ޗެލްސީ ކުޅުންތެރިން ތިބީ ވަރުބަލިވެފައި: ޓުޗެލް
ޗެލްސީ ކުޅުންތެރިން ތިބީ ވަރުބަލިވެފައި: ޓުޗެލް

ލަންޑަން (ޖެނުއަރީ 19) - ޗެލްސީގެ ކުޅުންތެރިން ތިބީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވެސް ވަރުބަލިވެފައި ކަމަށް، އިނގިރޭސި ޕްރިމިއާ ލީގުގައި ބްރައިޓަންއާ ވާދަކޮށް 1-1 އިން ރޭ އެއްވަރުވި މެޗަށް ފަހު ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.

ޗެލްސީ ކުޅުންތެރިން ތިބީ ވަރުބަލިވެފައި: ޓުޗެލް
ޗެލްސީ ކުޅުންތެރިން ތިބީ ވަރުބަލިވެފައި: ޓުޗެލް

ޗެލްސީ އެންމެ ފަހުން ލީގުގައި ކުޅުނު ހަތް މެޗުގެ ތެރެއިން އެ ޓީމު މޮޅުވެފައި ވަނީ އެންމެ މެޗަކުންނެވެ. ފަސް މެޗު އެއްވަރުވެގެން ނިމިފައިވާއިރު އެއް މެޗުން ވަނީ ބަލިވެފަ އެވެ. ޗެލްސީ ތިންވަނައިގައި އޮތީ 23 މެޗުން 44 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ލިވަޕޫލް ވަނީ 21 މެޗުން 45 ޕޮއިންޓް ހޯދައިފަ އެވެ. އެއްވަނައިގައި މެންޗެސްޓާ ސިޓީ އޮތީ 22 މެޗުން 56 ޕޮއިންޓް ހޯދައިގެންނެވެ.

ޗެލްސީ ކުޅުންތެރިން ތިބީ ވަރުބަލިވެފައި: ޓުޗެލް
ޗެލްސީ ކުޅުންތެރިން ތިބީ ވަރުބަލިވެފައި: ޓުޗެލް

ބްރައިޓަންގެ ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް ޗެލްސީންނެވެ. ހަކީމް ޒިޔެޝް ފުރަތަމަ ހާފުގައި ލީޑު ނަގައިދީފައި ވަނިކޮށް ބްރައިޓަން އިން އެއްވަރުކުރީ ދެވަނަ ހާފުގައި އެޑަމް ވެބްސްޓާ ޖެހި ލަނޑުންނެވެ.

"އަހަރެމެންގެ ކުޅުންތެރިން ފެނުނީ ވަރުބަލިކޮށް، އެއީ އެ މީހުން ތިބީ ހަގީގަތުގައި ބްރައިޓަން ކަހަލަ މެޗަކަށް ފުރިހަމައަށް ތައްޔާރު ވެގެން ނުކުންނަ ޓީމަކާ ވާދަކުރާ ވަރަށް ވުރެ ވަރުބަލިކޮށް. އަހަރެމެންގެ ޝެޑިއުލަށް ބަލާލުމުން އެކަން ފެންނާނެ. ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވެސް މާ ބޮޑަށް ވަރުބަލިވެއްޖެއްޔާ މެޗުގެ ފޯކަސް ގެއްލޭ. މެޗުން ފެންނާނެ އެކަން ވަރަށް ރަނގަޅަށް،" މެޗަށް ފަހު ޓުޗެލް ބުންޏެވެ.

"މިދިޔަ ނޮވެމްބަރު މަހުން ފެށިގެން އަހަރެމެންގެ މި އަންނަނީ ބައިވަރު މެޗުތައް ކުޅެމުން. ކުޅުންތެރިންނަށް އަރާމު އެބަ ބޭނުންވޭ ވަރަށް ބޮޑަށް. ކުޅުންތެރިން ވަރުބަލި ފިލުވާލައި ސީދާ މެޗަށް ފޯކަސް ކޮށްގެން ދަނޑަށް ނެރެވޭނީ އޭރުން."

މިދިޔަ ނޮވެމްބަރު މަހުން ފެށިގެން އަނިޔާ އާއި ކޮވިޑުގެ އުނދަގުލާ އެކު ވެސް ޗެލްސީން ވަނީ ރޭގެ މެޗާ ހަމައަށް 20 މެޗު ކުޅެފަ އެވެ. ޕްރިމިއާ ލީގުގެ 13 މެޗުގެ އިތުރުން ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުގެ ފަހު ތިން މެޗާއި ލީގު ކަޕް ތިން މެޗު އަދި އެފްއޭ ކަޕް މެޗެއް ވެސް މި މުއްދަތުގައި ކުޅުނެވެ.

ޗެލްސީ ދެން އެންމެ އަވަހަށް ކުޅޭނީ ލީގުގައި އަންނަ އާދިއްތަ ދުވަހުގެ ރޭ، ހަވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާއާ ދެކޮޅަށެވެ. ޗެލްސީއަށް ވުރެ 10 ޕޮއިންޓް މަދުން ޓޮޓެންހަމް ހަވަނައިގައި އޮތީ އެ ޓީމަށްވުރެ ފަސް މެޗު މަދުން ކުޅެގެންނެވެ.

ޓޮޓެންހަމް މެޗަށް ތައްޔާރުވުމުގެ ކުރިން ޓުޗެލް ވަނީ މިއަދާއި މާދަމާ ޗެލްސީގެ ކުޅުންތެރިންނަށް އަރާމު ކުރަން ވަގުތު ދީފަ އެވެ. އެ މެޗަށް ފަހު އިންޓަނޭޝަނަލް ބްރޭކަށް ލީގު މެދުކަނޑާލާއިރު، ކުޅުންތެރިންނަށް ހަފްތާއެއްގެ ރެސްޓް ދޭނެ ކަމަށް ވެސް ޓުޗެލް ބުންޏެވެ.