ކޮވިޑް ކޭސްތައް ކޮންމެ ދުވަހަކު މަތިންވަމުން ގޮސް 1،200 އިން މައްޗަށް
ކޮވިޑް ކޭސްތައް ކޮންމެ ދުވަހަކު މަތިންވަމުން ގޮސް 1،200 އިން މައްޗަށް

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 5،061 މީހަކު ކޮވިޑަށް ޓެސްޓުކުރި އިރު އޭގެ ތެރެއިން 1،209 މީހަކު ބައްޔަށް ޕޮޒިޓިވް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.

ކޮވިޑް ކޭސްތައް ކޮންމެ ދުވަހަކު މަތިންވަމުން ގޮސް 1،200 އިން މައްޗަށް
ކޮވިޑް ކޭސްތައް ކޮންމެ ދުވަހަކު މަތިންވަމުން ގޮސް 1،200 އިން މައްޗަށް

އެޗްޕީއޭ އިން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން މިއަދު ރާއްޖެއިން އެންމެ ގިނަ ކޮވިޑްގެ ކޭސްތައް ފެނުނީ މާލޭ ސަރަހައްދުންނެވެ. އެއީ މާލެއިން ނެގި 2،215 ސާމްޕަލުން ޕޮޒިޓިވްވި 575 މީހަކާއި ރަށްރަށުން 408 މީހެއް، އަދި ރިސޯޓުތަކުން 155 މީހެއްގެ އިތުރުން ސަފާރީތަކުން ޕޮޒިޓިވްވި ހަތަރު މީހެކެވެ.

މިއާ އެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދަކީ 103،581 އެވެ. އޭގެ ތެރެއިން 97،328 މީހަކު ކޮވިޑުން ރަނގަޅުވެފައިވާތީ އެކްޓިވް ކޭސްތަކުގެ އަދަދަކީ 5،975 އެކެވެ.

މާލޭގައި ކޮވިޑްގެ ޕޮޒިޓިވިޓީ ރޭޓް މިހާރު ހުރީ 26 ޕަސެންޓުގަ އެވެ.

މިވަގުތު ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނީ 26 މީހަކަށެވެ. އަދި ބަލީގައި ރާއްޖެއިން މަރުވީ 265 މީހެކެވެ.

ކޮވިޑްގެ ކޭސްތައް މިއަދު 1،200 އިން މައްޗަށް ދިޔައީ މިދިޔަ ދެ ދުވަހު ވެސް ބަލި ޖެހުނު މީހުންގެ އަދަދު ހާހަކާ ގާތުގައި ހުރުމަށް ފަހު އެވެ.

މާލެއެކޭ އެއްގޮތަށް ރަށްރަށުގެ ކޮވިޑްގެ ކޭސްތައް އިތުރުވެފައި ވަނީ އޮމިކްރޯން ވޭރިއަންޓު ފެނުނު ފަހުންނެވެ. އެ ވޭރިއަންޓް ޑެލްޓާ ވޭރިއަންޓަށް ވުރެ ފަސޭހައިން ފެތުރެ އެވެ.

ރާއްޖޭގައި 368،751 މީހަކު ތިބީ ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްގެންނެވެ. އަދި މީގެ ތެރެއިން 32،000 އަށް ވުރެ ގިނަ މީހުން ވަނީ ބަލިން ރައްކާތެރިވާން ބޫސްޓާ ޑޯޒް ވެސް ޖަހައިފަ އެވެ.