމެރިން ކޭބަލްއާ އެކު 4ޖީ+ މުޅި ރާއްޖެ އަށް ދޭން ފަށަނީ
އުރީދޫގެ ސަބްމެރިން ކޭބަލްއާ އެކު 4ޖީ+ މުޅި ރާއްޖެ އަށް ދޭން ފަށަނީ

އުރީދޫގެ ސަބްމެރިން ކޭބަލް ނެޓްވޯކް ބޭނުންކުރަން ފަށައި މުޅި ރާއްޖެ އަށް 4ޖީ+ ސްޕީޑުގައި އިންޓަނެޓުގެ ހިދުމަތް އަންނަ މަހުގެ 15 ގައި ދޭން ފަށަން ނިންމައިފި އެވެ. އަދި ހުރިހާ ރަށެއްގައި ބްރޯޑްބޭންޑް އިންޓަނެޓުގެ ހިދުމަތް ގާތްގަނޑަކަށް ތިން މަސްދުވަހުގެ ތެރޭގައި ދޭން ފަށާނެކަން ވެސް ވަނީ އިއުލާންކޮށްފަ އެވެ.

އުރީދޫގެ ސަބްމެރިން ކޭބަލްއާ އެކު 4ޖީ+ މުޅި ރާއްޖެ އަށް ދޭން ފަށަނީ
އުރީދޫގެ ސަބްމެރިން ކޭބަލްއާ އެކު 4ޖީ+ މުޅި ރާއްޖެ އަށް ދޭން ފަށަނީ

ގާތްގަނޑަކަށް 25 މިލިއަން ޑޮލަރު ހަރަދުކޮށްގެން އުރީދޫން މުޅި ރާއްޖޭގައި އަޅާ ސަބްމެރިން ކޭބަލް މިއަދު ވަނީ ރަސްމީކޮށް އިފްތިތާހުކޮށްފަ އެވެ. ހުޅުމާލޭގެ ބާބެކިއު ސަރަހައްދު ކައިރީގައި އޮންނަ ހުސް ތަނުގައި ބޭއްވި ރަސްމިއްޔާތެއްގައި، އެ ކޭބަލް ނެޓްވޯކް އިފްތިތާހު ކުރީ ހުޅުމާލޭގައި ގާއިމްކޮށްފައިވާ ލޭންޑިން ސްޓޭޝަނާ ގުޅާލައިގެންނެވެ.

އުރީދޫގެ ސަބްމެރިން ކޭބަލްއާ އެކު 4ޖީ+ މުޅި ރާއްޖެ އަށް ދޭން ފަށަނީ
އުރީދޫގެ ސަބްމެރިން ކޭބަލްއާ އެކު 4ޖީ+ މުޅި ރާއްޖެ އަށް ދޭން ފަށަނީ

މި ރަސްމިއްޔާތުގައި އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ ސަބްމެރިން ކޭބަލް އެޅުމުގެ އަމަލީ މަސައްކަތް އެއްކޮށް ނިންމައި އަންނަ މަހު 15 ގައި އެ ކޭބަލް މެދުވެރިކޮށް މުޅި ރާއްޖެ އަށް ހިދުމަތް ދޭން ފަށާނެ ކަމަށެވެ. އޭރުން، ރާއްޖޭގެ ހުރިހާ ހިސާބަކަށް ބްރޯޑްބޭންޑް އިންޓަނެޓުގެ ހިދުމަތް އެންމެ ހަލުވި ސްޕީޑުގައި ދެވޭނެ ކަމަށާއި މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި ރިސޯޓުތަކަށް ގާތްގަނޑަކަށް ތިން މަސްދުވަހުގެ ތެރޭގައި ބްރޯޑްބޭންޑް އޭޑީއެސްއެލްގެ ހިދުމަތް ދޭން ފަށާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އުރީދޫގެ ސަބްމެރިން ކޭބަލްއާ އެކު 4ޖީ+ މުޅި ރާއްޖެ އަށް ދޭން ފަށަނީ
އުރީދޫގެ ސަބްމެރިން ކޭބަލްއާ އެކު 4ޖީ+ މުޅި ރާއްޖެ އަށް ދޭން ފަށަނީ

