ސާފްގެ ޖުޑިޝަލް ކޮމިޓީތަކަށް ރާއްޖޭގެ މުހުތާޒް އާއި ޒުމައިލް
ސާފްގެ ޖުޑިޝަލް ކޮމިޓީތަކަށް ރާއްޖޭގެ މުހުތާޒް އާއި ޒުމައިލް

ދެކުނު އޭޝިއާ ފުޓްބޯލް ފެޑެރޭޝަން (ސާފް) ގެ ޖުޑިޝަލް ކޮމިޓީތަކަށް ރާއްޖޭގެ އިސްމާއިލް ޒުމައިލް ރަޝީދު އާއި މުހުތާޒް މުހްސިން އައްޔަންކޮށްފި އެވެ.

އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީގެ މެންބަރު ޒުމައިލް އައްޔަންކޮށްފައި ވަނީ ސާފްގެ އިސްތިއުނާފް ކޮމިޓީ އަށެވެ. އެ ކޮމިޓީގެ ވައިސް ޗެއާމަނަކީ ވެސް ޒުމައިލް އެވެ. އެ ކޮމިޓީގެ ޗެއާމަނަކީ ސްރީ ލަންކާގެ ފާވީޒް މަހަރީފެވެ.

ޕްރޮސެކިއުޓާ ޖެނެރަލްކަން ކުރެއްވި މުހުތާޒް އައްޔަންކޮށްފައި ވަނީ ޑިސިޕްލިނަރީ އެންޑް އެތިކްސް ކޮމިޓީ އަަށެވެ. އެ ކޮމިޓީގެ ޗެއާޕާސަންގެ މަގާމު އަދާކުރަނީ އިންޑިއާގެ ގުރްސިމްރާން ބުރާރު އެވެ.

ޒުމައިލް އަކީ، މިހާރު ވެސް އޭއެފްސީގެ ޑިސިޕްލިނަރީ ކޮމިޓީގެ މަގާމު އަދާކުރައްވާ ބޭފުޅެކެވެ.