އިންޑޮނީޝިއާގެ ވެރިރަށް ބަދަލުކުރަން ފާސްކޮށްފި
އިންޑޮނީޝިއާގެ ވެރިރަށް ބަދަލުކުރަން ފާސްކޮށްފި

އިންޑޮނީޝިއާގެ ވެރިރަށް ޖަކާޓާއިން، ނުސަތަންތަރާ އަށް ބަދަލުކުރަން ނިންމައި ސަރުކާރުން ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅި ބިލު އިއްޔެ ފާސްކޮށްފި އެވެ.

އިންޑޮނީޝިއާގެ ވެރިރަށް ބަދަލުކުރަން ފާސްކޮށްފި
އިންޑޮނީޝިއާގެ ވެރިރަށް ބަދަލުކުރަން ފާސްކޮށްފި

އެ ބިލް ފާސްވުމާ އެކު ދެން ވަރަށް އަވަހަށް އިންޑޮޝީނިއާގެ ވެރިރަށަކީ ނުސަންތަރާ ކަމަށް ސަރުކާރުން ރަސްމީކޮށް ކަނޑައަޅާނެ އެވެ. މި ބަދަލު ގެންނަން ވާހަކަ ދެކެވޭތާ ދުވަސްތަކެއްވެފައިވާ އިރު، ރަސްމީކޮށް ވެރިރަށް ޖަކާޓާ އިން އެހެން ތަނަކަށް ބަދަލުކުރަން ނިންމާފައިވާ ކަން ރައީސް ޖޯކޯ ވިޑޯޑޯ އިއުލާންކުރެއްވީ 2019 ގަ އެވެ. އިންޑޮނީޝިއާ އަށް 1945 ވަނަ އަހަރު މިނިވަންކަން ލިބުނު ފަހުން އެކި ފަހަރު މަތިން ވެރިކަން ކުރާ ރަށް ބަދަލުކުރުމުގެ ވާހަކަ ދެކެވިފައިވެ އެވެ.

އިންޑޮނީޝިއާގެ ވެރިރަށް ބަދަލުކުރަން ފާސްކޮށްފި
އިންޑޮނީޝިއާގެ ވެރިރަށް ބަދަލުކުރަން ފާސްކޮށްފި

މީޑިއާތަކުން ބުނި ގޮތުގައި ވެރިރަށް ބަދަލުކުރުމުގެ ބިލު ފާސްވީ ނުވަ ސިޔާސީ ޕާޓީއެއް އެކުލެވޭ ގޮތަށް އޮންނަ އަށް ފްރެކްޝަނަކަށް ބެހިގެންވާ ގާނޫނު ހަދާ މަޖިލީހުގެ ހަތް ފްރެކްޝަންގެ އިއްތިފާގުންނެވެ. އެކަމާ ދެކޮޅު ހެދީ އެންމެ ފްރެކްޝަނެކެވެ.

އިންޑޮނީޝިއާގެ ވެރިރަށް ބަދަލުކުރަން ފާސްކޮށްފި
އިންޑޮނީޝިއާގެ ވެރިރަށް ބަދަލުކުރަން ފާސްކޮށްފި

މުސްލިމުންގެ އެންމެ ބޮޑު އާބާދީއެއް އޮތް ގައުމުގެ ވެރިރަށް ބަދަލުކުރަން ނިންމީ ޖަކާޓާ އަށް ކުރިމަތިވެފައިވާ ތިމާވެއްޓާއި އިގުތިދާސީ ބޮޑެތި ދަތިތަކާ ވެސް ހެދި އެވެ. އެތަނުގެ މިހާރުގެ ހާލަތަށް ބަލާއިރު ޖަކާޓާ އަކީ މިހާރު ވެސް ތޮއްޖެހި ކާރޫބާރޫ ބޮޑުވުމުގެ އިތުރަށް، ފަސޭހައިން ފެންބޮޑުވުން ފަދަ ތިމާވެށީގެ ބޮޑެތި މައްސަލަތައް ވެސް ކުރިމަތިވެފައިވާ ތަނެކެވެ.

އާ ވެރިރަށުގެ ގޮތުގައި ކަނޑައެޅުމަށް ފާސްކުރި ނުސަންތަރާ އަކީ ބޯނިއޯ އައިލޭންޑްގެ ކަލިމަންތަންގެ ފެހިކަން ގަދަ އަދި ބިމުގެ ގޮތުން ބޮޑު، ހިތްފަސޭހަ ސަރަހައްދެކެވެ.

އިންޑޮނީޝިއާގެ ނެޝަނަލް ޑިވެލޮޕްމަންޓް ޕްލޭނިން މިނިސްޓަރު ސުހާރްސޯ މަނޯރްފާ ވިދާޅުވި ގޮތުގައި އާ ވެރިރަށާ އެކު އެ ގައުމުގެ ހާލަތަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ އެވެ. އޭނާ ވިދާޅުވި ގޮތުގައި އާ ވެރިރަށަކަށް ނުސަންތަރާ ކަނޑައަޅަން ފާސްކުރީ ވަރަށް ގިނަ ކަންކަމަށް ބެލުމަށް ފަހު އެވެ.

"ސަރަހައްދީ ގޮތުންނާއި ވެލްފެއާ ގޮތުން ވެސް މިއީ ވަރަށް ބޮޑު ބަދަލަކަށް ވާނެ. އަނެއްކޮޅުން އާ ވެރިރަށާ އެކު އިގުތިސާތީ އާ ނާރެހެއް އުފަންވެގެން ދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އިންޑޮނީޝިއާގެ ވެރިރަށުގެ ގޮތުގައި ޖާކާޓާ އޮތް ގޮތުން މާޒީގެ ތެރެއަށް ދޫކޮށްލަން ތައްޔާރުވާއިރު، އެ ތަނަކީ މިހާރު ދުނިޔޭގައި އެންމެ ތޮއްޖެހިފައިވާ އެއް ސިޓީއެކެވެ. އެތަނުގެ އާބާދީ 10 މިލިއަނަށް ވުރެ ބޮޑެވެ.

އާ ވެރިރަށް ކަނޑައެޅުމާއި އެތަނުގެ ތަރައްގީއާ ބެހޭ ގޮތުން އިންޑޮނީޝިއާގެ ފިނޭންސް މިނިސްޓަރު ސްރީ މުލިއާނީ ވިދާޅުވީ އެ މަސައްކަތް ކުރިއަށް ގެންދާނީ ފަސް މަރުހަލާއެއްގެ ތެރެއިން ކަަމަށެވެ. އެގޮތުން މި އަހަރުގެ ތެރޭގައި ފަށާ ފުރަތަމަ މަރުހަލާގެ ތަރައްގީގެ މަސައްކަތްތައްތައް 2024 އާ ހަމަ އަށް ކުރިއަށް ދާނެ އެވެ. އަދި ފަސް މަރުހަލާގެ ހުރިހާ މަސައްކަތްތަކެއް 2045 އާ ހަމަ އަށް ކުރިއަށް ދާނެ އެވެ.

މިކަމަށް ހޭދަވާނެ ކަމަށް ސަރުކާރުން އަންދާޒާކޮށްފައި ވަނީ 466 ޓްރިލިއަން ރުޕިއާ (32 ބިލިއަން ޑޮލަރު) އެވެ.