ޗައިނާގެ ވާވޭ ކުންފުންޏާ ހަވާލުކޮށްގެން ކޭބަލް އަޅަމުން ދިޔަ އިރު، އުރީދޫގެ މޮބައިލް ނެޓްވޯކް އިތުރަށް ވަރުގަދަކޮށް، ޒަމާނީ ޓެކްނޮލޮޖީ ހިމެނުމުގެ މަސައްކަތްތަކެއް ވެސް ކުރަމުން ދިޔަކަން ސިންހަ ފާހަގަކުރެއްވި އެވެ. އޭގެ ނަތީޖާ އަކީ، އޭނާ އިއުލާން ކުރެއްވި ގޮތުގައި، އަންނަ މަހުގެ 15 ދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ ރަށަކަށް 4ޖީ+ގެ ހިދުމަތް ދިނުމެވެ.

އުރީދޫގެ ސަބްމެރިން ކޭބަލްއާ އެކު 4ޖީ+ މުޅި ރާއްޖެ އަށް ދޭން ފަށަނީ
އުރީދޫގެ ސަބްމެރިން ކޭބަލްއާ އެކު 4ޖީ+ މުޅި ރާއްޖެ އަށް ދޭން ފަށަނީ

"އުރީދޫން ގަބޫލުކުރާ ގޮތުގައި، އައިސީޓީ ޓެކްނޮލޮޖީ އަދި ބްރޯޑްބޭންޑްގެ ހިދުމަތްތައް މެދުވެރިކޮށް، ދިވެހި ރައްޔިތުންގެ ހަޔާތަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ފުރުސަތުތަކަށް މަގުފަހިކޮށްދެވޭނެ،" ސަރުކާރުގެ ބައެއް މިނިސްޓަރުންނާއި އެކި ފެންވަރުގެ އޮފިޝަލުން ވެސް ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި ސިންހަ ވިދާޅުވި އެވެ.

އުރީދޫގެ 4ޖީގެ ހިދުމަތް މުޅި ރާއްޖެ އަށް ފުޅާކުރުމުން އެ ކުންފުނި ވާނީ، ދެކުނު އިރުމަތީ އޭޝިއާގެ ފުރަތަމަ 100 ޕަސެންޓް 4ޖީ+ ނެޓްވޯކަށެވެ.

ގަތަރުގެ އުރީދޫން ރާއްޖޭގައި ހިންގާ ކުންފުނީގެ ޗެއާމަން ހާލިދު އިބްރާހިމް އަލް މަހްމޫދު ވިދާޅުވީ ޑިޖިޓަލް ގައުމެއް ބިނާކޮށް، ޑިޖިޓަލް އިގްތިސާދަކާއި ރައްޔިތުން ގުޅުވާލަ ދިނުމުގެ ވަރުގަދަ ތަސައްވުރެއް ދިވެހި ސަރުކާރުން ގެންގުޅޭ ކަމަށެވެ. އެކަން ހަގީގަތަކަށް ހެދުމަށް، ރާއްޖޭގެ ކޮމިއުނިކޭޝަން އިންފްރާސްޓްރަކްޗަ ވަރުގަދަ ކުރުމަކީ ވަރަށް މުހިއްމު ކަމެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

މުޅި ގައުމުގައި އަޅާ ސަބްމެރިން ކޭބަލް ޕްރޮޖެކްޓަށް އިންވެސްޓްކޮށް، ޑިޖިޓަލް މޯލްޑިވްސް އަށް އެއްބާރުލުން ދެވުމަކީ އުރީދޫ އަށް ލިބޭ ވަރަށް ބޮޑު ފަހުރެއް އަދި އުފަލެއް،" ހާލިދު ވިދާޅުވި އެވެ.

