ޑޮކްޓަރުގެ މައްސަލާގައި ކުޑަރިކިލު ސިއްހީ މަރުކަޒުގައި ތަޅު އަޅުވައިފި
ޑޮކްޓަރުގެ މައްސަލާގައި ކުޑަރިކިލު ސިއްހީ މަރުކަޒުގައި ތަޅު އަޅުވައިފި

ބ. ކުޑަރިކިލުގައި ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާގެ އިތުރުން ކޮވިޑް ފެތުރެން ފަށާފައިވާއިރު، އެ ރަށުގައި ޑޮކްޓަރަކު ނެތި ހަފުތާއެއްވެފައި ވާތީ ރައްޔިތުން ނިކުމެ މިއަދު ސިއްހީ މަރުކަޒުގައި ތަޅު އަޅުވައި، ނުރުހުން ފާޅުކޮށްފި އެވެ.

ޑޮކްޓަރުގެ މައްސަލާގައި ކުޑަރިކިލު ސިއްހީ މަރުކަޒުގައި ތަޅު އަޅުވައިފި
ޑޮކްޓަރުގެ މައްސަލާގައި ކުޑަރިކިލު ސިއްހީ މަރުކަޒުގައި ތަޅު އަޅުވައިފި

މި ދުވަސްވަރު ރާއްޖޭގައި ފެތުރެމުންދާ ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާ ކުޑަރިކިލުގައި ވެސް ހަލުއި ކަމާ އެކު ދަނީ ފެތުރެމުންނެވެ. އޭގެ އިތުރުން ކޮވިޑަށް ޕޮޒިޓިވް ކޭހެއް ވެސް ވަނީ ފެނިފަ އެވެ.

ޑޮކްޓަރުގެ މައްސަލާގައި ކުޑަރިކިލު ސިއްހީ މަރުކަޒުގައި ތަޅު އަޅުވައިފި
ޑޮކްޓަރުގެ މައްސަލާގައި ކުޑަރިކިލު ސިއްހީ މަރުކަޒުގައި ތަޅު އަޅުވައިފި

ހޮޑާއި ބޭރަށް ހިންގުމުގެ ބައްޔަށް އެ ރަށުގައި 20 މީހަކު އަންނަނީ ފަރުވާ ހޯދަމުންނެވެ.

ކުޑަރިކިލު ކައުންސިލްގެ ރައީސް އަބްދުލްހަންނާން އައްބާސް "މިހާރު" އަށް ވިދާޅުވީ، މިއަދު އެ ރަށަށް ވަގުތީ ޑޮކްޓަރެއް ފޮނުވާނެ ކަމަށް ބ. އަތޮޅު ހޮސްޕިޓަލުން ބުނެފައި ވިޔަސް، އަދިވެސް އެކަން ޔަގީންނުކޮށްދޭ ކަމަށެވެ. އެހެންވެ، ރައްޔިތުން ނިކުމެ ސިއްހީ މަރުކަޒު ބަންދުކޮށް، ދޮރުމަތީގައި މުޒާހަރާ ކުރަމުންދާ ކަމަށެވެ.

މި މުޒާހަރާގެ ބައިވެރިން ހިފައިގެން ތިބި ބޯޑުތަކުގައި "ޑޮކްޓަރަކު މި ރަށަށް އައުމުން ނޫން ގޮތަކަށް ގެއަކަށް ނުދާނަން،" ވެސް ލިޔެފައިވެ އެވެ.

އެ ރަށުގައި ކުރިން ހުރި މިސްރުގެ ޑޮކްޓަރު މި މަހު 10 ގައި ވަނީ ޗުއްޓީ އަށް ގޮސްފަ އެވެ. އެހެންވެ، މިހާރު އެ ރަށު މީހުން ޑޮކްޓަރަށް ދައްކަނީ އޮންލައިންކޮށް އައިޖީއެމްއެޗަށެވެ.

މިދިޔަ ޑިސެމްބަރު މަހުގެ މެދުތެރެއިން ފެށިގެން މިދިޔަ ހަފުތާގެ ނިޔަލަށް ހޮޑުލުމާއި ބޭރަށް ހިންގުމުގެ ރޯގާ ޖެހިގެން 3،000 އަށް ވުރެ ގިނަ މީހުން ޑޮކްޓަރަށް ދައްކާފައިވާ ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުގައިވެ އެވެ. އަދި ރާއްޖޭގައި ކޮވިޑްގެ ކޭސްތައް ވެސް މި ދުވަސްވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.