20 ޖެނުއަރީ 2022 - 16:42

ދިރާގު ޕްރިޕެއިޑް ކޮމްބޯ އަށް "ނައިޓް އެލަވަންސް" ތައާރަފްކޮށްފި އެވެ.
ދިރާގުގެ ޕްރިޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށް ތައާރަފްކޮށްފައިވާ މި ޕްރޮމޯޝަންގައި އަލަށް ކޮމްބޯ ޕްލޭންގެ "އޯލް އިންކްލޫސިވް" ނަގާ ހުރިހާ ކަސްޓަމަރުންނަށް މެންދަމު އެކަކުން ހެނދުނު 7 އަށް ހިލޭ ޑޭޓާ ލިބޭ "ނައިޓް އެލަވަންސް" ލިބޭނެ އެވެ.
މީގެ އިތުރުން ޗެޓު ކުރުމަށާއި ސޯޝަލް މީޑިއާ ބޭނުން ކުރަން ހިލޭ ޑޭޓާ ވެސް ލިބޭނެ އެވެ.
ދިރާގުގެ ޕްރިޕެއިޑް "އޯލް އިންކްލޫސިވް" ކޮމްބޯ ޕްލޭނެއް 250ރ. އަށް ލިބޭނެ އެވެ. މި ޕެކޭޖު ދިރާގުގެ ޕްރިޕެއިޑް އަދި "ސަޅި" ޕްރިޕެއިޑް ކަސްޓަމަރުންނަށް ވެސް ލިބޭނެ އެވެ.
"ޕްރީޕެއިޑް ކޮމްބޯ ޕްލޭންސް" އިން ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު ވޮއިސް އާއި އެސްއެމްއެސް އަދި ޑޭޓާ ކޮމްބޯ ޕްލޭނަކުން އެކްޓިވޭޓް ކޮށްލެވޭނެ އެވެ.
އާ ކޮމްބޯ ޕްލޭންތައް އެކްޓިވޭޓް ކޮށްލުމަށް ދިރާގު އެޕް ނުވަތަ ކީވޯޑް ޖެހުމަށް ފަހު 343 އަށް މެސެޖު ކުރުމުން އެކްޓިވޭޓް ވާނެ އެވެ.