އެޕަލް އިން ފޮތެއް ނެރެފި، "ޑިޒައިންކުރީ އެޕަލުން ކެލިފޯނިއާގައި"
އެޕަލް އިން ފޮތެއް ނެރެފި، "ޑިޒައިންކުރީ އެޕަލުން ކެލިފޯނިއާގައި"

"ޑިޒައިން ބައި އެޕަލް އިން ކެލިފޯނިއާ" އަކީ ފޮތަކަށް ކިޔާ ނަމެކެވެ. އެއީ އެޕަލްގެ އެންމެ ފަހުގެ އުފެއްދުމެވެ. ފޮތް ލިޔެފައި ވަނީ ތާރީޚަށްޓަކަ އެވެ. ކިޔަވާ ކުދިންނަށްޓަކަ އެވެ. އިންސާނިއްޔަތަށްޓަކަ އެވެ. ސްޓީވް ޖޮބްސްގެ ހަނދާނުގަ އެވެ.

ފޮތުގެ ހަގީގަތަކީ، ފޮތް އުފައްދާ ކުންފުންޏަކަށް އެޕަލް ވުމެއް ނޫނެވެ. ނަމަވެސް އެޕަލް ކުންފުނިން ޑިޒައިންކޮށް، އުފައްދާ ޑިވައިސްތަކާއި، އާލާތްތައް އުފައްދަން މެދުވެރިވާ ސަބަބުތަކާއި، އިންސާނިއްޔަތަށް ފައިދާ ހުރި ވަސީލަތެއް ގޮތުގައި އެ އުފެއްދުމެއް ވުޖޫދުކުރަން، ފިކުރުތައް އުފެދިންގެން އަންނަ ގޮތްތަކަށް އަލިއަޅުވާލުމެވެ.

އަހަރުގެ ބޮޑު ޗުއްޓީ އަށް އެންމެން ތައްޔާރުވަމުން ދާއިރު، ހަދިޔާއެއްގެ ގޮތުގައި ރައްޓެއްސަކަށް ދޭން "ޑިޒައިން ބައި އެޕަލް އިން ކެލިފޯނިއާ" ކޮންމެހެން ވެސް ހޯދަން ޖެހެ އެވެ. އެޕަލް އަށް ވަފާތެރި ސަޕޯޓަރުންނަށް މިވަރުގެ ހަދިޔާއެއް އެޕަލްއަކުން ނުދެ އެވެ. ބާލީސް ދަށުގައި ބާއްވައިގެން ނިދާލައި، ހެނދުނު ސައި މޭޒުމަތީގައި ފޮނިކަނޑާލަން ދައްކާނެ ވާހަކަތައް، ފޮޓޯތަކެއްގެ ގޮތުގައި ފޮތުގައި ހިމަނާފައިވެ އެވެ.

މި ފޮތް ދެ ސައިޒަކަށް ވަނީ ޗާޕުކޮށްފަ އެވެ. އޭގެ ތެރެއިން ކުޑަ ފޮތް ވިއްކަނީ 199 ޑޮލަރަށެވެ. ބޮޑު ފޮތެއްގެ އަގަކީ 299 ޑޮލަރެވެ.

"ޑިޒައިން ބައި އެޕަލް އިން ކެލިފޯނިއާ" އާ ބެހޭ ގޮތުން އިތުރު މައުލޫމާތު ދޭން އެޕަލުން މިހާރު ވަނީ ވީޑިއޯއެއް ވެސް އުފައްދާފަ އެވެ. ވީޑިއޯ އަށް އަޑުއަޅާފައި ވަނީ އެޕަލްގެ ޑިޒައިން މާސްޓަރު، ޖޮނީ އައިވް އެވެ. އޭނާ ދައްކާ ވާހަކަ ރަނގަޅަށް އަޑުއަހާލުމުން ދޭހަވަނީ، އެޕަލް އިން އެއްޗެއް އުފައްދަން ވިސްނާ ވަރަށް، އެހެން ބަޔަކު އެގޮތަށް ވިސްނާފައި ނުވާ ކަމެވެ.