އުރީދޫގެ ސަބްމެރިން ކޭބަލް ނެޓްވޯކް އިފްތިތާހުކޮށްދެއްވުމަށް ފަހު، ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވީ ރާއްޖެ އަކީ ޓެކްނޮލޮޖީގެ ގޮތުން މި ސަރަހައްދުގައި ވެސް އެންމެ ކުރިއަރާފައިވާ ގައުމު ކަމަށެވެ. ސަރުކާރުގެ މަގްސަދަކީ، އޭނާ ވިދާޅުވި ގޮތުގައި، އެކަން އެ ގޮތުގައި ދެމެހެއްޓުމުގެ އިތުރަށް، ދުނިޔޭގައި ވެސް ޓެކްނޮލޮޖީގެ ގޮތުން ފާހަގަކޮށްލެވޭ ގައުމަކަށް ރާއްޖެ ހެދުން ކަމަށް ވެސް ވިދާޅުވި އެވެ.

އުރީދޫން ގާއިމްކުރާ ސަބްމެރިން ކޭބަލަކީ ރާއްޖޭގެ ޓެކްނޮލޮޖީގެ ދާއިރާ އަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދޭނެ ނެޓްވޯކެއް ކަމަށް ސިފަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އޭގެ ސަބަބުން ދިވެހިން، ހާއްސަކޮށް ޒުވާނުންގެ ދިރިއުޅުމަށް، ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސާދު ދުނިޔެއާ އިތުރަށް ގުޅުވާލަ ދިނުމުގެ އިތުރަށް، ދިވެހިންނަށް ބޭނުންވާ ތަފާތު ހިދުމަތްތައް ވެސް އެންމެ ޒަމާނީ ޓެކްނޮލިޖީގެ އެހީގައި ލިބޭނެކަން އޭނާ ފާހަގަކުރެއްވި އެވެ.

"އުރީދޫ އަކީ އިންވެސްޓްމަންޓް މެދުވެރިކޮށް ގައުމުގެ އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީ ކުރިއެރުވުމުގެ މިސާލެއް. އެ ކުންފުނިން ރާއްޖެ އަށް ކޮށްދެމުން ދާ ހިދުމަތްތަކުގެ އަގުވަޒަން ކުރަން،" އަޒްލީން ވިދާޅުވި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އަޅަން ފެށި ކޭބަލް މިހާރު ވަނީ ހުޅުމާލޭގެ އިތުރުން، އައްޑޫ ހިތަދު އާއި ގދ. ތިނަދޫގައި ގާއިމްކޮށްފައިވާ ލޭންޑިން ސްޓޭޝަނާ ގުޅާލައިފަ އެވެ. ހުޅުމާލެ އަށް ފަހު ހދ. ކުޅުދުއްފުއްޓަށް މި ކޭބަލް ގެންދަން ނިންމާފައިވާ އިރު، މ. ކޮޅުފުއްޓާއި ބ. އޭދަފުށީގައި ވެސް ލޭންޑިން ސްޓޭޝަންތައް ވަނީ ގާއިމްކޮށްފަ އެވެ.

މި ކޭބަލް އަޅައި ހިދުމަތް ދޭން ފެށުމުން، އުރީދޫގެ ހިދުމަތްތަކުގެ ފެންވަރު އިތުރަށް ފުރިހަމަވެ، ހަލުވި ސްޕީޑެއްގައި ބްރޯޑްބޭންޑް އިންޓަނެޓުގެ ހިދުމަތް ރާއްޖޭގެ ކޮންމެ ހިސާބަކުން ވެސް ލިބޭނެ ކަމަށް އުރީދޫން ވަނީ ބުނެފަ އެވެ. މި ކޭބަލް މެދުވެރިކޮށް ހިދުމަތް ދޭނީ ވާވޭގެ އެޑްވާންސްޑް 100ޖީ ޓެކްނޮލޮޖީ މެދުވެރިކޮށެވެ.